Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު އޭޝިއާ

އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް އަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި 221 މަރު

ކޮންމެ އަހަަރަކު މިކުރާ މުސުމީ ވިއްސާރައިގަ ފުރާނަތަކެއް ގެއްލި ތަކެއްޗަށް ބޮޑެތި ގެއްލުންް ލިބޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 16 އޯގަސްޓު 2017 | ބުދަ 08:18
ނޭޕާލްގެ ފެންބޮޑުވެފައިވާ ސަރަހައްދެއް

ނޭޕާލްގެ ފެންބޮޑުވެފައިވާ ސަރަހައްދެއް

އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް އަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި މަދުވެގެން 221 މީހުން މަރުވެއްޖެ ކަމަށާއި އަދި 1.5 މިލިއަން މީހުން ގެދޮރުދޫކޮށް ދާން ޖެހިފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ނޭޕާލްގެ ހޯމް މިނިސްޓަރު އަންގާރަ ދުވަހު އެގައުމުުގެ ގާނޫނު ހަދާ މަޖިލީހުގައި ބުނެފައި ވަނީ އެގައުމަށް ކުރަމުންދާ ވިއްސާރާގައި 111 މީހުން މަރުވެއްޖެ ކަމަށާއި 35 މީހަކު ހޯދާ ނުފެނިފައިވާ ކަމަށެވެ. އަދި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ އަސަރު އާބާދީގެ 20 އިން ސައްތަ އަށް ކޮށްފައިވާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބަންގްލަދޭޝްގެ ތިންބައިކުޅަ އެއްބަޔަަށް ވަނީ ފެންބޮޑުވުމުގެ އަސަރު ވަރަށް ބޮަޑަށް ކޮށްފައެވެ. އަދި މަދުވެގެން 29 މީހަކު ވަނީ މަރުވެފައެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން 1.5 މިލިއަން މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

އިންޑިއާ އަށް ބަލާއިރު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިހާރް، ވެސްޓް ބެންގަލް އަދި އައްސާމް ސްޓޭޓުން ވަނީ 81 މީހުން މަރުވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އުތުުރު އިންޑިއާގައި ރޭލުގެ ޚިދުމަތް ވަނީ މުޅިން ކެނޑިފައެވެ. އަދި އައްސާމް ސްޓޭޓްގެ އިމާޖެންސީ ކޭމްޕްތަކުގައި މަދުވެގެން 200,000 މީހުން ދަނީ ބޯހިޔާވަހިކަން ހޯދަމުންނެވެ.

އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް އަށް ޖޫން އިން ސެޕްޓެމްބަރާ ހަމައަށް ކުރާ މޫސުމީ ވިއްސާރައަކީ ދަނޑުވެރިންނަށް މުހިންމު ވިއްސާރައެކެވެ. އެހެން ނަމަވެސް ކޮންމެ އަހަރަކު ވެސް މިގައުމުތަކުން ފުރާނަތަކެއް ގެއްލި ތަކެއްޗަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
03 މާރިޗު 2017

އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

03 މާރިޗު 2017
އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު