Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ނޮވެމްބަރު 17 ވެގެންދާނީ އާ މިނިވަން ދުވަހަކަށް: އައިޝާ

މުހިއްމު މަސައްކަތަކީ މާދައާއަށް ތައްޔާރުވުން ކަމަށް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 3 އޯގަސްޓު 2018 | ހުކުރު 19:13
އައިޝަތު ނަހުލާ: ރާއްޖެ ގޮވަނީ އިސްރާފެއް ނެތް ވެރިކަމަކަށް ކަމަށް ވިދާޅުވި

އައިޝަތު ނަހުލާ: ރާއްޖެ ގޮވަނީ އިސްރާފެއް ނެތް ވެރިކަމަކަށް ކަމަށް ވިދާޅުވި

މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަސް ވެގެންދާނީ އާ މިނިވަން ދުވަހަކަށް ކަމަށާއި އެ ދުވަހާއެކު އާ މިނިވަން ކަމެއް ލިބިގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އަދި އެޕާޓީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އައިޝާ ވިދާޅުވީ ރާއްޖެއަށް އަންނަމުންދާ ބަދަލުތަކާ އެކު، ސިޔާސީ އުދަރެހަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި ރާއްޖޭގެ ސިޔާސީ ޗާޓު އަލުން ކުރަހާލުމަށް ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ މާދަމާއަށް ތައްޔާރުވުމަކީ ޖުމްހޫރީ ޕާޓީން ފަށަންވީ އެންމެ މުހިއްމު މަސައްކަތް ކަމަށެވެ.

Advertisement - newsAdvertisement

އައިޝާ އިޝާރާތް ކުރެއްވި މިއަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހަކީ މި ހިނގާ ރިޔާސީ ދައުރު ނިމި، އާ ރިޔާސީ ދައުރެއް ފެށިގެންދާ ދުވަހެވެ.

"އިދާރަ ކުރެއްވިއްޔާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަސް ވެގެންދާނީ އަޅުގަނޑުމެންނާ އާ މިނިވަން ދުވަހެއް، އާ މިނިވަން ކަމެއް ލިބިގެންދާނެ ދުވަހަކަށް. އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިރާއްޖެއަށް މި އަންނަ ބަދަލާއެކު، ސިޔާސީ އުދަރެހަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ. ގައުމުގެ ސިޔާސީ ޗާޓު އަލުން ކުރަހާލުމަށް ފުރުސަތު ލިބޭނެ،" އައިޝާ ވިދާޅުވިއެވެ.
"އޮއިވަރު ބަދަލުވެ، މިއުޒިކު ބަދަލުވާނެ، ނެވިކަން އާވެ، ހެވިކަން ބަދަލުވާނެ. ޝައްކެއް ނެތް އެ ދުވަހަށް، ނުވަތަ މާދަމާއަށް ތައްޔާރުވުމަކީ މިއަދު ޖުމްހޫރީ ޕާޓީން ފަށަންވީ އެންމެ މުހިއްމު މަސައްކަތް."

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ އައިޝާ ވިދާޅުވީ ރާއްޖެ ގޮވަމުން ދަނީ ހެޔޮ ވެރިކަމަކަށް ކަމަށާއި އިސްރާފެއް ނެތް ވެރިކަމަކަށް ކަމަށެވެ.

ގާސިމަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އައިޝާ ވިދާޅުވީ ޖުމްހޫރީ ޕާޓީ އުފެއްދުމުގެ ކުރިން ވެސް ޖުމްހޫރީ ފިކުރު ރާއްޖެއަށް އުފަންވެފައިވާ ކަމަށެވެ. އެގޮތުން 1980ގެ ކުރީކޮޅު ގާސިމާ އެކު، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށާއި ހެޔޮވެރިކަމެއް ގެނައުމަށް ކުރި މަސައްކަތަކީ ޖުމްހޫރީ ފިކުރު ކަމަށެވެ.

"އަށްޑިހައިގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖެއަށް ޑިމޮކްރަސީއާއި ހެޔޮވެރިކަމެއް ގެނައުމަށް މި ޕާޓީން ފެއްޓެވި މަސައްކަތްޕުޅަކީ ހަގީގީ ޖުމްހޫރީ ފިކުރު. މި ޕާޓީގެ ބާނީ ފެއްޓެވި މަސައްކަތްޕުޅަކީ ހަގީގީ ޖުމްހޫރީ ފިކުރު. އޭގެ ފަހުން ރާއްޖޭގައި އުފެދުނު ސިޔާސީ ޕާޓީއަކާއި ބޭއްވުނު ހުރިހާ އިންތިހާބަކާއި ގެނެވުނު ހުރިހާ އިސްލާހަކާއި އިސްލާހީ ބަދަލުތަކުގައި އެންމެ މުހިއްމު ހިއްސާދާރަކީ އޮނަރަބަލް ގާސިމް އިބްރާހިމް،" އައިޝާ ވިދާޅުވިއެވެ.

އައިޝާ ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޖުމްހޫރީ ފިކުރަކީ މާ ކުރިން އުފެދިގެން އައި ފިކުރެއް ކަމަށެވެ.

"މެޑަމް އައިޝާ ވިދާޅުވި ފަދައިން، ޖުމްހޫރީ ފިކުރަކީ އޭގެ މާކުރިން ރާއްޖޭގައި އުފެދިގެން އައި ފިކުރެއް. ޖުމްހޫރީ ޕާޓީއަކީ ގާސިމް އިބްރާހިމް މި ގައުމަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރެއްވި މަސައްކަތުގެ ތެރެއިން އުފެދިގެން އައި ޕާޓީއެއް. އެމަނިކުފާނު އެ މަސައްކަތް ފެއްޓެވީ މެޑަމް އައިޝާ ވިދާޅުވި ފަދައިން 1980ގެ ކުރީކޮޅު." އިބޫ ވިދާޅުވިއެވެ.

ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވި ސަބަބާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، އައިޝާ ވިދާޅުވީ ގައުމު އެދި ގޮވާ ބަދަލު އަވަސް ކުރެވޭނީ އަންހެނުން ކުރީ ސަފަށް ޖެހިގެން ކަަމަށެވެ. އަދި ވިދާޅުވީ އިންތިހާބުތައް ކާމިޔާބު ކުރުމާއި ގައުމީ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ 10 އަހަރުގެ ހަޔާތުގައި ތަފާތު ތަޖުރިބާތަކެއް ކުރެވިގެން ހިނގައްޖެކަން ފާހަގަ ކުރައްވައި، އައިޝާ ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކަކީ ހިތާމަ އާއި ފުން އަސަރުތަކެއް ގާސިމްގެ އާއިލާއަށް ކުރި ދުވަސްތަކެއް ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ހަޔާތުން ވޭތުވެދިޔަ 10 އަހަރަކީ ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރެވިގެންދިޔަ ދުވަސްތަކެއް. އުފަލާއި ހިތާމައާއި ފުން އަސަރުތަކެއް ޕާޓީއަށާއި ހުދު، ގާސިމްގެ އާއިލާއަށާއި އަޅުގަނޑުމެންގެ ކުދިންނަށް ކުރުވި ދުވަސްތަކެއް. ގާސިމަކީ ދަރިންނަށް ވަރަށް ގާތް ބައްޕައެއް. އޯގާތެރި ފިރިއެއް. ގާސިމް އަޅުގަނޑުމެންގެ ގާތު އެއް ފަސްގަނޑެއްގައި ނެތުމަކީ އަޅުގަނޑުމެން ވަރަށް ހިތާމަ ކުރާ ކަމެއް،" އައިޝާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު