Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސަންޖޭ ދަތު

ސަންޖޭ ދަތުގެ 59 ވަނަ އުފަން ދުވަސް ފާހަގަކޮށްފި

30 ޖުލައި 2018 | ހޯމަ 05:42

ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 30 ޖުލައި 2018 | ހޯމަ 05:42
ސަންޖޭ ދަތުގެ 59 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ތެރެއިން

ސަންޖޭ ދަތުގެ 59 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ތެރެއިން

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އަދި ބޮލީވުޑުގެ މަޝްހޫރު އެކްޓަރ ސަންޖޭ ދަތުގެ 59 ވަނަ އުފަން ދުވަސް ފާހަގަކޮށްފިއެވެ.

ސަންޖޭގެ އުފަންދުވަސް ފާހަގަކޮށްފައިވަނީ އޭނާގެ އާއިލާ އާއި ގާތް އެކުވެރިންނާ އެކުގައެވެ.

ސަންޖޭގެ އަންހެނުން މަންޔަތާ ދަތު ކޮށްފައިވާ ޓްވީޓެއްގައި އޭނާގެ ލޯބިވާ ފިރިމީހާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައި ވަނީ ވަރަށް ލޯބިންނެވެ. އެގޮތުން އާއިލާއަށް ސަންޖޭ ކޮށްދީފައިވާ ކަންކަމަށް ޝުކުރު އަދާކޮށްފައިވާއިރު އޭނަގެ މަންމަ އާއި ބައްފަ އަބަދުވެސް ފަޚުރުވެރިވާ ފަދަ ދަރިއަކަށް ސަންޖޭ ވެފައިވާ ކަމަށް ޓްވީޓުގައި ވެއެވެ.

މި ޓްވީޓުގައި ވަނީ ސަންޖޭގެ ފިރިހެން ދަރިފުޅު ޝަހްރާން އާއި އަންހެން ދަރިފުޅު އިގްރާާއާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ހިމަނާފައެވެ.

މީގެ އިތުރުން ވެސް ސަންޖޭގެ އަންހެނުންވަނީ، ފިރިމީހާގެ އުފަންދުވަހާ ގުޅިގެން އިތުރު ޓުވީޓްތައް ވެސް ކޮށްފައެވެ.

ސަންޖޭ ދިރިއުޅޭ ގޭގައި އުފަންދުވަސް ފާހަގަކޮށްފައިވާއިރު، މި ކުޑަ ހަފްލާގައި އަމްރިތާ އަރޯރާ، ތަނީޝާ މުކަރްޖީ، ޗަންކީ ޕާންޑޭ ފަދަ ތަރިން ވަނީ ބައިވެރިފައެވެ. އަދި ސަންޖޭ ދަތުގެ ދޮށީ އަންހެން ދަރިފުޅު ތްރިޝާ ދަތު ވެސް އިންސްޓަރގްރާމްގައި ބައްޕައާ އެކު ނަގާފައިވާ ފޮޓޯއެއް ޕޯސްޓްކުރުމަށް ފަހު 'ޑެޑީ ޑޫކްސް' އަށް ވަނީ އުފަންދުވަހުގެ ތަހުނިޔާ ކިޔާފައެވެ.

މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ފިލްމީ ތަރިން ވަނީ ސަންޖޭ ދަތުގެ އުފަންދުވަހު ސޯޝަލްމީޑިޔާ މެދުވެރިކޮށް އޭނާއަށް ދުވަހުގެ ތަހްނިޔާ ފޮނުވާފައެވެ.

ސަންޖޭ އުފަންވީ 29 ޖުލައި 1959 އެވެ. އަދި ސަންޖޭ ދަތަކީ ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެ، ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. އޭނާއަކީ ފިލްމު އެކްޓަރެއްގެ އިތުރުން، ފިލްމު ޕްރޮޑިއުސަރ، ކޮމޭޑިއަން، ޕޮލިޓީޝިއަން، އަދި ޓީވީ ޕްރެޒެންޓަރެއް ވެސްމެއެވެ.

ފިލްމީ ދާއިރާއަށް 1981 ވަނަ އަހަރު ނިކުތް ސަންޖޭ ދަތު ވަނީ މިހާތަނަށް 180 އަށް ވުރެ ގިނަ ފިލްމު ކުޅެފައެވެ. އަދި 37 އަހަރު ފިލްމީ ދާއިރާގައި ހަރަކާތްތެރިވެފައިވާއިރު މިހާތަނަށް އޭނާ އަށް ވަނީ ދެ ފިލްމު ފެއަރ އެވޯޑް، ދެ އައިފާރ އެވޯޑް، ތިން ސްކްރީން އެވޯޑްގެ އިތުރުން ނޭޝަނަލް ފިލްމު އެވޯޑް ވެސް ލިބިފައެވެ.

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

4

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

5

ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

22 ފެބުރުއަރީ 2017
ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި
12 ފެބުރުއަރީ 2017

ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

12 ފެބުރުއަރީ 2017
ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ
10 ފެބުރުއަރީ 2017

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި
09 ފެބުރުއަރީ 2017

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

09 ފެބުރުއަރީ 2017
ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ
07 ފެބުރުއަރީ 2017

ސަންޖޭގެ ހަޔާތާ ގުޅޭ ފިލްމެއް ކުޅެން ރަންބީރު 13 ކިލޯ ބަރުވެއްޖެ

07 ފެބުރުއަރީ 2017
ސަންޖޭގެ ހަޔާތާ ގުޅޭ ފިލްމެއް ކުޅެން ރަންބީރު 13 ކިލޯ ބަރުވެއްޖެ
02 ފެބުރުއަރީ 2017

ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް

02 ފެބުރުއަރީ 2017
ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
17 ޖެނުއަރީ 2017

ޓްރިޕަލް އެކްސް ފްރެންޗައިސްގެ ތިން ވަނަ ފިލްމަށް އިންޑިޔާގައި ތިން ދުވަސް ތެރޭ 17.5 ކްރޯޑް ރުޕީސް

17 ޖެނުއަރީ 2017
ޓްރިޕަލް އެކްސް ފްރެންޗައިސްގެ ތިން ވަނަ ފިލްމަށް އިންޑިޔާގައި ތިން ދުވަސް ތެރޭ 17.5 ކްރޯޑް ރުޕީސް
16 ޖެނުއަރީ 2017

ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ

16 ޖެނުއަރީ 2017
ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ
08 ޖެނުއަރީ 2017

"ރަންގޫން" ގެ އޮފިޝަލް ޓްރެއިލަރ އަށް އެއްދުވަސްތެރޭ ނުވަ މިލިއަން ވިއުސް

08 ޖެނުއަރީ 2017
 "ރަންގޫން" ގެ އޮފިޝަލް ޓްރެއިލަރ އަށް އެއްދުވަސްތެރޭ ނުވަ މިލިއަން ވިއުސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް