Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ނައިބު ރައީސް އަދީބު

އަދީބާއި މެދު ތަފާތުކުރުންތައް ނުގެންގުޅޭކަމަށް އެޗްއާރުސީއެމުން ނިންމައިފި

9 އޯގަސްޓު 2018 | ބުރާސްފަތި 20:49

އެޗްއާރުސީއެމް އިން އެގޮތަށް ނިންމީ އަދީބްގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ހުށައެޅުއްވި މައްސަލަ ބަލައި، ނިންމުމަށްފަހުގައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 9 އޯގަސްޓު 2018 | ބުރާސްފަތި 20:49
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މެދު ކަރެކްޝަނަލް ސާރވިސްއިން ތަފާތުކުރުން ނުގެންގުޅޭކަމަށް އެޗްއާރުސީއެމުން ނިންމައިފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވިސް (އެޗްއާރުސީއެމް) އިން އެގޮތަށް ނިންމީ އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ހުށަހެޅުއްވި މައްސަލަ ބަލައި، ނިންމުމަށްފަހުގަ އެވެ.

Advertisement - newsAdvertisement

ނަޝްވާ ހުށައެޅުއްވި މައްސަލައިގައި ބުނެފައިވަނީ ކަރެކްޝަނަލް ސަރވިސްއިން އަދީބާއިމެދު ތަފާތުކުރުންތައް ގެންގުޅޭކަމަށާއި، އާއިލީ ބައްދަލުވުންތައްވެސް ދެމުން ގެންދަނީ މަހަކު އެއް ފަހަރުކަމަށެވެ. އަދި އަދީބަކީ ދިވެހިރާއްޖޭގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށްވާއިރު، އޭނާއަށް ސްޕެޝަލް ޕްރޮޓެކްޝަންވެސް ދޭންޖެހޭނެކަމަށާއި، ސްޕެޝަލް ޕްރޮޓެކްޝަން ނުދިނުމަކީވެސް ތަފާތުކުރުންކަމަށެވެ. އޭގެއިތުރުން އަދީބު އެކަހެރިކޮށް، ޖަލުގައި ބޭއްވުމަކީވެސް ތަފާތުކުރުން ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.

މައްސަލާގައި އެދިފައިވަނީ ސްޕެޝަލް ޕްރޮޓެކްޝަން އަދީބަށް ހަމަޖައްސައިދިނުމާއި، ސްޕެޝަލް ޕްރޮޓެކްޝަންގައި ތިބޭ އެހެން ގައިދީންނާއި އެއްގޮތަށް އަދީބާއިމެދު ކަންތައްތައް ކުރުމަށް ކަރެކްޝަނަލް ސާރވިސްގެ މައްޗަށް އެންގުމަށެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ނަޝްވާ ވިދާޅުވީ އެޗްއާރުސީއެމުން މައްސަލަ ނިންމާފައިވަނީ ކަރެކްޝަނަލް ސާރވިސް އިން ހުށަހެޅި ކަންތައްތަކުގެ މައްޗަށް ބެލުމަށްފަހުގައި، ތަފާތުކުރުން ނުގެންގުޅޭކަމަށެވެ. އަދި އަދީބާއިމެދު ތަފާތުކުރުން ގެންގުޅެނީ އަދީބަކީ ކަސްޓޯޑިއަލް ޖަލެއްގައި ހުންނަ ފަރާތަކަށް ވުމުންކަމަށް ކަރެކްޝަންސްއިން އިންް ބުނެފައިވާތީ އެއީ ރަނގަޅަށް ކުރާކަމެއްކަމަށް އެޗްއާރުސީއެމުން ނިންމިކަމަށް ނަޝްވާ ވިދާޅުވި އެވެ.

"އާންމު ގައިދީންނާއި އެއްގޮތަށް ކަންތައް ކުރާނަމަ ޓީވީ ބަލާލުމަށް ފުރުސަތު ލިބޭނެ، އެހެންމީހުންނާއި ބައްދަލުކުރުމަށް އަދި ކަސްރަތުކުރުމަށްވެސް ފުރުސަތު ލިބެންޖެހޭނެ. ނަމަވެސް އަދީބު އެކަހެރިކޮށްފައި ހުންނަތާވެސް 1000 ދުވަހަށްވުރެ ގިނަ ދުވަސްވަނީ ވެފައި" ނަޝްވާ ވިދާޅުވި އެވެ.

އަދީބާއިމެދު ތަފާތުކުރުންތަކެއް ގެންގުޅެނީ އަދީބް ކަސްޓޯޑިއަލް ޖަލެއްގައި ހުރުމުން ކަމަށް ކްރެކްޝަނަލް ސާރވިސްއިން ބުނި ނަމަވެސް ނަޝްވާ ވިދާޅުވީ އަދީބް މާފުށީ ޖަލުގައި ހުންނެވިއިރުވެސް، އާންމު ގައިދީންްނަށްދޭ ހައްޤުތައްވެސް ނުދޭކަމަށެވެ. އެގޮތުން ޓީވީ ބެލުމާއި، ކަސްރަތުކުރުމުގެ ފުރުސަތުވެސް ނުދޭކަމަށާއި، ކަރެކްޝަނަލް ސާރވިސްއިން ހަދާފައިވަނީ ދޮގުކަމަށެވެ.

އަދީބާއިމެދު ބޮޑެތި ތަފާތުކުރުންތަކެއް އިދާރާތަކުން ގެންގުޅޭކަމަށް އާއިލާއިން ތުހުމަތުކުރާއިރު، ރައީސް އަބްދުﷲ ޔާމީން އެންމެ ބޮޑަށް ބިރުފުޅުގަންނަ ބޭފުޅަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުކަމަށް ސިޔާސީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އަދީބު ހާމަކުރައްވާ މައުލޫމާތުތަކުގެ ސަބަބުން ރައީސް ޔާމީންް ވަރަށް ބޮޑަށް ބިރުގެންފައިވާކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
19 ފެބުރުއަރީ 2017

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް