Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މޯބައިލް ފޯނު ފޭރުން

މޯބައިލް ފޯނު ފޭރުން އާއްމުވެފައި

މިއަހަރުގެ މިހާތަނަށް 275 ފޭރުމުގެ މައްސަލަ ވަނީ ހުށަހެޅިފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 11 މެއި 2017 | ބުރާސްފަތި 10:56
މަގުމަތީގައި މޮބައިލް ފޯނު ހިފައިގެން ހުރި މީހެއް - ފޯނު ފޭރިގަތުން މިހާރުވަނީ އާއްމު ކަމަކަށް ވެފައި

މަގުމަތީގައި މޮބައިލް ފޯނު ހިފައިގެން ހުރި މީހެއް - ފޯނު ފޭރިގަތުން މިހާރުވަނީ އާއްމު ކަމަކަށް ވެފައި

މުޖުތަމައުގެ ރައްކާތެރިކަމާއި ސަލާމަތްތެރި ކަމަކީ، ގައުމެއްގެ އަމާންކަމާއި ހަމަޖެހުމާއި ގުޅިލާމެހިފައިވާ ކަމެކެވެ. ކޮންމެ ކަމެއްގައިވެސް ރީތި އުސޫލުތަކުން ކަންކަން ކުރުމަކީ މުހިއްމު ކަމެކެވެ. މި ފަހަކަށް އައިސް އެންމެ ބޮޑަށް މި މުޖުތަމައުގައި އެންމެ އާއްމުވެގެންދިޔައީ މަގުމަތިން ފޯނުފަދަ އަގުބޮޑު ތަކެތި ފޭރުމުގެ މައްސަލަތަކެކެވެ.

ފުލުހުންވެސް ވަނީ މިކަން އާއްމުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. ފޭރުމުގެ މިފަދަ މައްސަލަތަކުގައި އާއްމުގޮތެއްގައި ފޯނުފަދަ ރައްޔިތުންގެ އަގުބޮޑެތި މުދާ ފޭރެނީ ނުވިސްނާ ހުންނަ ވަގުތުތަކުގަ އެވެ. އަދި މިފަދަ ކަންކަން ކުރާ މީހުން ދެނެގަތުމަށް އެތައް އުނދަގުލަކާއި ކުރިމަތިވެ އެވެ.

މިކުޑަކުޑަ މުޖުތަމައުގައި ވައްކަމުގެ މައްސަލަތައް އާއްމުވެފައިވާ އިރު، ގިނަ ފަހަރަށް މިފަދަ މައްސަލަތަކުގައި ފޭރޭ މީހާ އަތުލައިގަތުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ.

ފޭރުމުގެ މައްސަލަތައް އާއްމުކޮށްދިމާވަނީ ގިނަ ފަހަރަށް ފޯނު އަތުން ހިފައިގެން ދާއިރު އާއި ސައިކަލް ތަކުގައި މަޑުކޮށްގެން ފޯނުން ވާހަކަ ދައްކާ ވަގުތުތަކުގަ އެވެ. މީގެ އިތުރުން މަގުމަތީގައި ހިނގާފައިދާ އިރު ފޯނާ ކުޅެމުން ދިއުމުގެ ސަބަބުންވެސް މިފަދަ ކަންކަން ދިމާވުމަށް މަގުފަހިވެ އެވެ. އަދި ބައެއް ފަހަރު ފޯނުކޮއްލުމަށް ކަމަށް ފޯނު ހޯދާ، ފޯނު އަތުލައިގެންދާ ގޮތް ދިމާވެ އެވެ.

އެއްވެސް ހާލެއްގައި މިއީ ހިނގައިގެންވާނެ ކަމެއް ނޫނެވެ. އަދި މިފަދަ ހަޑިމުޑުދާރު އަމަލުތައް ކުރާ ފަރާތްތައް އަތުލައިގަނެ، އެފަދަ ފަރާތްތަކަށް ކަނޑައެޅިފައިވާ ގާނޫނީ އަދަބު ދެވެން ޖެހެ އެވެ. އެހެން ނަމަވެސް ކުށްކުރާ މިފަދަ ފަރާތްތައް އުޅޭކަން ދެނެގަނެ، ކުށް މަދުކުރުމަށްޓަކާއި ކޮންމެ ރައްޔިތެއްވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރަންޖެހެ އެވެ. އާއްމުގޮތެއްގައި މިފަދަ ހާދިސާތައް ހިނގަނީ، މަގުމަތީގައި ދޭންޖެހޭ ސަމާލުކަން ނުދިނުމާއި، އަމިއްލައަށް ކަންކަން ކުރުމުގައި ފަރުވާކުޑަ ކުރުމުގެ ސަބަބުން ނެވެ.

އާއްމު ރައްޔިތުން މަގުމަތީގައި މިހާރަށްވުރެ ސަމާލުކަންދީ، ފޯނާއި ކުޅެމުން މަގުމަތީގައި ނުހިނގުމާއި އަތުން ފޯނު ހިފައިގެންދާއިރުވެސް ސަމާލުވެ ތިބެން ޖެހެއެވެ.

މިފަދަ މައްސަލަ ހުށަހަޅާ އިރު މޯބައިލް ފޯނުގެ ސީރިއަލް ނަންބަރު ނުވަތަ އައިއެމްއީއާއި ނަންބަރު އެނގިފައި އޮތުމަކީވެސް ވަރަށް މުހިއްމު ކަމަށެވެ. މިކަމުގެ ސަބަބުން މައްސަލަތައް ބެލުމުގައި ފުލުހުންނަށްވެސް ފަސޭހަތައް ލިބިގެންދެ އެވެ. އާއްމުކޮށް މިގެންގުޅޭ މޯބައިލް ފޯނުތަކުގައި *#06# ޖެހުމުން އެ ފޯނުގެ އައިއެމްއީއައި ނަންބަރު އަންނާނެ އެވެ. ކުރިއާލާއި މި ނަންބަރު ނަގާފައި ބޭއްވުމަކީވެސް މިފަދަ މައްސަލަތައް ބެލުމުގައި ލިބިގެންދާނެ ފަސޭހަ އެކެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ފޭރުމުގެ 275 މައްސަލައެއް މިއަހަރުގެ މިހާތަނަށް ވަނީ ރިޕޯޓްކޮށްފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު ފޭރުމުގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ އަދަދަކީ، 716 އެވެ. މިއީ 2015 ވަނަ އަހަރާއި އަޅާއި ބަލާއިރު ގާތްގަނޑަކަށް 200 މައްސަލައިގެ އިތުރުވުމެކެވެ. އެއަހަރު ފޭރުމުގެ މައްސަލަތަކުގެ ގޮތުގައި ހުށަހަޅާފައިވަނީ 545 މައްސަލަ އެވެ.

ފުލުހުންނަށް ފޭރުމުގެ މައްސަލަތައް ހުށަހެޅޭލެއް އިތުރުވެފައިވާ އިރު މިފަދަ މައްސަތައް ބެލުމުގައިވެސް މިހާރަށްވުރެ ހަރުދަނާ އުސޫލެއް ފުލުހުން ގާއިމް ކުރަންޖެހެ އެވެ. ބައެއް މައްސަލަތަކުގައި ފުލުހުން ވީޑިއޯ އާއްމުކޮށް ފޭރުނު މީހާ ދެނެގަނެވުނު ނަމަވެސް އެމީހާ ހޯދާ ހައްޔަރު ކުރެވޭތަން ނާދެ އެވެ. ފުލުހުން މިހާރަށްވުރެ ސީރިއަސް ކޮށް މައްސަލަތައް ބަލާ ފަރުދުންގެ ހައްގުތައް ހޯދައިދީ ރައްޔިތުންގެ އިތުބާރު ހޯދަދޭން ޖެހެ އެވެ.

މިފަދަ ކުށްވެރިން ދެނެގަނެވި، އެނގުމަކީ، ރައްޔިތުން މުޖުތަމައުގެ އަމާންކަމާ މެދު ރައްޔިތުންގެ ހިތުގައި އޮންނަންޖެހޭ ޔަގީންކަން އިތުރުވެގެންދާނެ ކަމެކެވެ. އަދި މިފަދަ ހާދިސާތައް ވީއެންމެ ހަވަހަށް ބަލާ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ކުރަންޖެހޭނެ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބައިޑެން ކީވްއަށް ކުރެއްވި ސިއްރު ދަތުރުފުޅު: 10 ގަޑިއިރު ޓްރެއިންގައި، ފޯނުތައް މަނާ

ބައިޑެން ކީވްއަށް ކުރެއްވި ސިއްރު ދަތުރުފުޅު: 10 ގަޑިއިރު ޓްރެއިންގައި، ފޯނުތައް މަނާ

21 ފެބުރުއަރީ 2023
ވައްކަމާއި ފޭރުން ހައްދުން ނެއްޓިއްޖެ، ހައްލެއް ނެތް

ވައްކަމާއި ފޭރުން ހައްދުން ނެއްޓިއްޖެ، ހައްލެއް ނެތް

02 ނޮވެމްބަރު 2022
އައު އައިފޯނުތަކާއެކު އިތުރުވާ ދިވެހިންގެ ދަރަނި!

އައު އައިފޯނުތަކާއެކު އިތުރުވާ ދިވެހިންގެ ދަރަނި!

17 ސެޕްޓެމްބަރު 2022
ރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް – ޔާމީނާއި އަދީބުގެ ފޯނު ކޯލްތަކެއްގެ ރިކޯޑިން، 2013 ވަނަ އަހަރުން ފެށިގެން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ޔާމީންގެ ނުފޫޒު

ރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް – ޔާމީނާއި އަދީބުގެ ފޯނު ކޯލްތަކެއްގެ ރިކޯޑިން، 2013 ވަނަ އަހަރުން ފެށިގެން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ޔާމީންގެ ނުފޫޒު

13 ސެޕްޓެމްބަރު 2022
ޔާމީން ހިންގެވި އާރަށު ޚިޔާނާތް - 3 އައިފޯނުން ހޯދި ފޮރެންސިކް ހެކީގެ ވާހަކަ

ޔާމީން ހިންގެވި އާރަށު ޚިޔާނާތް - 3 އައިފޯނުން ހޯދި ފޮރެންސިކް ހެކީގެ ވާހަކަ

18 ޖޫން 2022

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު