Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިޚާބު 2018

އިންތިޚާބު ކާމިޔާބުކުރާނީ ދައުލަތުގެ ވަޞީލަތްތައް ބޭނުން ކޮށްގެންކަމަށް އަބްދުއްރަހީމް ވިދާޅުވެއްޖެ!

އަބްދުއްރަހީމް ވިދާޅުވީ އެއީ ޑިމޮކްރަސީގައި އޮންނަ ގޮތްކަމަށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 25 ޖުލައި 2018 | ބުދަ 05:18
ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް

ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނީ ސަރުކާރުގެ ވަސީލަތްތަކާއި މީހުން ބޭނުންކޮށްގެންކަމަށް ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް. އިން މާލޭގައި ހުޅުވި ކެމްޕޭން ޖަގަހައެއް ހުޅުވުމުގެ ރަސްމިއްޔާތުގައި އަންގާރަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރެސީގެ ނިޒާމެއްގައި ވެރިކަންކުރާ ޕާޓީއިން ދެވަނަ ނުވަތަ އިތުރު ދައުރެއް ހޯދަން މަސައްކަތް ކުރާނީ ސަރުކާރުގެ ވަސީލަތްތަކާއި މަގާމުތަކުގައި ތިބި މީހުން ބޭނުންކޮށްގެން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަށް މަލްޓި ޕާޓީ ޑިމޮކްރަސީ ނޭނގޭކަމަށް އަބްދުއްރަހީމް ސިފަކުރެއްވިއެވެ.

Advertisement - newsAdvertisement

ޕީޕީއެމްގެ ކެމްޕޭން ހަރަކާތްތައް ސަރުކާރުގެ އިސް ބޭފުޅުން ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކުގައި ހިންގަވާ މައްސަލައިގައި ވެސް އަންގާރަ ދުވަހު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަޙީމް ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ އިން އެކަން ކުރާނެކަމަށާއި، އެ އޮފީސްތަކާއި ކުންފުނިތަކުގައި އިސްކޮށް ތިއްބަ ވަނީ ޕީޕީއެމް އިން އައްޔަންކޮށްފައި ތިއްބަވާ ބޭފުޅުންކަމަށެވެ.

އަބްދުއްރަހީމްގެ ވާހަކަފުޅާއި ގުޅިގެން އެވާހަކަތައް ތަހުޤީގުކުރުމަށް އިދިކޮޅު ގިނަ ފަރާތްތަކުން ވަނީ އިލެކްޝަންސް ކޮމިޝަނަށާއި އޭސީސީ. އަށް ގޮވާލާފައެވެ. ސަރުކާރުގެ ވަޞީލަތްތައް ބޭނުންކުރައްވާ ކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި ވެސް ކެމްޕޭނަށް ބޭނުން ކުރައްވާނޭ ކަމަށް އަބްދުއްރަހީމް އިއުތިރާފްވެ ވަޑައިގެން ފައި މިވަނީ ޕީޕީއެމް. އިން ކެމްޕޭނުގައި ސަރުކާރުގެ ވަޞީލަތްތައް ބޭނުން ކުރާކަމަށް އިދިކޮޅު ޕާޓީތަކުން އެތައް ފަހަރަކު ބުނެފައި ވަނިކޮށެވެ. އަދި މިއިން މައްސަލައެއް ބަލާކަމެއް އެންޓިކޮރަޕްޝަން ކޮމިޝަނުން މިހާތަނަށް ހާމަ ކޮށްފަ އެއް ނުވެއެވެ.

ކެމްޕޭން ކުރުމުގެ އިތުރުން ސަރުކާރުގެ އޮފީސްތަކުންނާއި ކުންފުނިތަކުން ރީ ރަޖިސްޓްރީ ކުރުމުގައި މަޖުބޫރު ކުރުންތަކެއް ގެންގުޅޭކަމުގެ ޝަކުވާތައް ކުންފުނިތަކުގެ މުވައްޒަފުން ދަނީ ކުރަމުންނެވެ. އަބްދުއްރަހީން ވިދާޅުވީ 70 ވަރަކަށް ހާސް ރައްޔިތުން ރީ ރަޖިސްޓަރ ކުރަން ޖެހޭއިރު އޭގެ ތެރެއިން 56 ހާސް ރައްޔިތުން ރީރަޖިސްޓަރ ކުރާނީ ޕީޕީއެމް. އިން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު