Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިލެކްޝަންސް ކޮމިޝަންގެ ހަމަލާތައް މައުމޫން ރިފޯމް މޫވްމެންޓަށް!

9 އޯގަސްޓު 2018 | ބުރާސްފަތި 14:18

ސިޔާސީ ހަރަކާތްތައް ޤާނޫނާއި ގަވާއިދުގެ ހުދޫދުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް އަންގާފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 9 އޯގަސްޓު 2018 | ބުރާސްފަތި 14:18
ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތެއްގައި މައުމޫން ރިފޯމް މޫވްމެންޓުގެ ދިދަ ބޭނުންކުރަނީ

ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތެއްގައި މައުމޫން ރިފޯމް މޫވްމެންޓުގެ ދިދަ ބޭނުންކުރަނީ

ރަޖިސްޓްރީ ކޮށްފައިނުވާ ނަމެއް ބޭނުންކޮށްގެން ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ މަސައްކަތް ކޮށްގެން ނުވާނެކަމަށާއި، ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ކުލައެއްވެސް ހުއްދަ ހޯދުމެއް ނެތި ބޭނުންކޮށްގެން ނުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައި ކޮށްގެން ނުވާނެކަންކަން ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ބަޔާނެއްގައި ބުނީ، ސިޔާސީ ޕާޓީތަކުން ނެރޭ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ހިންގާ ސިޔާސީ ހަރަކާތްތައް ޤާނޫނާއި ގަވައިދުގެ ހުދޫދުގެ ތެރޭގައި ކުރިއަށްގެންދިޔުމަށް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެެ ހައިސިއްޔަތުން ޕާޓީތަކަށް އިލްތިމާސްކުރާކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ތާއީދު ހޯދުމަށް ބާއްވާ ހަރަކާތްތަކުގައި ކޮށްގެން ނުވާނެ 3 ކަމެއް އިލެކްޝަންސް ކޮމިޝަނުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

Advertisement - newsAdvertisement

ފުރަތަމަ ކަމެއްގެ ގޮތުން ޖަލު ހުކުމެއް ތަންފީޒްކުރާ ފަރާތެއް ކުރިއަށް ނެރެ، ތާއީދު ހޯދުމުގެ މަސައްކަތްކޮށްގެން ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި އެއީ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 62 ވަނަ މާއްދާއިން މަނާކުރެވިފައިވާކަމެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެެވެ.

އޭގެއިތުރުން ތާއީދު ހޯދުމަށް ކުރިއަށްގެންދާ ހަރަކާތްތަކުުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ނުވާ ނަންތަކެއް ޕާޓީއެއްގެ ގޮތުގައި ބޭނުންކުރަމުންދާކަމަށް ކޮމިޝަނަށް ޝަކުވާ ލިބިފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން ރަޖިސްޓްރީ ކޮށްފައި ނުވާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ނުވަތަ އެ ނޫންވެސް ހައިސިއްޔަތަކުން ރަޖިސްޓްރީކޮށްފައިނުވާ ނަމެއް ބޭނުންކޮށްގެން ތާއީދު ހޯދުމުގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގާފަ އެވެ.

ތިން ވަނަ ކަމެއްގެ ގޮތުން އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ނިޝާނައި، ކުލަ ނުވަތަ އެ ޕާޓީއެއް ރަމްޒުކޮށްދޭ ތަކެތި އެ ސިޔާސީ ޕާޓީއެއްގެ ހުއްދަ ނެތި ބޭނުންކޮށްގެން ނުވާނެކަމަށެވެ. އަދި ސިޔާސީ ޕާޓީއަކުން ޖަލްސާތަކުގަޔާއި ތާއީދު ހޯދުމަށް ބާއްވާ ހަރަކާތްތަކުގައި ބޭނުންކުރާ ކުލަ އެހެން ސިޔާސީ ޕާޓީއަކުން އެ ޕާޓީގެ ހުއްދައާއިއެކު ނޫންގޮތަކަށް ބޭނުންކޮށްގެން ނުވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

ވަކި ނަމެއް އިލެކްޝަންސް ކޮމިޝަންގެ ބަޔާނުގައި ފާހަގަކޮށްފައިނުވިނަމަވެސް، އިލެކްޝަންސް ކޮމިޝަނުންް ބަހުގެ ހަމަލާތައްދީފައިވަނީ މައުމޫން ރިފޯމް މޫވްމެންޓަށްކަމަށް ބެލެވެ އެވެ. ރައީސް މައުމޫންގެ ރިފޯމް މޫވްމެންޓުގެ ނަމުގައި ހަރަކާތެއް ފަށައި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ހޯދުމަށް އެ މޫވްމެންޓުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް