Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަޖީބްގެ ކޮރަޕްޝަން

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބުގެ މައްޗަށް މަނީ ލޯންޑަރިންގ ދައުވާ އުފުލައިފި

8 އޯގަސްޓު 2018 | ބުދަ 03:32

3 ދައުވާއެއް ވަނީ އުފުލާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 8 އޯގަސްޓު 2018 | ބުދަ 03:32
ނަޖީބު ރައްޒާޤް ކޯޓަށް ގެންދަނީ

ނަޖީބު ރައްޒާޤް ކޯޓަށް ގެންދަނީ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤުގެ މައްޗަށް މަނީ ލޯންޑަރިންގގެ 3 ދައުވާއެއް އުފުލައިފިއެވެ.

މިދައުވާތައް އުފުލާފައިވަނީ ބުދަ ދުވަހުގެ ހެނދުނު އޭނާ ވެރިރަށް ކުއާލަލަމްޕޫރުގެ ކޯޓަށް ޙާޒިރުކޮށްގެންނެވެ. ނަޖީބުގެ މައްޗަށް ދައުވާކުރަނީ އެންޓި-މަނީ ލޯންޑަރިންގ އެކްޓާއި، އެންޓި-ޓެރަރިޒަމް ފައިނޭންސިންގ އެކްޓްގެ އިތުރުން ޕްރޮސީޑްސް އޮފް އަންލޯވފުލް އެކްޓިވިޓީސް އެކްޓްގެ ދަށުންނެވެ.

މެލޭ ބަހުން ނަޖީބުގެ މައްޗަށް ކުރެވޭ ދައުވާތައް އިއްވުމުން ދައުވާތައް 'ފަހުމް'ވެވަޑައިގެންނެވިކަމަށް ނަޖީބު ކޯޓުގައި ވަނީ ވިދާޅުވެފައެވެ.

ނަޖީބުގެ މައްޗަށް ކުރެވޭ 3 ދައުވާގެ ތެރެއިން އެއް ދައުވާ ހައި ކޯޓުގައި ކުރިއަށް ގެންދިޔުމަށް ޕްރޮސިކިއުޓަރުން ވަނީ ޤާޒީއަށް ހުށަހަޅުއްވާފައެވެ.

މިދައުވާތަކަކީ ނަޖީބުގެ އެކައުންޓަށް 3 ފަހަރެއްގެ މަތިން ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ހޯދާފައިވާ 42 މިލިއަން ރިންގިޓް ޖަމާކޮށްފައިވާތީ އުފުލާފައިވާ ދައުވާތަކެކެވެ. އެންމެ ފުރަތަމަ ފަހަރު 27 މިލިއަން ރިންގިޓް ޖަމާކުރިއިރު، ދެވަނަ ފަހަރު 5 މިލިއަން އަދި ފަހު ފަހަރު 10 މިލިއަން ރިންގިޓް ޖަމާކޮށްފައިވެއެވެ.

މިފައިސާ ޖަމާކޮށްފައިވަނީ 2014 ވަނަ އަހަރުގެ ފަހުކޮޅާއި، 2015 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އަދި ނަޖީބުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ އެސް.އާރް.ސީ އިންޓަރނޭޝަނަލް ކިޔާ ކުންފުންޏެއްގެ އެކައުންޓުންނެވެ. އެސް.އާރް.ސީ އިންޓަރނޭޝަނަލްއަކީ މެލޭޝިއާ ސަރުކާރުން އިންވެސްޓްމެންޓް މަސައްކަތްތަކެއް ކުރުމަށް އެކުލަވާލި މަޝްހޫރު ވަން އެމް.ޑީ.ބީ ކުންފުނީގެ ގޮތްޕެކެވެ.

މިދިޔަ މަހު މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވަނީ އެ 42 މިލިއަން ރިންގިޓްގެ މައްސަލައިގައި ނަޖީބު ރައްޒާޤް ހައްޔަރުކޮށްފައެވެ. އަދި ބުދަ ދުވަހު ކޯޓަށް ހާޒިރުކުރުމުގެ ކުރިން އަންގާރަ ދުވަހުވެސް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ނަޖީބު ހާޒިރުކުރެވުނެވެ. އަދި 45 މިނެޓް ވަންދެން ނަޖީބާއި ސުވާލުކުރުމަށްފަހު އޭނާގެ މައްޗަށް ކުރާނެ ދައުވާތައް މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިއުލާންކުރިއެވެ.

މެލޭޝިއާގެ އިތުރުން ސިންގަޕޯރ، ސިވިޓްޒަލެންޑް އަދި އެމެރިކާއިންވެސް ވަން އެމް.ޑީ.ބީ އާއި ގުޅުން ހުރި މައްސަލަތައް ދަނީ ބަަލަމުންނެވެ. އެމެރިކާއިން އަންދާޒާކުރާ ގޮތުގައި ވަން އެމް.ޑީ.ބީގެ ފައިސާއިމް 4.5 ބިލިއަން އެމެރިކާ ޑޮލަރަށް ވަނީ ޚިޔާނާތްތެރިވެފައެވެ.

ވެރިކަމުގައި ހުންނަވަނިކޮށް މިދިޔަ މެއި މަހުގެ 9 ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި ނަޖީބުގެ އަމްނޯ ކޯލިޝަނަށް ސަރުކާރު ގެއްލުނީ ވަން އެމް.ޑީ.ބީ ފަދަ ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް ނަޖީބާއި އޭނާގެ އަނބިކަނބަލުން ރުސްމާ މަންސޫރުގެ މައްޗަށް ކުރެވުމާއި ގުޅިގެންނެވެ. އެދެމަފިރިކަނބަލުންވެސް ޤައުމުން ބޭރަށް ވަޑައިގަތުން އައު ބޮޑުވަޒީރު މަހާތީރު މުހައްމަދު ވަނީ މަނާކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
12 ފެބުރުއަރީ 2017

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2017
ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް