Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކުއްޖެއްގެ ކާމިޔާބީ

ހަ އަހަރުގެ ކުއްޖެއްގެ އަމިއްލަ އުފެއްދުން ސުޕަމާކެޓަށް!

އެ ކުއްޖާގެ އުފެއްދުންތައް އޮގަސްޓް 6 ގައިި ބާޒާރަށް ނެރޭނެ

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް, ރާއްޖެ އެމްވީ | 7 އޯގަސްޓު 2018 | އަންގާރަ 15:01
އުމުރުން އެންމެ 6 އަހަރުގެ ކުއްޖާ ވަނީ ބިލިޔަނަރަކަށް ވުމުގެ މަގުމަތީގައި

އުމުރުން އެންމެ 6 އަހަރުގެ ކުއްޖާ ވަނީ ބިލިޔަނަރަކަށް ވުމުގެ މަގުމަތީގައި

އެތައް ލައްކަ މީހުން ކޮންމެ ދުވަހަކުވެސް ވީޑިއޯތައް އަޕްލޯޑުކުރާ ޔޫޓިއުބް ވެބްސައިޓުގައި މަގުބޫލުކަން ހޯދި ހަ އަހަރުގެ ރަޔާން، އޭނާގެ އަމިއްލަ އުފެއްދުންތައް މަޝްހޫރު "ވޯލްމާޓް" ސުޕަމާކެޓުގައި ވިއްކަން އެއްބަސްވެއްޖެއެވެ.

ރަޔާނާއި، އެއް އުމުރު ފުރައެއްގެ ކުދިންގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ސްލައިމްއާއި، ކަފަ އަޅާގެން ހަދައިފައި ހުންނަ ކުޅޭ އެއްޗެއްސާއި އެހެނިހެން ތަކެތި އޭނާގެ ނަމުގައި ވިއްކުމަށް ވޯލްމާޓް ވަނީ ނިންމާފައެވެ. ވޯލްމާޓުން ވަނީ ރަޔާންގެ އުފެއްދުންތައް ވިއްކުމާއި ގުޅޭގޮތުން ހޯމަ ދުވަހު އެއްބަސްވުމެއް އެކުލަވާލައިފަ އެވެ.

އޯގަސްޓު 6 އިން ފެށިގެން އޭނާގެ އުފެއްދުންތައް އެމެރިކާގެ 2500 އަށް ވުރެ ގިނަ ވޯލްމާކެޓް އައުޓް ލެޓްގެ އިތުރުން އެ ސުޕަމާކެޓްގެ ވެބްސައިޓުން ގަންނަން ލިބޭނެކަމަށް އެ ސުޕަމާކެޓުން ވަނީ ބުނެފައެވެ.

މަހަކު ބިލިޔަނަކަށް ވުރެ ގިނަ ކުދިން ބަލާ އެ ކުއްޖާގެ ވީޑިއޯތަކުގައި، އޭނާ ކުޅޭތަނާއި ކުޅޭ އެއްޗެސާމެދު ދެކޭގޮތް ކިޔައިދޭތަން ދައްކައެވެ. ސުޕަމާކެޓްގައި ވިއްކަން ނިންމައިފައިވާ ކޮންމެ އުފެއްދުމަކީ ވެސް އޭނާ އަމިއްލަ އިސްނެގުމަކަށް ވިއްކަން ނެރޭ ތަކެތި ކަމަށް އެ ސުޕަމާކެޓުން ބުނެއެވެ.

އެހެން ކުންފުންޏަކާއި ގުޅިގެން ހަތަރު ޑިޒައިނެއްގެ ޓީޝާޓު ވެސް ރަޔާން ވަނީ ވިއްކުމަށް ނިންމާފައެވެ. އޭނާ އުފައްދާ ޓީޝާޓުތައް ޚާއްސަ ކުރަނީ ތިން އަހަރާއި، ތިން އަހަރަށްވުރެ ހަގު ކުދިންނަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ކުއްޖާ ކުރި އެރުމުގެ ސިއްރަކީ މައިންބަފައިންގެ އެއްބާރުލުން ލިބުމެވެ. އަދި ކުރި މަގުގައި އޭނާ ބިލިޔަނަރަކަށް ވުމަކީ ވެސް ހަމަ އެކަށީގެންވާ ކަމެއްކަމަށް އެ ފަރާތްތަކުން ބުނެއެވެ.

އެ ކުއްޖާގެ އާއިލީ ނަން އާއިލާއިން ވަނީ ސިއްރު ކޮށްފައެވެ. ސަބަބަކީ އެކުއްޖާ މާ ކުޑަވުންކަމަށް އާއިލާއިން ބުނެ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަގުމަތީގައި ނަށަމުންދިޔަ 14 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި

މަގުމަތީގައި ނަށަމުންދިޔަ 14 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި

30 އޯގަސްޓު 2017
އުމުރުން 91 އަހަރުގެ އަންހެނަކު ބެޗްލަރސް ޑިގްރީ ހާސިލް ކޮށްފި

އުމުރުން 91 އަހަރުގެ އަންހެނަކު ބެޗްލަރސް ޑިގްރީ ހާސިލް ކޮށްފި

13 އޯގަސްޓު 2017
"ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު ޕްރީތަމް ދޮޅުއަހަރުގެ ބްރޭކެއް ނަގައިފި

"ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު ޕްރީތަމް ދޮޅުއަހަރުގެ ބްރޭކެއް ނަގައިފި

09 އޯގަސްޓު 2017
ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ

ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ

21 ޖުލައި 2017
16 އަހަރުގެ ފިރިހެން ކުއްޖަކު 71 އަހަރުގެ އަންހެނަކާ އިންޑޮނީޝިއާގައި ކައިވެނި ކޮށްފި

16 އަހަރުގެ ފިރިހެން ކުއްޖަކު 71 އަހަރުގެ އަންހެނަކާ އިންޑޮނީޝިއާގައި ކައިވެނި ކޮށްފި

06 ޖުލައި 2017

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު