Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޝްވަތު

ރިޝްވަތަކީ ކުށެއް ނޫންކަމަށް ހެދުމަކީ ރައީސް ޔާމީން ދީނަށް ކުރާ ފުރައްސާރަ އެއް: އަލީ ހުސައިން

31 ޖުލައި 2018 | އަންގާރަ 06:33

ދައުލަތުގެ އެންމެބޮޑު ކޮރަޕްޝަން ހިންގާފައިވަނީ މިސަރުކާރުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 31 ޖުލައި 2018 | އަންގާރަ 06:33
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ރިޝްވަތަކީ ކުށެއް ނޫން ކަމަށް ހެދުމަށް ކަނޑައަޅަން ކުރަމުންދާ މަސައްކަތަކީ އިސްލާމް ދީނަށް ކުރާ ފުރައްސާރަ އެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތާއި ސަރުކާރުގެ ތެރޭގައި ރިޝްވަތާއި ކޮރަޕްޝަން އިންތިހާ ދަރަޖައަށް އާންމުވެފައި ވަނިކޮށް، ރިޝްވަތަކީ ކުށެއް ނޫންކަމަށް ހެދުމަކީ އިސްލާމް ދީނަށް ރައީސް ޔާމީން ކުރައްވާ ފުރައްސާރައެއް ކަމަށެވެ.

Advertisement - newsAdvertisement

އަލީ ހުސެއިން މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުގެ ފަރާތުން ޤާނޫނުލް އުޤޫބާތަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހަކާއި ގުޅިގެންނެވެ. ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ ދިރާސާކޮށް ނިންމައި، ފާސްކުރުމަށް ތަޅުމަށް ވަނީ ހުށަހަޅާފައެވެ. މި މަހުގެ 10 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ރިޝްވަތުގެ ކުށް އުވާލަން ހުށަހަޅާފައި އޮތް ކަމެއް ކުރިން ފާހަގަ ކުރެވިފައެއް ނުވެއެވެ.

އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން، ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުގައި ބަޔާން ކުރާ މާއްދާ، ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅޭ މާއްދާއަކަށް ބަދަލު ކުރުމަށް ވަނީ ހުށަހަޅާފައެވެ. ގާނޫނުލް އުގޫބާތުގައި ރިޝްވަތުގެ ކުށާ ގުޅޭ ގޮތުން ބަޔާން ކުރާ މާއްދާއަކީ 510 ވަނަ މާއްދާއެވެ. ނަމަވެސް ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅޭ އަދަބު ބަޔާން ކުރާ މާއްދާއަކަށް އެ މާއްދާ ހަދައިފިނަމަ، ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުވިގެންދާނެއެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ބިލު އޮތް ގޮތަކަށް ފާސްކޮށްފިނަމަ، ދައުލަތުގެ މުވައްޒަފުން ރިޝްވަތު ހިފުމަކީ ކުށަކަށް ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ބަދަލު ކުރުމަށް ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާއަކީ ދައުލަތުގެ މުވައްޒަފުން ރިޝްވަތު ހިފުމަކީ ކުށެއް ކަމަށް ބަޔާން ކުރާ މާއްދާއެއް ކަމަށެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ގާނޫނުލް އުގޫބާތަށް 29 އިސްލާހެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އިސްލާހުތައް މަޖިލީހަށް ބަލައިގަނެ، ކޮމެޓީން ދިރާސާކޮށް ނިންމައި، ފާސް ކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާތާ ހަފްތާއެއް ވަނީ ވެފައެވެ.

ރިޝްވަތަކީ ކުށެއް ނޫންކަމަށް ކަނޑައެޅުމަށް ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ފަށާފައިވާތީ ގިނަ ދީނީ އިލްމުވެރިންނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އިސްފަރާތްތައް ގެންދަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ނެވެ.

މިސަރުކާރަކީ އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ ސަރުކާރު ކަމަށް ރައީސް ޔާމީން ވެސް ވަނީ އިއުތިރާފު ވެވަޑައިގަންނަވާފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް