Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ އާއްމު އިންތިޚާބު

ޕާކިސްތާނުގެ އާއްމު އިންތިޚާބު: އަނެއްކާ ވެސް ކެންޑިޑޭޓަކު މަރާލައިފި

23 ޖުލައި 2018 | ހޯމަ 10:41

ޕާކިސްތާނުގެ އާއްމު އިންތިޚާބު އޮންނާނީ ޖުލައި 25 ގައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 23 ޖުލައި 2018 | ހޯމަ 10:41
އިކްރާމުﷲ މަރާލާފައި ވަނީ އޭނާ އާއި އޭނާއާ އެކުގައި ދަތުރުކުރަމުންދިޔަ ވެހިކަލްތަކަށް ކުލާޗީއޭ ކިޔުނު އަވަށުގައި ދިން ހަމަލާއެއްގައި

އިކްރާމުﷲ މަރާލާފައި ވަނީ އޭނާ އާއި އޭނާއާ އެކުގައި ދަތުރުކުރަމުންދިޔަ ވެހިކަލްތަކަށް ކުލާޗީއޭ ކިޔުނު އަވަށުގައި ދިން ހަމަލާއެއްގައި

ހަށިގަނދުގައި ބޮން ހަރުކޮށްގެން ޕާކިސްތާނުގައި ދިން ހަމަލާއެއްގައި އާއްމު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކު މަރާލައިފިއެވެ.

އިންތިޚާބަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން މިފަހަރުގެ ހަމަލާ އަމާޒުވީ ހުޅަނގު އުތުރުގެ ޓައުނެއް ކަމަށްވާ ދީރާ އިސްމާއިލް ޚާންގެ ކެނޑިޑޭޓެއް ކަމަށްވާ އިކްރާމުﷲ ގަންދަޕޫރަށެވެ.

އިކްރާމުﷲ މަރާލާފައި ވަނީ އޭނާ އާއި އޭނާއާ އެކުގައި ދަތުރުކުރަމުންދިޔަ ވެހިކަލްތަކަށް ކުލާޗީއޭ ކިޔުނު އަވަށުގައި ދިން ހަމަލާއެއްގައި ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ނިސްބަތްވާ ޕާޓީ، ތަހްރީކޭ އިންސާފު ޕާޓީ އިން ވަނީ އެ ހަމަލާ ކުށްވެރިކޮށްފައެވެ. ނަމަވެސް އެ ޕާޓީން ދަނީ ބުދަ ދުވަހު ބާއްވާ އިންތިޚާބުގެ ކެމްޕެއިން މެދުކަނޑާނުލައި ކުރިޔަށްގެންދަމުންނެވެ.

ތަހްރީކޭ އިންސާފް ޕާޓީގެ ލީޑަރު އިމްރާން ޚާން ވަނީ ގަންދަޕޫރު ވަކިވެދިއުމުން ހިތާމަކުރައްވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. އިމްރާމް ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް ދުއާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ދެކުނު ވަޒިރިސްތާން ޑިސްޓްރިކްޓާއި އިންވެގެން އޮންނަ ދީރާ އިސްމާއިލް ޚާންއަކީ ތަހްރީކޭ ތާލިބާން ޕާކިސްތާނުގެ ބާރުގަދަ ސަރަހައްދަކަށްވާއިރު ވޭތުވެދިޔަ ފަހުގެ އަހަރުތަކުގައި މިފަދަ އެތައް ހަމަލާތަކެއް އެތަނުގައި ދީފައިވެއެވެ.

ތަހްރީކޭ ތާލިބާން ޕާކިސްތާނުން އާދީއްތަ ދުވަހު ވަނީ އެ ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެފައެވެ.

އިންތިޚާބުގެ ތިން ހަފްތާ ކުރިން ފެށިގެން ދެވުނު ހަމަލާތަކުގައި އެގައުމުގެ އެކި ކަންކޮޅުތަކުން މަދުވެގެން 179 މީހުން މަރާލާފައިވާއިރު އެންމެ ގިނަ ހަމަލާތައް އަމާޒުވެފައި ވަނީ ބަލޮޗިސްތާނާއި ޚައިބަރުޕަޚްތުންޚްވާ ޕްރޮވިންސަށެވެ.

ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން މިހަފްތާގައި ބުނެފައިވާ ގޮތުގައި އިންތިޚާބު ބާއްވާ ދުވަހު ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 800،000 މީހުން މަސައްކަތްކުރާނެއެވެ. އޭގެ ތެރޭގައި 370،000 ސިފައިން ވެސް ހިމެނެއެވެ.

ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ 272 ގޮނޑިއަށް މެމްބަރުން ހޮވުމާއި ޕްރޮވިންސް އެސެމްބްލީތަކަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚަބުގައި 106 މިލިއަން މީހުން ވޯޓް ލާނެއެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
05 މާރިޗު 2017

އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

05 މާރިޗު 2017
އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް