Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރީ ރަޖިސްޓްރޭޝަންގެ މަސައްކަތްތަކެއް މުލީއާގޭގައި ކުރާކަމުގެ މައުލޫމާތު ދަނީ ލިބެމުން: ޝިފާޒް

14 އޯގަސްޓު 2018 | އަންގާރަ 12:13

އެރޭގެ ސުންގަޑި ހަމަވިފަހުންވެސް މާލެއަށް ފޯމް ސެޓެއް ފޮނުވައި އަދި އެފޯމްސެޓް މުލިއާގެއަށް ވެއްދިކަމަށް މައުލޫމާތު ލިބޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 14 އޯގަސްޓު 2018 | އަންގާރަ 12:13
ނޫސްވެރިންގެ ބައްދަލުވުމެއްގައިި ޝިފާޒް ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގައިި ޝިފާޒް ވާހަކަދައްކަވަނީ

މިއަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ ރީ ރަޖިސްޓްރޭޝަންގެ ބައެއް ކަންކަން މިހާރުވެސް މުލިއާގޭގައި ކުރަމުންދާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ގުޅިފައިވާ ޕާޓީތަކުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ޝިފާޒް ވިދާޅުވީ ރީ-ރަޖިސްޓްރީ ކުރުމުގެ ސުންގަޑި ހަމަވި ފަހުން،ވެސް ބައެއް މީހުން ފޯމް ބޮނޑި ބޮނޑި ހިފައިގެން ބައެއް ތަންތަނަށް ވަޑައިގެންނެވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން ޝިފާޒް ވަނީ އައްޑު އަތޮޅުގައި ހިނގި އެފަދަކަމެއްގެ ވާހަކަ ހިއްސާ ކުރައްވާފައެވެ.

Advertisement - newsAdvertisement
"ރަޖިސްޓްރޭޝަނަށްދިން ވަގުތުގެ ސުންގަޑި ހަމަވިފަހުންވެސް ބައެއް ބޭފުޅުން ފޯމް ބޮނޑި ބޮނޑި ހިފައިގެން ބައެއް ތަންތަނަށް ވަޑައިގެންނެވިކަމަށް މައުލޫމާތު ލިބޭ. އައްޑުއަތޮޅުން ލިބުނު މައުލޫމާތެއް އަޅުގަނޑު ހިއްސާކޮށްލަން ބޭނުން. އެރޭގެ ސުންގަޑި ހަމަވިފަހުންވެސް މާލެއަށް ފޯމް ސެޓެއް ފޮނުވައި އަދި އެފޯމްސެޓް މުލިއާގެއަށް ވެއްދިކަމަށް. އަދި މުލިއާގޭގައި އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތެއް މުލިއާގޭގައި ކުރަމުންދާ ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް އެބަލިބޭ." ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ ދެ ފުށް ފެންނަ، އިންސާފުވެރި އިންތިޚާބެއް ހޯދަން މަސައްކަތް ކުރާ ބަޔަކަށް މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި މުލިއާގޭގައި އެ މަސައްކަތް ކުރަނީ ކޮން ބައެއްކަން އެނގޭ މިންވަރަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަންކަން ކަމާބެހޭ މިނިވަން މުއައްސަސާތަކުން ބަލައި، ފިޔަވަޅު އަޅައިދިނުމަށްވެސް ޝިފާޒް ވަނީ އެދިވަޑައިގެންފަ އެވެ.

ވޯޓު ލާ މަރުކަޒުތަކުގައި ބަހައްޓާ ވޯޓު ފޮށީގެ ނަތީޖާތައް ޓެބްލެޓެއް މެދުވެރިކޮށް އިއުލާން ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާކަން ފާހަގަ ކުރައްވަމުން ޝިފާޒް ވިދާޅުވީ ގުނާފައި ނަތީޖާ ލިޔަން ނޭނގޭ ނަމަ، އެކަން ނުކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފަށް ގޮވާލައްވާ ކަމަށެވެ. އަދި އެފަދަ ނަތީޖާއެއް ބަލައި ނުގަންނާނެ ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

ވޯޓު އޮޅުވާލުމަށާއި މަކަރު ހެދުމަށް ކުރާ ކަންކަން ވަރަށް ސާފުކޮށް އެނގެމުންދާ ކަމަށާއި އެވަރުގެ ޓެކްނިކަލް ޓީމެއް ގުޅިފައިވާ ޕާޓީތަކުގައި އެބައޮތްކަމަށް ޝިފާޒް ވިދާޅުވިއެވެ.

"ޓެބްލެޓުން އަންނަ ނަތީޖާ ޝީޓަށް އަޅުގަނޑުމެން ބަރޯސާއެއް ނުވާނަން. ގަލަމަކުން، ނަތީޖާ ގުނާފައި ލިޔަން ނޭނގޭ ނަމަ، ތިކަން ނުކުރަންވީ ޝަރީފް. ތިޔަ ކުރައްވަން އުޅުއްވާ ކަންކަން އެނގޭތީ މި ދަންނަވަނީ. ތިޔަކަންކަން އެނގޭވަރުގެ ޓެކްނިކަލް ވަރުގަދަ ޓީމެއް އަޅުގަނޑުމެންގެވެސް އެބައޮތް." ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް ރަޖިސްޓްރީ ކުރުމަށް 95،000 ފޯމް އީސީ އަށް ލިބުނު އިރު، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރީ ރެޖިސްޓްރޭޝަން ފޯމުތައް ޕްރޮސެސް ކުރެވިފައިވާ މިންވަރު ސާފުކޮށެއް ނުދެއްވާ ކަމަށާއި މި އަދަދަކީ ރާއްޖޭގެ އެއްވެސް އިންތިޚާބެއްގައި ފެނުނު އަދަދެއް ނޫން ކަމަށެވެ. އެހެންވެ، އެއީ ކިހިނެއްވި ކަމެއްތޯ ސާފު ކުރަމުން އަންނަ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

މީގެއިތުރުން، ބަނގްލަދޭޝްގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންތަކެއް މެލޭޝިއާގައި ވޯޓު ލާން ރަޖިސްޓްރީކޮށްފައި އޮތް ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިފާޒް ވަނީ އިންތިޚާބާ ގުޅޭ ވަރަށް ގިނަ ކަންބޮޑުވުންތައް ފާހަގަކުރައްވާ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެކަންކަން ރަނގަޅުކުރުމަށްވެސް ޝިފާޒް ވަނީ ގޮވާލައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
13 މާރިޗު 2017

މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

13 މާރިޗު 2017
މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް