Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ކްރެޑިޓް ރޭޓިންގ

ދަރަނި ބޮޑުވެ، ރާއްޖޭގެ ރޭޓިންގ ދަށްކޮށްފި!

25 ޖުލައި 2018 | ބުދަ 14:21

ސްޓޭބަލް އިން ނެގެޓިވްއަށް ވަނީ ދަށްކޮށްފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 25 ޖުލައި 2018 | ބުދަ 14:21
މަރުކަޒީ ބޭންކް

މަރުކަޒީ ބޭންކް

ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކޮށްފިއެވެ.

ކްރެޑިޓް ރޭޓިންގ އެޖެންސީ މޫޑީސްއިން ރާއްޖޭގެ ރޭޓިންގ 'ސްޓޭބަލް'އިން 'ނެގެޓިވް'އަށް ވަނީ ބަދަލުކޮށްފައެވެ. ދަރަނި އިތުރަށް ނެގުމުގެ ޤާބިލްކަން ރާއްޖޭގެ ނެތްކަމަށް ބައިނަލްއަޤްވާމީ އެޖެންސީތަކުން ނިންމަމުންދާއިރު، ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމްގެ ސަރުކާރުން ގެންދަނީ އިތުރަށް ދަރަނި ނަގާނެކަމަށާއި، ދަރަނި ނެގުމަކީ މައްސަލައެއް ނޫންކަމަށް ރައްޔިތުންނަށް ވިސްނައިދިނުމަށް މަސައްކަތްކުރަމުންނެވެ.

Advertisement - newsAdvertisement

ސަރުކާރަށް ދިމާވެފައިވާ ދަރަނި ބޮޑުވުމުގެ މައްސަލަ 2020 ވަނަ އަހަރާއި ހަމަޔަށް ދިގު ދެމިގެންދާއިރު، މިހާރު ފަށާފައިވާ އުމްރާނީ ތަަރައްޤީގެ މަޝްރޫޢުތަށް ކުރިއަށް ގެންދިޔުމަށް އިތުރަށް ލޯނުތައް ނަގަން ޖެހޭނެކަން މޫޑީސްއިން ފާހަގަކުރެއެވެ. އަދި މިލޯނުތައް ހޯދުމަށް ރާއްޖޭގެ ބޭންކްތަކަށް ނުކުޅެދިފައިވާއިރު، ބޭރުގެ ބޭންކްތަކަށްވެސް ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު އޮތް ގޮތުން އެލޯނުތައް ދިނުމަށް ދަތިވާނެކަން މޫޑީސްއިން ފާހަގަކުރެއެވެ.

މީގެ އިތުރުން މިހާރު ވިއްކާފައިވާ ބޮންޑްތަކަށް 2022 ވަނަ އަހަރު ރާއްޖެއިން ފައިސާ ދައްކަން ޖެހުމުން، ދަރަނީގެ ނުރައްކާ އިތުރަށް ބޮޑުވެގެންދާނެކަންވެސް މޫޑީސްއިން ފާހަގަކުރެއެވެ. މީގެ އިތުރުން މަޝްރޫޢުތައް ހިންގަން ގެންނަން ޖެހޭ މުދަލަށް ފައިސާ ދެއްކޭނެ ގޮތެއް ނެތިއްޖެ ހާލަތެއްގައި އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރުކުރާނެކަން މޫޑީސްއިން ފާހަގަކުރެއެވެ.

ރާއްޖޭގެ ރޭޓިންގ މިހާރު ހުރީ ބީ-2 ގައެވެ. މާލީ ގޮތުން ޙާލަތު ދަށްވިނަމަވެސް، މަޝްރޫޢުތަކާއިއެކު އިޤްތިޞާދަށް، ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުން އަންނާނެކަމަށް ބެލެވޭތީ ބީ-2 އަށްވުރެ ރޭޓިންގ ދަށްނުކުރަން މޫޑީސްއިން ނިންމީއެވެ.

ރާއްޖޭގެ ދަރަނީގެ މައްސަލަ ބޮޑުވެ، އިތުރަށް ދަރަނި ނެގުމުގެ ޤާބިލްކަން ދަށްވަމުންދާއިރު، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ގެންދަނީ މެދުނުކެނޑި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)އާއި ވާރލްޑް ބޭންކުން ރާއްޖޭގެ މައްސަލައިގައި މެދުނުކެނޑި ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ރާއްޖޭގެ ދަރަނި ދެއްކުމުގެ ޤާބިލްކަން ފަހަނައަޅައި ގޮސްފިކަމުގެ އިންޒާރު ދިން ނަމަވެސް ޢަރަބި ޤައުމުތަކާއި ޗައިނާއިން ރާއްޖެއަށް ދަނީ މެދުނުކެނޑި ލޯނުތައް ދެމުންނެވެ. އަދި މިލޯނުތައް ނުދެއްކޭނެކަމުގެ ބިރު ބޮޑުވެފައިވާއިރު، ރާއްޖޭ ސިޔާދަތީ ދަރަންޏާއި ދިމާއަށް މިސްރާބު ޖަހާފައިވާކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި ލޯނުތައް ނުދެއްކިއްޖެނަމަ ޗައިނާއަށް ރާއްޖޭގެ ހަރުމުދާ ވިއްކަން ޖެހިދާނެކަމުގެ ބިރު އެބައޮތްކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް