Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ކޮންމެ މީހަކީ ކުރިއެރުމާއި ތަރައްޤީއަށް ދަހިވެތިވެފައިވާ މީހަކަށް ވާންޖެހޭ: ޑރ. ޝަހީމް

ކޮންމެ ޕާޓީއެއްގައި ހުރި މެމްބަރެއް ކަމުގައިވިޔަސް، ޤައުމުދެކެ ލޯބިވާ، ރާއްޖޭގެ ހަމަޖެހުމަށް އިސްކަންދޭ، ކުރިއެރުމާއި ތަރައްޤީއަށް ދަހިވެތިވެފައިވާ މީހަކަށްވާން ޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 އޯގަސްޓު 2018 | ހޯމަ 04:31
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރުމަށް ބޭއްވި ޖަލްސާގައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަފުޅު ދައްކަވަނީ

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރުމަށް ބޭއްވި ޖަލްސާގައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަފުޅު ދައްކަވަނީ

ކޮންމެ މީހަކީ ކުރިއެރުމާއި ތަރައްޤީއަށް ދަހިވެތިވެފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަން ޝަހީމް ވިދާޅުވީ، ބޭރު ޤައުމުތަކުގައި ހުންނަ ފަދަ ބޮޑެތި އިމާރަތްތަކާއި ތަހުޒީބީ މުޖުތަމައަކާއި ތަރައްޤީ ދިވެހިރާއްޖެއިން ވެސް ފެނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެން ވެސް ބޭނުންވޭ ސިންގަޕޫރް މެލޭޝިއާ ފަދަ ޤައުމުތަކުން މި ފެންނަ ބޮޑެތި އިމާރާތްތަކާއި ތަހުޒީބު މުޖުތަމައުއެއް، ކުރިއެރުމާ ތަރައްޤީ އަޅުގަނޑުމެންގެ މުޖުތަމައު އިން ވެސް ފެންނަން. ސިޔާސީ ހަލަބޮލިކަމާއި ނޭއްގާނީކަމާއި އެކަކު އަނެކަކަށް އަދާވާތްތެރިވުމާ ރުޅިވެރިކަން މިއީ އަޅުގަނޑުމެންގެ ތެރެއިން ފުހެލަންޖެހޭނެ ކަންކަން. ކޮންމެ ޕާޓީއެއްގައި ހުރި މެމްބަރެއް ކަމުގައިވިޔަސް ޤައުމުދެކެ ލޯބިވާ ރާއްޖޭގެ ހަމަޖެހުމަށް އިސްކަންދޭ ކުރިއެރުމާއި ތަރައްޤީއަށް ދަހިވެތިވެފައިވާ މީހަކަށްވާން ޖެހޭ"، ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަކީ ރާއްޖޭގެ މުސްތަޤްބަލް ކަނޑައަޅާނެ މުހިންމު އިންތިހާބެއް ކަމަށާއި އެ އިންތިހާބަކީ ބޭރު ޤައުމުތަކުގެ ނުފުޒޫ ދައުލަތުގެ މައްޗަށް ހުރި ވަގުތެއްގައި ބޭއްވޭ ހައްސާސީ އިންތިހާބެއް ކަމަށެވެ.

މެލޭޝިއާގައި ކިޔަވާ ދަރިވަރުންނާ މެދު ބޮޑެތި އުންމީދުތަކެއް ރައީސް ޔާމީން ކުރައްވާކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ، އުމްރާނީ ތަރައްޤީ ދެމެހެއްޓުމަށްޓަކައި ރައީސް ޔާމީން ހިންގަވާ ބޮޑެތި މަޝްރޫޢުތައް ދެމެހެއްޓުމުގައި އެ ކިޔަވާ ކުދިންގެ އެހީތެރިކަމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމުގައެވެ. އެގޮތުން ރައީސް ޔާމީންއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް އެ ކުދިން މަސައްކަތް ކޮށްދިނުމަށް ޝަހީމް އެދިވަޑައިގަތެވެ.

މި ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށް ވިދާޅުވެ ޝަހީމް ވިދާޅުވީ، ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ދިވެހިރާއްޖެ ތަރައްޤީ އާއި ކުރިއެރުމާއި ދިމާލަށް ހަލުވި ދުވެލީގައި ދާ މަންޒަރު އެންމެނަށް ވެސް ފެންނާނެ ކަމަށެވެ.

ރައީސް ޔާމީންގެ ތައުލީމީ ސިޔާސަތަށް ކޮންމެ ޒުވާނަކު ފަހުރުވެރިވާންޖެހޭނެ ކަމަށާއި އެތައްހާސް ތައުލީމީ ފުރުސަތުތަކެއް އެމަނިކުފާނު ހުޅުއްވައިދެއްވި ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ، އިންތިހާބު ކާމިޔާބު ކުރުމަށްފަހު ރައީސް ޔާމީން މެލޭޝިއާގައި ދިވެހިރާއްޖޭގެ ސަޤާފީ މަރުކަޒެއް ހުޅުވުމުގެ ކަންތައް ވަރަށް ބާރު މިނެއްގައި ކުރިއަށް ގެންދަވާނެ ކަމަށާއި އަދި އެ ސެންޓަރު މެދުވެރިކޮށް މެލޭޝިއާގައި ދިރިއުޅޭ އާއިލާތަކަށް އިސްލާމް މާއްދާ އާއި ދިވެހި މާއްދާ ކިޔަވައިދޭނެ ކަމަށެވެ.

"ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަނީ ދިވެހި ރައްޔިތުންނަށްޓަކައި، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި މަތިވެރި އަހްލާޤް ރާއްޖޭގައި ދެމިއޮތުމުގެ މައްޗަށް އެމަނިކުފާނުގެ ސިޔާސަތުތައް ކަނޑައެޅިފައި މި ވަނީ. އެހެންކަމުން ދިވެހި ރައްޔިތުން އެކަތިގަނޑަކަށްވެ މި އިންތިހާބު ރައީސް ޔާމީންއަށް ކާމިޔާބު ކޮށްދިނުމަށްޓަކައި މަސައްކަތް ކުރަންވީ ދަނޑިވަޅުކަމުގައި ދެކެން" ޝަހީމް ވިދާޅުވިއެވެ.

ކޮންމެ ކުއްޖަކީވެސް ތައުލީމް ހާސިލްކުރުމަށްފަހު ޤައުމަށް ހިދުމަތްކުރާނެ ކުއްޖަކަށް ހެދުމަށް އެކުދިންގެ މައިންބަފައިން މަސައްކަތް ކޮށްދިނުމަށް ޝަހީމް އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

14 މާރިޗު 2017
ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

10 މާރިޗު 2017
ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން

ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން

08 މާރިޗު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު