Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ ރޭސް 2018

ކޯލިޝަން ޕާޓްނަރ އެމްޑީއޭގެ ކައުންސިލް މެމްބަރު މަމްދޫހާގެ ތާއީދު އިބޫއަށް

މަމްދޫހާ ވަނީ އިބޫއާއެކު ނަންގަވާފައިވާ ފޮޓޯއެއް ޢާއްމު ކުރައްވާފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 19 އޯގަސްޓު 2018 | އާދީއްތަ 21:44
އެމްޑީއޭގެ ކައުންސިލް މެމްބަރު މަމްދޫހާ އިދިކޮޅު ކެންޑިޑޭޓް އިބޫއާއެކު

އެމްޑީއޭގެ ކައުންސިލް މެމްބަރު މަމްދޫހާ އިދިކޮޅު ކެންޑިޑޭޓް އިބޫއާއެކު

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ކައުންސިލް މެމްބަރު އައިޝަތު މަމްދޫހާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.

މަމްދޫހާ ވަނީ އިބޫއާއެކު ނަންގަވާފައިވާ ފޮޓޯއެއް ޢާއްމު ކުރައްވާފައެވެ. އަދި އޭނާ ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެއްވެސް ޕާޓީއެއްގައި މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިނުގަތަސް، އެތައް ބައެއްގެ ހައްގަކަށް އަރައި ނުގަންނާނެ ކަމަށެވެ.

Advertisement - newsAdvertisement

އިބޫއަށް ތާއީދު ކުރައްވަން މަމްދޫހާ މި ނިންމަވާފައި މިވަނީ ރައީސް އަބްދުﷲ ޔާމީނާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާ ދެމެދު ގުޅުން ގޯސްވެފައިވާ ކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އަދި ޕީޕީއެމާއި އެމްޑީއޭ ކޯލިޝަން ރޫޅިދާނެކަމުގެ އަޑު ފެތުރިފައިވަނިކޮށެވެ.

ބައެއް މީޑިއާ ތަކަށް މަމްދޫހާ ވިދާޅުވެފައިވަނީ އޭނާ ހިމެނޭ ޕާޓީގެ ކޯލިޝަން ޕާޓްނަރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ބަދަލުގައި އިދިކޮޅު ކެންޑިޑޭޓު އިބޫއަށް ތާއީދު ކުރައްވަން ނިންމެވީ، މިނިވަން އިންސާފުވެރި އިންތިޚާބަކަށް އެތައް ހުރަސްތަކެއް ކުރިމަތި ކުރުވަމުން ދާތީ ކަމަށެވެ. އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ އެތައް ކަމެއްގައި ހުރަސްތައް ކުރިމަތިވަމުން ދާއިރު، މިނިވަން އިންތިޚާބެއް ރާއްޖޭގައި ބޭއްވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަމްދޫހާ ވިދާޅުވި ގޮތުގައި އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި، އިބޫއަށް ތާއީދުކުރަން ނިންމެވި ނިންމެވުމަކީ އޭނާގެ އަމިއްލަ ކަމެކެވެ. އެ ނިންމެވުމާ ގުޅިގެން އޭނާއާ މެދު އެމްޑީއޭ އިން ފިޔަވަޅެއް އަޅާފާނެތީ ކަންބޮޑު ނުވާ ކަމަށާއި ފިޔަވަޅެއް އެޅިޔަސް، އިބޫއަށް ކުރާ ތާއީދު އަނބުރާ ނުގެންދަވާނެ ކަމަށް ވެސް މަމްދޫހާ ވިދާޅުވި އެވެ.

"އެންމެ ބޮޑު ވަރަކަށް ވެސް އަޅުގަނޑު ކައުންސިލުން ވަކި ކުރާނީ ދެއްތޯ؟. އަޅުގަނޑުގެ މައްސަލައެއް ނެތް ވަކިކުރިޔަސް. އެތައް ބައެއްގެ ހައްގަށް އަރައިގަންނާކަށް އަޅުގަނޑަކަށް ނުކެރޭނެ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާ ކައިވެނި ބައްލަވައިގެން ހުންނެވި މަމްދޫހާ ވިދާޅުވީ، އިބޫއަށް ތާއީދު ކުރަން އޭނާ ނިންމިޔަސް، މުބީންއާ ދެމެދު އޮތް ގުޅުމަކަށް ބުރުލެއް ނާރަ ކަމަށެވެ. އަދި އޭނާ މުބީނާ ކައިވެނި ކުރެއްވުމުގެ ކުރިން ވެސް ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވަމުން ދިޔަ ކަން މަމްދޫހާ ފާހަގަ ކުރެއްވި އެވެ.

ކުރިން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަން ގޮވާލައި، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާކުރި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި މަމްދޫހާ ހިމެނުނެވެ. އަދި ތިން މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016 ގައި ހުކުމްކުރި އެވެ. އެކަމަކު، އެ ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސް ކޮށްފައިވާތީ، އެ މުއްދަތުގައި އިތުރު ކުށެއް ނުކުރާތީ އޭނާ ވަނީ ސަލާމަތްވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު