Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކުގެ ކަރަންޓް ބިލުތަކަށް ހެޔޮ ބަދަލެއް ގެންނާނަން: އިބޫ

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކޮށްދޭނަން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 8 އޯގަސްޓު 2018 | ބުދަ 14:23
ލ.ފޮނަދޫއަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ:-ފޮޓޯ ރާއްޖެއެމްވީ

ލ.ފޮނަދޫއަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ:-ފޮޓޯ ރާއްޖެއެމްވީ

އަތޮޅުތަކުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކުގެ ކަރަންޓް ބިލުތަކަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވައުދުވެވަޑައިގެންފި އެވެ.

ބުދަ ދުވަހު ލ.ފޮނަދޫގައި ކެމްޕެއިން ޖަގަހަ ހުޅުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަރަންޓް ބިލަކީ ބުރައަކަށް ނުވާނެ ގޮތަށް ބަދަލު ގެންނަވާނެ ކަމަށެވެ.

"ކަރަންޓްގެ އަގު މާލެއާ އެއްވަރަކަށް ރާއްޖޭގެ އަތޮޅުތަކާ އަގުމަގު ކުރިއިރުގައި ވިޔަފާރީގެތަކުން ނަގާ ފީ އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކަށް މި ވަނީ އުނދަގޫތަކެއް ކުރިމަތިވެފައި. ވިޔަފާރީން ލިބޭ ފައިސާއިން ކަރަންޓް ބިލު ދައްކާފައި ދެން ހުރި ކަންތައްތަކަށް ނުކުރެވޭ ހިސާބަށް ބައެއް ވިޔަފާރީތައް ވަނީ ގޮސްފައި،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ކުރާ މަސައްކަތަކީ ކޮންމެ ސިޔާސީ ފިކުރެއްގެ މީހަކަށް ވެސް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ. ހަމަ އެހެންމެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަކީ ގުޅިފައިވާ ޕާޓީތަކުން އެކުލަވާލާ ސަރުކާރެއްގައި ވެސް އެންމެ ބޮޑު އަހައްމިޔައްތުކަން ދޭނެ އެއް ދާއިރާކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ ތ.އަތޮޅާއި ލ.އަތޮޅުން ފެނިގެންދިޔައީ ވަރަށް އުއްމީދީ މަންޒަރުތަކެއް ކަމަށާއި އިރާދަ ކުރެއްވިއްޔާ އެމަނިކުފާނު އިންތިހާބު ކާމިޔާބު ކުރާނީ އެ ދެ އަތޮޅުގެ ފުރިހަމަ ތާއީދާއެކު ކަމަށެވެ. އަދި އެއަށްފަހު އޮންނީ ރައްޔިތުން ބޭނުންވާ އިންސާފު ގާއިމުކޮށްދެއްވުން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. ލ.އަދި ތ.އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު އިބޫ ބުރާސްފަތި ދުވަހު މާލެ ވަޑައިގަންނަވާނެ އެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު