Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކާނަލް ނާޒިމް

ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: ނާޒިމް

އަނބިދަރިންނާ ދުރުގައި ޖަލުގެ ކުޑަ ގޮޅިއެއްގައި ހުންނަން އުނދަގޫ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 15 އެޕްރީލު 2017 | ހޮނިހިރު 10:59
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް، އަނބިކަނބަލުންނާ އެކު

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް، އަނބިކަނބަލުންނާ އެކު

އަނބިދަރިންނާ ދުރުގައި ކުޑަގޮޅިއެއްގައި ހުންނެވުމަކީ އުނދަގޫކަމެއް ކަމަށާއި، ނަމަވެސް ބޭއިންސާފުގެ ކުރިމަތީގައި "ކުޑަކަކޫ" ނުޖައްސަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ ކޮއްކޮ އާދަމް އާޒިމް މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައެއެވެ. އާޒިމް ވަނީ ނާޒިމްގެ މި މެސެޖް ޓްވީޓްކުރައްވާފައެވެ.

Advertisement - newsAdvertisement

ނާޒިމްގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ އެވެ. ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާކޮށް ނާޒިމް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މާޗް 27 ވަނަ ދުވަހު އެވެ.

ނާޒިމްގެ މައްޗަށް ދައުވާކޮށް ހުކުރުމް ދިރިއުޅުއްވަމުން ގެންދެވި އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނާ މައްސަލައިގަ އެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާއިރު ސުޕްރީމް ކޯޓުން ވަނީ އިސްތިއުނާފް މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފަ އެވެ. އަދި ނާޒިމަށް ހުކުމް އިއްވީ ރަނގަޅަށް ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ނާޒިމް ދިރިއުޅުއްވަމުން ގެންދެވި ގ. އެނިފްގެ ގޭގެ އެޕާޓްމެންޓުން ހަތިޔާރު ފެނުނު މައްސަލައިގައި ހުކުމް އިއްވި ފަހުން ފުލުހުން ވަނީ، 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ އެ ހަތިޔާރުން ފެނިފައިވާކަން ހާމަކޮށްފަ އެވެ. އެ ހަތިޔާރުން ނާޒިމާއި އޭނާގެ އާއިލާގެ އެއްވެސް މެންބަރެއްގެ ފިންގަޕްރިންޓެއް އަދި ޑީއެންއޭއެއް ވެސް ފެނިފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ނާޒިމްގެ ގާނޫނީ ވަކީލުން ވަނީ، ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓަށް ހަތިޔާރު ވައްދާފައި ވަނީ ނާޒިމް ފްރޭމްކޮށް، ލަނޑެއް ދިނުމުގެ ބޭނުމުގައި ކަމަށް ތުހުމަތުކޮށްފައެވެ. އަދި ވަކީލުން އެންމެ ފުރަތަމަ އެ މައްސަލައިގައި ތުހުމަތު ކުރީ ވެސް އަދީބަށެވެ.

މިއަހަރުގެ ޖެނުއަރީގައި އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓަރަރީ ޑިޓެންޝަނުން ވަނީ ނާޒިމްގެ މައްޗަށް ހިންގި ޝަރީއަތަކީ މިނިވަން އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށާއި އިޖުރާއަތުތައް ފުރިހަމަނުވާކަން ފާހަގަކޮށް، ނާޒިމް މިނިވަންކުރުމާ އެކު ޖަލުގައި ބަންދުކުރުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ނަގައިދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. ނަމަވެސް، ސަރުކާރުން ވަނީ އދ. ގެ ނިންމުން ބަލައިނުގަންނަ ކަމަށް ބުނެފަ އެވެ.

އދ. އިން ނިންމި ނިންމުމުގައި ބުނެފައިވަނި ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ހަތިޔާރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނުނީ ކިހިނެތްތޯ ކުރާ ސުވާލަށް ސަރުކާރަށް ޖަވާބުދެވިފައިނުވާ ކަމަށެވެ. އަދި ނާޒިމްގެ ފަރާތުން ދިފާއުގައި 50 ހެކިން ހުށަހެޅިއިރު، ދަށު ކޯޓަށް ހާޒިރުކުރީ އެންމެ ތިން ހެކިންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

‎ޖަލުގައި ބަންދުކުރުމަށް ފަހު ނާޒިމަށް އެކަށީގެންވާ ބޭސްފަރުވާ ދިނުމަށް އިހުމާލުވެފައިވާ ކަމާއި، ނާޒިމަށްދޭ ބޭސްތަކުގެ މައުލޫމާތާއި ބަލީގެ ހާލަތު އާއިލާއަށް އަންގަމުން ގޮސްފައިނުވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ރާއްޖެއިން ބައިވެރިވެފައިވާ ދެ މުއާހަދާ ކަމަށްވާ، ބައިނަލްއަގްވާމީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާ އާއި ޔުނިވާސަލް ޑިކްލެރޭޝަން އޮފް ހިއުމަންރައިޓްސް އިން ކަށަވަރުކޮށްދޭ އެތައް ހައްގެއް ނާޒިމްގެ ކިބައިން ނިގުޅައިގަނެފައިވާ ކަމަށް ވޯކިން ގްރޫޕުން ނެރުނު 17 ސަފްހާގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

އދ. ގެ ވޯކިން ގްރޫޕުން ބުނީ ނާޒިމްގެ މައްޗަށާއި އެހެނިހެން ސިޔާސީ ފަރާތްތަކުގެ ޝަރީއަތްތަކުގައި އެތްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށާއި އިޖުރާއަތުތައް ފުރިހަމަނުވާ ކަމަށެވެ. ވަކިން ހާއްސަކޮށް ނާޒިމްގެ ޝަރީއަތުގައި ގިނަ ކަންތައްތަކެއް ބައިނަލްއަގްވާމީ މިންގަނޑުތަކާ ޚިލާފު ކަމަށް ބުނެފައިވެ އެވެ. އެ ކަންތައްތައް ފާހަގަކޮށް އެ ގްރޫޕުން ވަނީ ނާޒިމް ވީހާ ވެސް އަވަހަކަށް މިނިވަންކޮށް ނުހައްގުން ބަންދުކޮށްފައި ހުރި ދުވަސްތަކަށް ބަދަލު ނަގައިދިނުމަށް ސަރުކާރަށް އަންގާފަ އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
29 ޖެނުއަރީ 2017

ނާޒިމް ދޫކޮށްލަން ނުޖެހޭ: ޑރ. ޝައިނީ

29 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން ނުޖެހޭ: ޑރ. ޝައިނީ
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
28 ޖެނުއަރީ 2017

ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

28 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު