Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ12 މެމްބަރުންގެ ގޮނޑި

12 މެމްބަރުން މިއަދު ޖަލްސާއަށް ދާނެ: މުސްތަފާ

1 އޯގަސްޓު 2018 | ބުދަ 02:31

ގޮނޑި ނުގެއްލޭކަން ސުޕްރީމް ކޯޓުގެ ނިންމުމުން އެނގޭ: މުސްތަފާ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 1 އޯގަސްޓު 2018 | ބުދަ 02:31
12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން މަޖިލިސް އިދާރާގެ ބޭރުގައި

12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން މަޖިލިސް އިދާރާގެ ބޭރުގައި

ގޮނޑި ގެއްލިފައިވާކަމަށް ސަރުކާރުން ބުނާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން ބުދަ ދުވަހު ބާއްވާ މަޖިލިސް ޖަލްސާއަށް ވަޑައިގަންނަވާނެކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުސްތަފާ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "12 އެމްޕީއިންގެ ގޮނޑިތައް ދިރި ސަލާމަތުން އެބަހުރިކަމަށް ސުޕްރީމް ކޯޓުން ކަށަވަރުކޮށްދީފައި ވުމާއިއެކު މާދަމާ (ބުދަ ދުވަހު) މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް އަޅުގަނޑުމެން 12 [މެމްބަރުން] މަޖިލިސްއަށް ދާގޮތަށް ނިންމައިން،" ކަމަށެވެ.

Advertisement - newsAdvertisement

މެމްބަރުންނާއި އަދި އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލިފައި ނުވާކަން އެނގެނީ އެމައްސަލައިގައި އެންމެ ފަހުން ސުޕްރީން ކޯޓުން ނިންމި ނިންމުމުންނެވެ. ސުޕްރީމް ކޯޓުން ދާދިފަހުން ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުގެ އޭރުގެ ބެންޗުން ނެރުނު އަމުރުގައި ހިމެނޭ 12 މެމްބަރުންގެ މައްސަލައިގައި ބައި ބާޠިލްކޮށްފައެވެ. 12 މެމްބަރުންނަށް މަޖިލީހަށް ވަދެވޭނެކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ ބައި މިހާރުގެ ބެންޗުން ބާޠިލްކޮށްފައިވަނީ މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ހުށަހަޅާފައިވާ މައްސަލަތަކަށް ވަކިވަކިން ހުކުމް ކުރަން ޖެހޭކަމަށް ބުނެއެވެ.

1 ފެބްރުއަރީގެ އަމުރު ނެރުނު އިރު ބެންޗުގައި ތިއްބެވި 3 ފަނޑިޔާރަކު މިހާރުވެސް ބެންޗުގައި އެބަތިއްބެވިއެވެ.

12 މެމްބަރުންގެ މައްސަލައިގައި މިދިޔަ އެއް އަހަރުތެރޭ ފައިސަލާކުރަނިވި، ދާއިމީ ސާފު ނިންމުމެއް ޝަރުޢީ ދާއިރާއިން ނިންމާފައެއް ނުވެއެވެ.

މެމްބަރުން މަޖިލީހަށް ވަޑައިގަންނަވާނެކަމަށް މުސްތަފާ ވިދާޅުވިފަހުން މަޖިލީގުގެ އިދާރާގެ ގޭޓުގައި އަނެއްކާވެސް ތަޅު އަޅުވައި، ޗޭނު އަޅުވާފައިވާކަމަށް 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ކުރެއްވި ޓްވީޓެއްގައިވެއެވެ.

ގޮނޑި ގެއްލިފައިވާކަމަށް މަޖިލީހުންނާއި ސަރުކާރުން ބުނާ 12 މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި، ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި، ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި، އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި، ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި، ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދު (އަބުޅޯ) އާއި، ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި، ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ.

މި 12 މެމްބަރުންގެ ގޮނޑި ގެއްލުނުކަމަށް ނިންމީ އެބޭފުޅުން ވެރިކަންކުރާ ޕާޓީ ޕީޕީއެމްއިން ވަކިވުމުން، އޭގެ ފަހުން ހެދި ޤާނޫނެއް ބޭނުންކޮށްގެންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް