Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެންޑިޑެސީ ފޯމް ހުށަހެޅުން

ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ރައީސް ޔާމީންގެ ފަރާތުން ފޯމް ހުށަހަޅައިފި

9 އޯގަސްޓު 2018 | ބުރާސްފަތި 06:56

ރައީސް ޔާމީން ވަޑައެއް ނުގަންނަވާ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 9 އޯގަސްޓު 2018 | ބުރާސްފަތި 06:56
ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ކެންޑިޑެސީ ފޯމް އިލެކްޝަނާ ހަވާލުކުރައްވަނީ: ރައީސް ޔާމީން ވެސް އަދި ރަނިންގ މޭޓް ޑރ. ޝަހީމް ވެސް ވަޑައެއް ނުގަންނަވާ

ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ކެންޑިޑެސީ ފޯމް އިލެކްޝަނާ ހަވާލުކުރައްވަނީ: ރައީސް ޔާމީން ވެސް އަދި ރަނިންގ މޭޓް ޑރ. ޝަހީމް ވެސް ވަޑައެއް ނުގަންނަވާ

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަދި ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ކެނޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނުގައި އޮތް ރަސްމިއްޔާތެއްގައި ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފާ ޙަވާލުކޮށްދެއްވީ ޕީޕީއެމްގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

Advertisement - newsAdvertisement

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އީސީ އަށް ހުށަހަޅާފައި މިވަނީ ރައީސް ޔާމީން ގއ. އާއި ގދ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމާ ހަވާލުވެވަޑައިގަތުމަށް ފަހު، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ކެންޑިޑެސީ ބަލައިގަތުމާ މެދު، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެ ކޮމިޝަނުން ގޮތެއް ނިންމާނެ ކަމަށެވެ.

ރައީސް ޔާމީން ކެންޑިޑެސީ ފޯމު ހުށަހެޅުމާއެކު މިއިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ އަދަދު ތިނަކަށް އެރީއެވެ. އަދި އިންތިޚާބުގައި ވާދަކުރައްވާނެކަން އިތުރު ދެ ފަރާތްތަކުން ވަނީ އިއުލާންކުރައްވާފައެވެ.

ރައީސް ޔާމީންގެ ފޯމު ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް މޫސާ ޒަމީރު ވިދާޅުވީ، ކެންޑިޑެސީ ފޯމު ހުށަހެޅުއްވުމަށް ރައީސް ޔާމީނަށް ވަޑައިނުގެންނެވުނީ ރަސްމީ ދަތުރުފުޅެއްގައި މާލޭން ބޭރުގައި އުޅުއްވާތީ ކަމަށެވެ. އެކެއް ފެބުރުވަރީގެ އަމުރާ ގުޅިގެން ރައީސް އަތޮޅުތަކަށް ކުރައްވަން ޖެހޭ ދަތުރުތައް ވަރަށް ބޮޑަށް ފަސްކުރެވިފައިވާތީ މިވަގުތު ރައީސް އަށް ދަތުރުތައް ކުރުކޮށްލެވެން ނެތް ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ޕާޓީގެ ފަރާތުން ފޯމު ހުށަހެޅީ ކެންޑިޑޭޓު އަދި ރަނިންމޭޓުގެ ވެސް އިޒުނައާ އެކު ކަމަށެވެ. އަދި ބޮޑު ރަސްމިއްޔާތަކާ އެކު ފޯމު ހުށަހެޅުމަށް ޕާޓީގެ އާންމުން މެންބަރުންނާ ވަރަށް ގިނަ ބަޔަކު އެދުނު ނަމަވެސް އެގޮތަށް ކަންތައް ނުކުރީ މަގުތަކުގެ ކާރޫބާރު ބޮޑުކަމާއި ޓްރެފިކް ބާރު ބޮޑު ގަޑިއެއްގައި އެކަން ނުކުރުމަށް ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑެސީ ރައީސް ޔާމީނާއި ޙަވާލުކޮށްފައިވާ ވަނީ ޤާނޫނުތަކާއި ޤަވައިދުތަކުގެ އިތުރުން ޕާޓީގެ އަސާސީ ޤަވައިދާ އެއްގޮތަށް ކަމަށާއި، ރިޔާސީ އިންތިޚާބުގައި ވާދަކޮށް އިންތިޚާބާ ގުޅޭ ޙަރަކާތްތައް ވެސް ކުރިއަށް ގެންދާނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް ޒަމީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާ ކަމަށެވެ. އަދި ފޯމް ދިރާސާ ކުރެއްވުމަށް ފަހު 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީ އާމެދު ގޮތެއް ނިންމަވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ހަތް ފަރާތަކުން ކެންޑިޑެސީ ފޯމް ނަގާފައިވާތީ އިތުރު ފަރާތްތަކުން މުއްދަތު ހަމަވުމުގެ ކުރިން ފޯމް ހުށަހަޅުއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ކެންޑިޑެސީ ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މާދަމާ ހަވީރު 16:00 ގެ ނިޔަލަށް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންގ މޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ދެން އިންތިޚާބުގައި ވާދަކުރެއްވުމަށް ކެނޑިޑެސީ ފޯމު ހުށަހަޅާފައި ވަނީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާ އިބްރާހިމް މުޙައްމަދު ސޯލިހާއި ރަނިންގ މޭޓު ފައިސަލް ނަސީމްގެ އިތުރުން ދަފްތަރު ނަމްބަރު 6562، ހުސައިން ނަސީރާއި އޭނާގެ ރަނިންގ މޭޓް އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝައިޚް ނަސްރުﷲ މުސްތަފާއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް