ރާއްޖެ
އަމީނީ މަގުގައި ހުރި ގަހެއް ވެ
ބްރިޖްގެ މަސައްކަތް ކުރާ ވެހިކަލެއް ޖެހި އަމީނީ މަގުގައި ހުރި ގަހެއް ވެއްޓިއްޖެ
ގަސް ވެއްޓުނީ ވެހިކަލް ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ގަހުގައި ޖެހުމުން

ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 5 އޯގަސްޓު 2018 | އާދީއްތަ 12:44

އަމީނީ މަގުގައި ހުންނަ ސީގަލް ފިހާރަ ކުރިމަތީ ހުރި ގަސް ވެއްޓިފައި
ބްރިޖްގެ މަސައްކަތްކުރާ ވެހިކަލެއްޖެހި އަމީނީ މަގުގައި ހުރި ގަހެއް ވެއްޓިއްޖެއެވެ.
އަމީނީ މަގުގައި ހުންނަ ސީގަލް ފިހާރަ ކުރިމަތީ ހުރި ގަސް ވެއްޓުނު ވަގުތު އެސަރަހައްދުގައި ހުރި މީހަކު މައުލޫމާތު ދިން ގޮތުގައި ގަސް ވެއްޓުނީ ވެހިކަލް ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ގަހުގައި ޖެހުމުންނެވެ.
މިކަމާބެހޭ އިތުރު މައުލޫމާތު ހޯދާލުމަށް ފުލުހުންނާ ގުޅާލުމުން ފޯނު ނުނަގާތީ މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.







