Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

އިންތިހާބީ މަރުކަޒުތަކުގައި ބޭނުންކުރާ މާކަރުތަކުން ޖަހާ ފާހަގަ ވަކި އިރެއްވުމުން ފޮހެވޭނެ: ނިޔާޒް

ޗައިނާއިން ޕްރޮގްރާމްކޮށްގެން ޓެބްލެޓްތަކެއް ގެންނަން އުޅޭ ކަމުގެ މައުލޫމާތުތަކެއް ލިބިފައިވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 14 އޯގަސްޓު 2018 | އަންގާރަ 13:38
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލާ މަރުކަޒުތަކުގައި ބޭނުންކުރުމަށް ގެންނަ މާކަރުތަކުން ޖަހާ ފާހަގަ ވަކި އިރެއްވުމުން ފޮހެވޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ނައިބް އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ނިޔާޒް ވިދާޅުވީ ޑަބަލް ވޯޓިން ނުވަތަ އެކަކުގެ ނަން މަތީގައި ދެފަހަރު ވޯޓު އެޅުމަށް މަގުފަހި ކުރުމުގެ ގޮތުން މިފަހަރު ގެންނަ މާކަރުތަކުން ވަކި އިރެއްވުމުން އިނގިލީގައި ޖަހާ ނިޝާން ފޮހެވޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ހަމައެހެންމެ މީގެކުރިން އިންތިހާބުގެ ކުރިން ކުރިޔަށް ގެންދާ ޓްރެއިނިން ޕްރޮގްރާމްތަކުގައި އެ މާކަރުތަކާއި ބޭނުންކުރާ ދެލި ދައްކާ ކަމާށާއި އެހެން ނަމަވެސް މިފަހަރު އީސީއިން ބުނަމުން ދަނީ އެ އެއްޗެހި އޯޑަރުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement
"ކުރީ ފަހަރުތަކުގައި އިންތިހާބުގައި އެ މަރުކަޒުތަކުގައި ބޭނުންކުރާ ދެލި ނުވަތަ މާކަރު އެއްޗެހި ދައްކަވާ ކަމަށް. އެހެން ނަމަވެސް މިއަހަރު ވިދާޅުވަނީ އޯޑަރުކުރައްވާފައިވީ ކަމަށް. އެހެންމަ އެވެސް މިއޮތީ މައުލޫމާތު ލިބެނީ ވަރަށް ފެންވަރު ދެރަ އެއްޗެއް ކަމަށް ނުވަތަ ވަކި އިރެއްވީމަ އިނގިލީގައި ޖަހާފައިވާ ނިޝާން ފޮހެވޭ ގޮތަށް މާކަރުތަކެއް ކަމަށް މިފަހަރު ގެންނަނީ. އެއީ ޑަބަލް ވޯޓިންއަށް ފުރުސަތު ދިނުމުގެ ގޮތުން." ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ މިފަދަ ހުރިހާ ކަމެއް ހުރީ ރޭވިފައި ކަމަށާއި އެހެން ނަމަވެސް އެކަންކަމުން ނަތީޖާ ނުނެރޭވެނީ އެއަށްވުރެން ދިވެހި ރައްޔިތުން ސަމާލުވެގެން ތިބުމުން ކަމަށެވެ. މި އިންތިހާބު ވަގަށް ނެގުމަށް ރައީސް ޔާމީނަށް އެއްވެސް ފުރުސަތެެއް ދިވެހި ރައްޔިތުން ނުދޭނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޓީގެ ރައީސް އަހުމަދު ނުއުމާން ވިދާޅުވީ އިންތިހާބުގެ ނަތީޖާ އޮޅުވާލުމުގެ ގޮތުން ޗައިނާއިން ޕްރޮގްރާމްކޮށްގެން ޓެބްލެޓްތަކެއް ގެންނަން އުޅޭ ކަމުގެ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ. އަދި މި ޓެބްލެޓްތައް މެދުވެރިކޮށް އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމުގެ މުޅި މަރުހަލާއަށް ނުފޫޒު ފޯރުވައި ނަތީޖާ އޮޅުވާލަން މަސައްކަތްކުރަމުންދާ ކަމަށް ނުއުމާން ވިދާޅުވިއެވެ. މިކަންކަމަށް ދައުލަތުގެ މުއައްސަސާތަކުން ފާރަވެރިވުމަށް ނުއުމާން ވަނީ ގޮވާލައްވާފައެވެ.

"ޗައިނާއިން ވަކި ގޮތަކަށް ޕްރޮގްރާމްކޮށްގެން ގެނެވޭ ޓެބްލެޓްތަކެއް އެބަ ގެނައުމުގެ ޕްލޭންތަކެއް ކުރެވިފައިވާ ކަމުގެ މައުލޫމާތު އެބަ ލިބޭ. އެގޮތުން 540 ޓެބްލެޓް ގެންނަ ވާހަކަ އަޅުގަނޑުމެންނަށް ހަބަރު އެބަ ލިބޭ. އޭގެ ބޭނުމަކަށް ވަނީ އިންތިހާބުގައި ވޯޓް ގުނުމުގެ ޓެބްލެޓްތައް ބޭނުންކޮށްގެން ނަތީޖާ އިއުލާން ކުރުމުގައި މުޅި މަރުހަލާއަށް ނުފޫޒު ފޯރުވުން. ދެން ވަކި ގޮތަކަށް ނަތީޖާ އިއުލާންކޮށް ވޯޓް އޮޅުވާލުން ހަގީގަތުގައި." މި ނޫސްވެރިންގެ ބައްދަލުވުމުގައި ނުއުމާން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު މޮނީޓަރ ކުރުމަށް ރާއްޖެއިން ބޭރުން އަންނަ ނޫސްވެރިންނަށް ވެސް ދަތިިތަކާއި ދިމާވެފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އެގޮތުން އެފަރާތްތަކަށް ބިޒްނަސް ވިސާގައި ކޮންމެވެސް ބައެއްގެ ސްޕޮންސަރއެއް ނެތިވެ ރާއްޖެއަށް މިފަހަރު ނާދެވޭ ކަމަށް ނިޔާޒް ވިދާޅުވިއެވެ. މިއީ މިނިވަންކަމާއެކު އިންތިހާބު މޮނިޓަރ ކުރުމަށް ހުރަސް އެޅޭނެ ކަމެއްކަން ފާހަގަކުރައްވަމުން ނިޔާޒް ވަނީ މީޑިއާ ކައުންސިލަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް މިކަމުގައި ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ.

އިދިކޮޅު ފަރާތްތަކުން ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރި ކަންކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ވެފައެއް ނުވެއެވެ. އަންނަ ރިޔާސީ އިންތިހާބުގެ ތައްޔާރީތައް ކުރިޔަށްދާއިރު އިދިކޮޅު ފަރާތްތަކުން ފާހަގަކުރަމުންދަނީ ރިޔާސީ އިންތިހާބުގެ ބައެއް ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންދަނީ ގާނޫނު އަސާސީ އާއު ސުޕްރީމް ކޯޓުން ނެރެފަައިވާ ގައިޑްލައިންތަކާއި ހިލާފަށް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދީން ހަތިޔާރަކަށް ބޭނުންކުރާނަމަ ނުރައްކާވާނެ: ޝިފާ

ދީން ހަތިޔާރަކަށް ބޭނުންކުރާނަމަ ނުރައްކާވާނެ: ޝިފާ

26 އެޕްރީލު 2017
ފާރިސް މިއަދު 10 ޖަހާއިރު ޕޮލިހަށް ހާޒިރުވުމަށް އަންގައިފި

ފާރިސް މިއަދު 10 ޖަހާއިރު ޕޮލިހަށް ހާޒިރުވުމަށް އަންގައިފި

24 އެޕްރީލު 2017
ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: ނާޒިމް

ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: ނާޒިމް

15 އެޕްރީލު 2017
ގެސްޓުން ގޮވައިގެން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި ކައްޕި މަރުވެއްޖެ

ގެސްޓުން ގޮވައިގެން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި ކައްޕި މަރުވެއްޖެ

14 އެޕްރީލު 2017
ނޫސްވެރިންނާ ދެކޮޅަށް ގަސްތުގައި ފުލުހުން ބާރުގެ ބޭނުންކުރާނެ ކަމަށް ގަބޫލެއް ނުކުރަން: ފުލުހުން

ނޫސްވެރިންނާ ދެކޮޅަށް ގަސްތުގައި ފުލުހުން ބާރުގެ ބޭނުންކުރާނެ ކަމަށް ގަބޫލެއް ނުކުރަން: ފުލުހުން

08 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު