Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޒިމްބާބުވޭ

ޒިމްބާބުވޭގެ އާއްމު އިންތިޚާބަށް ފަހު ހަމަޖެހުމެއް ނެތް، އެންމެ ފަހުން ކޯޓަށް!

އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ނަންގަގްވާ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 8 އޯގަސްޓު 2018 | ބުދަ 17:15
ރައީސް ނަންގަގްވާ

ރައީސް ނަންގަގްވާ

ޒިމްބާބުވޭގައި އެތައް އަހަރެއް ވަންދެން ވެރިކަން ކުރެއްވި ރޮބާޓް މުގާބޭ ވެރިކަމުން ދުރުކުރެއްވުމަށް ފަހު ދެން ވަޑައިގެންނެވި ބޭފުޅަކީ އެމެސަން ނަންގަގްވާއެވެ. ޚުދުމުޚުތާރު ވެރިކަމަކުން ސަލާމަތްވެފައިވާ ޒިމްބާބުވޭ އަށް، ރައްޔިތުންގެ ވެރިކަމެއް ގާއިމު ކުރުމަށް އުންމީދު ކުރަމުން ގެންދާ ރައްޔިތުންނަށް ހިއްވަރާއި އުންމީދު ލިބިގެން ދިޔައެވެ. ނަންގަގްވާގެ ވެރިކަމަށް މަދު މަސްތަކެއް ވީފަހުން، ރައްޔިތުންނަށް އިންތިޚާބެއް ލިބުނެވެ. ޒިމްމްބާބުވޭގައި ޖުލައި 30 ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބަކީ ދިގު މުއްދަތެއް ވަންދެން ވެރިކަން ކުރެއްވި ރޮބާޓް މުގާބޭ މިދިޔަ އަހަރު ވެރިކަމުން ދުރުކުރި ފަހުން ބޭއްވި ފުރަތަމަ އިންތިޚާބެވެ. އެގައުމުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 5 މިލިއަނަށް ވުރެ ގިނަ މީހުން ތިބި އިރު ވޯޓު ލާފައި ވަނީ 70 ޕަސެންޓް މީހުންނެވެ.

ޒިމްބާބުވޭގައި ރައީސަކު ހޮވުމަށާއި އަދި އެގައުއުމުގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް ޖުލައި 30 ގައި ބޭއްވި އިންތިޚާބު ކާމިޔާބު ކުރެވީ އެމެސަން ނަންގަގްވާ ވެއެވެ. އެގޮތުން ރައީސް ކަމަށް ބޭފުޅަކު ހޮވުމަށް ބޭއްވި އިންތިޚާބުގައި މިހާރުގެ ރައީސް ނަންގަގްވާ ވޯޓުގެ 50.8 އިން ސައްތަ ހޯއްދެވިއެވެ. އެންމެ ގާތުން ވާދަކުރެއްވި ނެލްސަން ޗަމިސާ އަށް ލިބިވަޑައިގެންނެވީ 44.3 އިން ސައްތައެވެ. ގާނޫނު ހަދާ މަޖީލުގެ އިންތިޚާބުގައި ވެސް މެޖޯރިޓީ ހޯއްދެވީ ރައީސް ނަންގަގްވާގެ ޒާނޫ-ޕީއެފް ޕާޓީއެވެ.

އާއްމު އިންތީޚަބަށް ފަހު ހިނގި ހަމަނުޖެހުންތަކުގައި ހަ މީހަކު މަރުވެފައިވާއިރު، މިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާ އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ރައީސް އެމެސަން ނަންގަގްވާ އަށް ފޯނުން ގުޅުއްވައި ވިދާޅުވީ ޒިމްބާބުވޭގެ ސަލާމަތީ ޚިދުމަތްތަކުން ސުލްހަ އިސްކުރަން ޖެހޭ ކަމަށެވެ. ގުޓަރޭސް ވަނީ އިދިކޮޅު މައި ލީޑަރު ނެލްސަން ޗަމިސާ އަށް ވެސް ފޯނުން ގުޅުއްވާފައެވެ. އެގޮތުން "މަގުތަކަށް ނުނިކުމެ، ނަތީޖާއާ ޗެލެންޖު ކުރުމަށް ކޯޓަށް ވަޑައިގަތުމަށް" ގުޓަރޭސް، ޗަމިސާ އަށް ވިދާޅުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހުމުގެ ސަބަބުން މުޒާހަރާ ނިކުތް މީހުންގެ ގަޔަށް ސިފައިން ބަޑި ޖެހުމުގެ ސަބަބުން ހަ މީހަކު މަރުވެފައިވާ އިރު ހަމަނުޖެހުން ހިންގުމަށް ހިއްވަރުދިން ކަމުގެ ތުހުމަތުގައި މުޒާހަރާތަކުން ހައްޔަރު ކުރި އިދިކޮޅު އެމް.ޑީ.ސީ 27 ސަޕޯޓަރަކު ވަނީ ކަފާލާތުގެ ދަށުން އަންގާރަ ދުވަހު ދޫކޮށްލާފައެވެ. އީޔޫ، އެމެރިކާ، ކެނެޑާ އަދި ސްވިޓްޒަލޭންޑުން ވަނީ ސަލާމަތީ ޚިދުމަތްތަކުން ސުލްހަ އިސްކުރުމަށާއި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ގޮވާލާ ގުޅިފައިވާ ބަޔާނެއް ވެސް ނެރެފައެވެ.

ޒިމްބާބުގޭގައި ބޭއްވުނު އިންތިޚާބުގައި ވޯޓު އޮޅުވާލާ މަކަރު ހަދާފައިވާ ކަމަށް ބުނެ އިދިކޮޅު ޕާޓީއެއް ކަމަށްވާ، އެމްޑީސީ އިން ބުދަ ދުވަހު ބުނެފައި ވަނީ، އެ ޕާޓީ އިން ކޯޓަށް ދާން ނިންމައިފި ކަމަށެވެ. ޒިމްބާބުވޭގެ ގާނޫނުތަކަށް ބަލާއިރު، އިންތިޚާބާ ބެހޭ ގޮތުން ކޯޓަށް މައްސަލަ ހުށަހަޅާ ނަމަ ސުންގަނޑިއަކީ މިއަންނަ ހުކުރު ދުވަހެވެ. އަދި ކޯޓުން މައްސަލަ ހުށަހަޅާތާ 14 ދުވަސްތެރޭ ގޮތެއް ނިންމަން ޖެހޭނެއެވެ. ސުވާލަކީ ޒިމްބާބުވޭގެ އާއްމު އިންތިޚާބުގެ މައްސަލަ ކޯޓުން ހައްލުވެ ގައުމަށް ހަމަޖެހުން ލިބިދާނެތޯއެވެ. ވެރިކަން ކުރާ ޒާނު-ޕީއެފް ޕާޓީ އާއި ރައީސް ނަންގަގްވާ އާއި އަދި ގައުމުގެ އިންތިޚާބާ ބެހޭ ކޮމިޝަނުން ބުނަމުން ގެންދަނީ އިންތިޚާބުގައި އޮޅުވާލުމެއް ނެތް ކަމަށެވެ!

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟

ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟

12 ޖުލައި 2017
އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި

އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި

12 ޖުލައި 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
މޯބައިލް ފޯނު ފޭރުން އާއްމުވެފައި

މޯބައިލް ފޯނު ފޭރުން އާއްމުވެފައި

11 މެއި 2017
ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު