Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރައީސް ޔާމީންގެ ފަރާތްޕުޅުން އިންސާނިއްޔަތުކަން ފެންނަންޖެހޭ: ދުންޔާ މައުމޫން

3 އޯގަސްޓު 2018 | ހުކުރު 14:01

ޚާރިޖީ ސިޔާސަތަށްވެސް ފާޑު ވިދާޅުވި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 3 އޯގަސްޓު 2018 | ހުކުރު 14:01
މި ސަރުކާރުގެ އެންމެ ފުރަތަމަ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން

މި ސަރުކާރުގެ އެންމެ ފުރަތަމަ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން އިންސާނިއްޔަތުކަން ފެންނަޖެހޭ ކަމަށް މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި، ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ދުންޔާ ވިދާޅުވީ ހައްގުތައް ކަށަވަރުވެފައިވާ، އެއްވެސް ބިރުވެރިކަމެއް ނެތި އުޅެވޭނެ މާހައުލެއް ދިވެހި ރައްޔިތުން ބޭނުންވާ ކަމަށެވެ. ދުންޔާ ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ ގައުމަށް ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ނަމަވެސް ގައުމަށް މިހާރު ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ރައީސް ޔާމީނަކީ ގާބިލު ބޭފުޅެއް ނޫން ކަމަށް ދުންޔާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ދިވެހިންނަކީ އެއްބައިވަންތަ ބަޔަކަށް ހެދުމާއި ސިޔާސީ ބޮޑެތި މައްސަލަތައް ހައްލު ކުރުމުގައި ރައީސް ޔާމީން ފެއިލްވެފައިވާ ކަމުގެ ހެއްކެއްގެ ގޮތުން ދުންޔާ ދައްކަވާފައިވަނީ އެކަމަނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން ހިމެނިވަޑައިގަންނަވާ ގޮތަށް ގިނަ ސިޔާސި ފަރާތްތައް ޖަލުގައި ތިބުމާއި މަޖިލީސް ނުހިނގާ އޮތުމާއި 12 މެންބަރެއްގެ ގޮނޑީގެ މައްސަލައެވެ.

ދުންޔާ ވިދާޅުވީ ރައީސް ޔާމީންގެ ޚިދުމަތްތަކުގެ ސަބަބުން އިގްތިސާދީ ހާލަތު ރަނގަޅުވުމާއި ފަތުރުވެރިކަން ކުރިއެރި ނަމަވެސް އަނެއް ފަރާތުގައި ހުރި ބޮޑެތި ކަންބޮޑުވުންތަކަށްވެސް ވިސްނާލަންޖެހޭ ކަމަށެވެ. އެގޮތުން ދަރަނި ބޮޑުވުމާއި އެ އަދާކުރުމުގެ ގާބިލުކަން ހުރި ކަމާމެދު ސުވާލު އުފެދޭ މައްސަލަތައް ހުރި ކަމަށް ދުންޔާ ވިދާޅުވިއެވެ.

މި ސަރުކާރުން އަވައްޓެރި ޤައުމުތަކާއި ދުރުވެ މިހާރު ގެންގުޅެމުންދާ ޚާރިޖީ ސިޔާސަތުތަކާއިމެދުވެސް ދުންޔާ ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން ސަރަހައްދީ ހަމަޖެހުމަށް ބަލާއިރު އިންޑިޔާ އާއި ޗައިނާ ދެމެދު އޮންނަ ގުޅުން ހަމަހަމަކޮށް ގެންދިޔުމުގެ ސިޔާސަތެއް އޮންނަން ޖެހޭ ކަމަށް ދުންޔާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސިޔާސަތުތަކަށް ދުންޔާ ފާޑު ވިދާޅުވެފައިވާއިރު، ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ބައްޕާފުޅު މައުމޫން ހައްޔަރުކޮށް ފުލުހުންނަށް ފޯނެއް ނުދެއްވިކަމުގެ ދައުވާ ސާބިތުގެ އަހަރަކަށް ވުރެ ގިނަ ދުވަހުގެ ހުކުމެއް ވަނީ އައިސްފަ އެވެ. އަދި ޕީޕީއެމުން 12 މެމްބަރުން ވަކިވެ، އިދިކޮޅާ ގުޅުނު ފަހުން ދުންޔާގެ ކޮއްކޮ ފާރިސް މައުމޫން ވެސް ގެންގުޅެމުން ދަނީ ޖަލުގަ އެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް