Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރައްޔިތުންނަށް އިންތިހާއަށް އަނިޔާވެރިވި ނަމަވެސް އަޒުމާއި ހިތްވަރު ޖަލަށް ނުލެވޭނެ: ގާސިމް

8 އޯގަސްޓު 2018 | ބުދަ 23:19

އެއްވެސް އުސޫލެއް ނެތި ހަމައެއް ނެތި އެތައް ބަޔަކު ވަނީ ޖަލަށްލާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 8 އޯގަސްޓު 2018 | ބުދަ 23:19
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް

މިސަރުކާރުން ރައްޔިތުންގެ ނަފުސާއި މުދަލަށް އިންތިހާއަށް އަނިޔާވެރިވި ނަމަވެސް ރައްޔިތުންގެ އަޒުމާއި ހިތްވަރު ޖަލަށް ނުލެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ، ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހުގޭ ރޭ މ. ކުނޫޒުގެ ބޭއްވި ޖަލްސާގައި ސްކައިޕް މެދުވެރިކޮށް ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ޔާމިންގެ މިފަސް އަހަރުގައި ނުހައްގުން އެތައް ބަޔަކު ޖަލަށްލާފައިވާ ކަމަށާއި، މި ސަރުކާރަކީ ރައްޔިތުންގެ މައްޗަށް އިންތިހާއަށް އަނިޔާވެރިވެރިވަމުން އަންނަ ސަރުކާރެއް ކަމަށެވެ. ގާސިމް ވިދާޅުވީ މިފަހުގެ ތާރީހެއްގައި އެއްވެސް އުސޫލެއް ނެތި ސިޔާސީ އެތައް ބޭފުޅަކު ހައްޔަރުކޮށްފައިވަނީ ރައީސް ޔާމިންގެ ސަރުކާރުން ކަމަށެވެ. އަދި ދައުވާ އުފުލައި ޝަރީއަތްތައް ހިންގާފައިވާ އެއްވެސް ޝަރީއަތަކީ އިންސާފުން ހިންގާފައިވާ ޝަރީއަތެއް ނޫންކަން ރައްޔިތުންނަށް ކަށަވަރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ޔާމިންގެ ސަރުކާރާއި ދެކޮޅު، ހުރިހާ ސިޔާސީ ލީޑަރުންނަށް ނުހައްގުން ހުކުމްތަކެއް އިއްވާފައިވާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ ވަކި މަންފާއެއް ހާސިލްކުރުމަށް ސިޔާސީ މީހުން ހައްޔަރުކޮށް އަނިޔާ ދިނުމަށްފަހު އާންމު ރައްޔިތުންގެ ތެރެއިން ހައްގު ބަސް ބުނި އެތައް ބަޔަކަށް މިސަރުކާރުން އަނިޔާވެރިވެ، އެމީހުންގެ ވެސް ޖަލަށްލާފައިވާ ކަމަށެވެ. ރައްޔިތުންގެ ނަފުސާއި މުދަލަށް ކިތަންމެ އަނިޔާ ދިނަސް ރައްޔިތުންގެ އަޒުމާއި ހިތްވަރު ޖަލަށް ނުލެވޭނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރައްޔިތުންގެ ބަސް އިއްވަންތިބި ރައްޔިތުންގެ މަންދޫބުންނަށް ރައްޔިތުންގެ ބަހުސްކުރާ މަޖިލިސްގެއަށް ރައީސް ޔާމިންގެ މަގާމާއި ނުފޫޒު ބޭނުން ކުރައްވައިގެން ނުވަދެވޭ ގޮތް ހަދާފައިވާ ކަމަށާއި، ބާރަ ދާއިރާގެ ރައްޔިތުން އަޑު މިސަރުކާރުން ކަނޑުވާލާފައިވާ ކަމަށެވެ. އަދި މިއީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާނުގެ މައްސަލައަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ ރައީސް ޔާމީން ދެއިރުދެދަޅަޔަށް ދެގޮތަށް ދައްކަވާ ވާހަކަފުޅުތަކުން އެމަނިކުފާނު އަމިއްލައަށް ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވާ ކަމަށާއި، ހިޔާނާތާއި އަނިޔާވެރިވެފައިވާ މިންވަރު ސާބިތުވާ ކަމަށެވެ. އަދި ރިލްވާންގެ މައްސަލާގައި ރައީސް ޔާމިން ދެއްކެވި ވާހަކަފުޅުތައް ތަހުގީގު ކޮށްދެއްވުމަށް ސަލާމަތީ ފަރާތްތަކަށް ޤާސިމް ވަނީ ގޮވާލައްވާފައެވެ.

ދައުލަތުގެ މުދަލަށް ހިޔާނާތްތެރިވެފައިވާ ކަމަށް ރައީސް ޔާމީން އަމިއްލަފުޅަށް އިއުތިރާފުވެފައިވާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ މިފަދަ ބޭފުޅަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިނުލެއްވޭނެ ކަމަށާއި، އިސްލާމްދީނާއި، ފެހި ގާނޫނު އަސާސީން މިކަމަށް ޖާގަ ނުދޭ ކަމަށެވެ. ގާސިމް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް އެކިގޮތްގޮތުން މިސަރުކާރު މަސައްކަތް ކުރާ ކަމަށާއި، މިކަމަށް ހުރިހާ ރައްޔިތުން ފާރަވެރިވެ ތިބެންޖެހޭ ކަމަށެވެ.

ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ ކޯޓުން ނޫން ކަމާއި ވޯޓުން ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވައި ގާސިމް ވިދާޅުވީ ރައީސް ޔާމިން މިއަހަރުގެ ރިޔާސީ އިންތިޚާބު ރައްޔިތުންގެ ވޯޓުން ކާމިޔާބު ނުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، ކާމިޔާބު ކުރެވޭނީ ހަމައެކަނި ކޯޓުން ކަމަށެވެ. އެއީ މިހާތަނަށް ރައީސް ޔާމިން ބޭނުންވާ ކަންކަމުގައި ކުރި ހޯދިގޮތް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އަނިޔާވެރިކަމާއި ބިރުވެރިކަން ރައްޔިތުން ބޭނުންނުވާ ކަމަށާއި، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުއަށް ރައްޔިތުން ނުކުމެ ވޯޓުން ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް