Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފާރިސް މައުމޫނު

ފާރިސް މިއަދު 10 ޖަހާއިރު ޕޮލިހަށް ހާޒިރުވުމަށް އަންގައިފި

ފާރިސް ފުލުސް އޮފީހަށް ހާޒިރު ކުރަނީ ކޮން ސަބަބަކާ ކަމެއް ސާފެއް ނުވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 24 އެޕްރީލު 2017 | ހޯމަ 09:21
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.

ފާރިސް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގާފައި ވަނީ އާދިއްތަ ދުވަހުގެ (މިއަދު) ހެނދުނު 10:00 އަށެވެ. ނަމަވެސް ފާރިސް ފުލުސް އޮފީހަށް ހާޒިރު ކުރަނީ ކޮން ސަބަބަކާ ކަމެއް ސާފެއް ނުވެއެވެ. ފުލުސް އޮފީހަށް ހާޒިރުވުމަށް ފާރިސްއާ ޗިޓް ވެސް ވަނީ ހަވާލުކޮށްފައެވެ.

Advertisement - newsAdvertisement

މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ފާރިސް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކޮށްފައި ވެއެވެ.

ފުލުހުން ބުނެފައި ވަނީ އެ އިދައިރާއިން ތަޙްގީގް ކުރަމުންދާ މައްސަލައަކާ ގުޅިގެން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް މީހުން ހާޒިރުކުރާ ކަމަށެވެ.

މިމަހުގެ 22 ވީ ހުކުރު ދުވަހުގެ ރޭ މާފަންނު ކުނޫޒްގައި އޮތް އިދިކޮޅު އިއްތިހާދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވި ގޮތުގައި "ސާޅީސް ދޭއް ވަރަށް ނުރައްކާތެރި އަދަދަކަށް ވެއްޖެ" ކަމަށެވެ.

ސާޅީސް ދޭކަކީ ވަރަށް ނުރައްކާތެރި އަދަދަކަށް ވެއްޖެ ކަމަށް ވިދާޅުވެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އޭނާގެ ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީނަށް ބަހުގެ ޙަމަލާތަކެއް ދެއްވާފައިވެއެވެ. ސާޅީސް ދޭކަކީ ނުރައްކަލަކަށް ވެއްޖެ ކަމަށް ފާރިސް ވިދާޅުވި އިރު، އެއަދަދަކީ ރައްޔިތުންގެ މަޖްލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓް ހުށަހެޅުމަށް ބޭނުންވާ މެމްބަރުންގެ އަދަދެވެ.

ފާރިސް ވަނީ ޤާސިމް މިނިވަންކުރުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށް ވިދާޅުވެ، މިހާރު މިހާރަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިނިވަން ކުރުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ކުނޫޒްގެ ޕޯޑިއަމްގައި ހުންނަވައި ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމިންއަށް ރައްދުވާ ގޮތަށް ނުސީދާކޮށް ފާރިސް ވިދާޅުވީ "ކުނޫޒުގެ ޕޯޑިއަމްގައި ވާހަކަ ދައްކަވަން ނިންމެވީ، އެތަނުގައި ދައްކާ ވާހަކައެއް މެސެޖް ދޭން ބޭނުންވާ ފަރާތަށް ވަރަށް ސާފުކޮށް ސާދާ އިބާރާތުން އިވިވަޑައިގަންނަވާކަން އެނގިވަޑައިގަންނަވާތީ" ކަމަށެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު