Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރީ ރަޖިސްޓްރީ ކުރަން ޕީޕީއެމް ގެންގުޅޭ ފޯމާއި އީސީގެ ވެބްސައިޓްގައިވާ ފޯމާ ތަފާތު: މާރިޔާ

25 ޖުލައި 2018 | ބުދަ 15:53

އިލެކްޝަނުން ބުނެފައި ވަނީ ދެ ފޯމް ވެސް ރަނގަޅު ކަމަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 25 ޖުލައި 2018 | ބުދަ 15:53
އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ:- އިންތިހާބާ ގުޅޭ މައްސަލަތަކެއް މިއަދު މީޑިޔާއާ ވަނީ ހިއްސާ ކުރައްވާފައި

އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ:- އިންތިހާބާ ގުޅޭ މައްސަލަތަކެއް މިއަދު މީޑިޔާއާ ވަނީ ހިއްސާ ކުރައްވާފައި

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން ރީ ރަޖިސްޓްރީ ކުރުމަށް ޕީޕީއެމް އިން ބޭނުން ކުރަމުންދަނީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގައި ވާ ފޯމް ނޫން ކަމަށް ގުޅިފައިވާ ކޯލިޝަނުން ނެރޭ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ރީ ރަޖިސްޓްރީ ކުރުމަށް ގެންގުޅޭ ފޯމާއި ޕީޕީއެމް އިން ރީ ރަޖިސްޓްރީ ކުރުމަށް ގެންގުޅޭ ފޯމް ތަފާތު ކަމަށެވެ.

Advertisement - newsAdvertisement
"ޕީޕީއެމްގެ ބޭފުޅުން ގޭގެއަށް ވަޑައިގަންނަވާއިރު ހިތްޕަވައިގެން ވަޑައިގަންނަވާ ފޯމްގައި އިންނަނީ އެހެން ސުރުހީއެއް، ވޯޓުލާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓްރީ ވުމަށް. އަޅުގަނޑުމެން ތަންތަނަށް ދާއިރު މި ގެންގުޅެނީ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލް ސައިޓްގައި މި އިންނަ ފޯމް، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ ރަޖިސްޓްރީ ކުރުމަށް އޮންނަ ފޯމް،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެ ކަން އިލެކްޝަންސް ކޮމިޝަނުގެ ސަމާލު ކަމަށް ގެނައުމުން ޕީޕީއެމް އިން ގެންގުޅޭ ފޯމް ވެސް ރަނގަޅު ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

"އެކަމު އިލެކްޝަންސް ކޮމިޝަން މިނިވަން ނޫން ރައްޔިތުން ބުނެ އެމީހުންނާ މެދު ޝައްކާ ވަހުމުން ބަލަމުންދަނިކޮށް މި ގޮތަށް ދެ ފޯމެއްގައި ކަން ކުރެވޭނެ ގޮތް ހައްދަވައި، ނުވަތަ އެ ބޭފުޅުން ވެބްސައިޓްގައި އިންނަ ފޯމް ނޫން އެހެން ފޯމެއް ވެސް ޕީޕީއެމް އިން ގެންގުޅޭ ފޯމް ފުރުއްވާ ހުށައަޅުއްވައިފި ނަމަ ގަބޫލު ކުރާ ކަމަށް އަޅުގަނޑުމެނަށް މި ފެންނަނީ. އެ ލުއި އެ ބޭފުޅުންނަށް ދެއްވާތަން މި ފެންނަނީ. އެކަމު އަޅުގަނޑުމެނަށް އެ ނޫން ގޮތަކަށް ކަން ކުރެވުނު ނަމަ އެކަން ގަބޫލު ނުކުރާނެކަން އެންމެނަށް ވެސް ޔަގީންވޭ،" މާރިޔާ ވިދާޅުވިއެވެ.

ހަމަ އެހެންމެ މާރިޔާ ވިދާޅުވީ ޕީޕީއެމް އިން ރީ ރަޖިސްޓްރީ ކުރުމަށް ފޯމް ފުރާއިރު ހެކިވެރިންގެ ބައި ފުރައިގެން ގެން ގޮސް ހަމަ އެކަނި ސޮއި ކޮށްލާ ކަމުގެ ޝަކުވާތައް ވެސް އާންމު ރައްޔިތުުންގެ ކިބައިން ލިބެމުންދާ ކަމަށެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވާނީ ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ވެސް ބޭނުންކޮށްގެން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވާ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނުގެ އިތުރުން ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް ފަހު އަންގާރަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމުން މި ފަހަރު ކެމްޕެއިން ކުރާނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުޅި ސަރުކާރު ބޭނުން ކޮށްގެން ކަމަށެވެ. މާރިޔާ ވިދާޅުވީ އެކަމަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ދައުލަތުގެ އެއްވެސް އެއްޗެއް، އެއްވެސް މީހެއްގެ ފައިދާއަށް ބޭނުން ކުރުމަކީ ޖިނާއީ ކުށެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ރީ ރަޖިސްޓްރީ ކުރުމުގެ ކަންކަން ބެލުމަށް ސިފައިންގެ ކަޅުތުއްކަލާކޮއްޓަށް ވަޑައިގަންނަވަން ހަމަ ޖެހިފައިވާ ކަމުގެ ވާހަކަތަކެއް އިވޭ ކަމަށް ފާހަގަ ކުރައްވައި މާރިޔާ ވަނީ އެއީ އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާ ކަމެއްގެ ގޮތުގައި ތުހްމަތު ކުރައްވާފައެވެ.

މާރިޔާ ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެންޑިޑެންސީ ފޯމް ވަރަށް އަވަހަށް އިލެކްޝަނަށް ހުށައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ހަފްތާ ބަންދު ނިމުމުން އަތޮޅުތެރެއަށް އިބޫ ކެމްޕެއިނަށް ވަޑައިގަންނަވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

25 ޖެނުއަރީ 2017
ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް