Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނޫސްވެރިޔާ ރިލްވާން

ރިލްވާނަށް އިންސާފު ހޯދުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރާނަން: ސިވިކަސް

ރިލްވާން ގަދަކަމުން ފޮރުވި މައްސަލައިގައި ދައުވާ ލިބޭ ދެ މީހުންގެ މައްޗަށް ވެސް ދައުވާ ސާބިތުވެފައެއް ނުވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 3 އޯގަސްޓު 2018 | ހުކުރު 14:42
ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގައި އިންސާފު ހޯދުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރާނެ ކަމަށް ފަރުދުންގެ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ ސިވިކަސްއިން ބުނެފިއެވެ.

ރިލްވާން ގަދަކަމުން ފޮރުވި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލި ހި. ހިލްޓަން އާލިފް ރައޫފް އާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް އެ ދައުވާ ސާބިތުނުވާކަން މިއަދު ފާހަގަކޮށް ސިވިކަސްއިން ނެރުނު ބަޔާނެއްގައި ވަނީ މި ޝަރީއަތުގެ ހުކުމާއިމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ވާހަކަ ދައްކަމުން ސިވިކަސްގެ ސިވިކް ސްޕޭސް ރިސާޗް އޮފިސަރ ޖޯސެފް ބެނެޑިކްޓް ވިދާޅުވީ ކުށެއް ކުރުމަށް ފަހު ސަލާމަތް ވެވޭނެކަމުގެ ޔަގީންކަން ރާއްްޖޭގައި ކުށް ކުރާ މީހުންނަށް އޮންނަ ކަމަށާއި އަދި ސަރުކާރު ޒިންމާދާރު ކުރުވުމަށް މަސައްކަތްކުރަމުންދާ ނޫސްވެރިންނަށް މި ނިންމުމާއެކު ލިބެން ނުޖެހޭ މެސެޖެއް ލިބިގެން ގޮސްފި ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ކުރި ތަހުގީގުގެ އިތުބާރު ނެތްކަމަށާއި ކުށް ކުރާ މީހުންނަށް އަދަބު ދިނުމަށް ކަނޑައެޅިފައިވާ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކާއި މެދު ގިނަ ސުވާލުތަކެއް އުފެދިފައިވާ ކަމަށް ވެސް ބެނެޑިކްޓް ވިދާޅުވިއެވެ.

ހަމައެހެންމެ ރިލްވާނާއި، މަސައްކަތުގެ މާހާއުލުގައި ހަމަލާ ލިބި އެކިއެކި އިންޒާރު ލިބިފައިވާ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް މެދުކެނޑުމެއްނެތި ސިވިކަސްއިން މަސައްކަތްކުރާނެ ކަމަށް ބެނެޑިކްޓް ވިދާޅުވިއެވެ. މީގެއިތުރުން ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލައި ނޫސްވެރިކަމުގެ މިނިވަންކަމާއި އެކު ލިބިދޭންޖެހޭ ހުރިހާ ހައްގުތަކެއް ނޫސްވެރިންނަށް ދޭން ޖެހޭ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.

ހުޅުމާލޭގައި ދިރިއުޅެމުންދިޔަ ރިލްވާން 2014 ވަނަ އަހަރުގެ އޮގަސްޓް 8 ވަނަ ދުވަހުގެ ރޭ ގަދަކަމުން ކާރަކަށް ލައިގެން ގެންގޮސް ފޮރުވި ކަމަށްބުނެ ދައުލަތުން ކޮށްފައިވާ ދައުވާ އިން ދެ މީހުން ސަލާމަތްވީ އެ އަމަލު ހިންގުމުގައި ބައިވެރިވި ކަން އެނގޭނެ އެއްވެސް ހެއްކެތް ގަރީނާއެއް ދައުލަތަށް ދެއްކިފައި ނުވާތީ އެވެ.

ސިވިކަސްއަކީ 1993 ވަނަ އަހަރުން ފެށިގެން ފަރުދުންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރަމުންދާ ބައިނަލްއަގްވާމީ މަދަނީ ޖަމިއްޔާއެކެވެ. ސިވިކަސްގެ މައި އޮފީސް ހުންނަނީ ދެކުނު އެފްރިކާގެ ޖޮހޮނަސްބަރގްގައެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ސްވިޓްޒަލެންޑްގެ ޖެނީވާގެ އިތުރުން އެމެރިކާގެ ނިއުޔޯކްގައި އެޖަމްއިއްޔާގެ އޮފީސްތައް ޤާއިމްކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު