Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އެމެރިކާ އިން ދައްކާ ބިރަކަށް އީރާނުން ބިރެއް ނުގަންނާނެ: ރައީސް ރޫހާނީ

އެމެރިކާ އިން ވަނީ އީރާނުގެ ތެޔޮ ގައުމުތަކަށް އެތެރެކުރުން ހުއްޓާލުމަށް ގޮވާލާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 5 ޖުލައި 2018 | ބުރާސްފަތި 17:29
އީރާނުގެ ރައީސް ރޫހާނީ

އީރާނުގެ ރައީސް ރޫހާނީ

އީރާނުގެ ތެޔޮ ޝިޕްމަންޓުތައް ހުއްޓުވާނެ ކަމަށް ބުނެ އެމެރިކާ އިން ދައްކާ ބިރަށް ޖެހިލުމެއް ނެތި އިރާނުން އޮންނާނީ ސާބިތުކަމާ އެކު ކަމަށް އިރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އަމަލުތަކުގެ ސަބަބުން ނަތީޖާ ހިތިވާނެ ކަމަށް އިންޒާރު ދެއްވަމުން ރޫހާނީ ވިދާޅުވީ "އިރާނުން ތެޔޮ ބޭނުންކުރާ މިންވަރު ސުމަކަށް ހަދަން އެެމެރިކާ އިން ބުނާ" ކަަމަށާއި، މިހެން އެމެރިކާ އިން ބުނަމުން ގެންދަނީ ނިކުންނާނެ ނަތީޖާ އަށް ނުބަލާ ކަމަށެވެ. ރޫހާނީ މިހެން ވިދާޅުވީ އީރާނުގެ ރަސްމީ ނޫސް އެޖެންސީ އައިއާރްއެންއޭ މެދުވެރިކޮށެވެ.

ރޫހާނީ މިހެން ވިދާޅުވުމުގެ ގަނޑިއިރުތަކެއް ކުރިން އެމެރިކާގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވަނީ ގަލްފު ސަރަހައްދުގެ ވޯޓާރވޭސް، ތެޔޮ ޓޭންކަރުތަަކަށް ހުޅުވާލާނެ ކަަމަށް ވައުދުވެވަޑައިގެންފައެވެ.

އެމެރިކާ ހިމެނޭ ގޮތުން ދުނިޔޭގެ ބައެއް ބާރުގަދަ ގައުމާތަކާ އެކީ 2015 ވަނަ އަހަރު އީރާނުން ވަނީ ނިއުކްލިއާ ޑީލެއްގައި ސޮއެ ކޮށްފައެވެ. މިދިޔަ މެއި މަހު އެމެރިކާ އިން މި އެއްބަސްވުމުން ވަކިވެފައެވެ. 2015 ވަނަ އަހަރުގެ ނިއުކްލިއާ ޑީލުގައި އީރާނުން އެއްބަސްވީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމް އަށް ލިމިޓޭޝަންތަކެއް ގެނައުމަށް ކަމަށްވާއިރު، އޭގެ ބަދަލުގައި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދޭން އެއްބަސްވެފައިވެއެވެ.

އީރާނުގެ ނިއުކްލިއާ ޑީލުން އެމެރިކާ ވަކިވެ، އެމެރިކާ އިން ވަނީ އީރާނުގެ ތެޔޮ ގައުމުތަކަށް އެތެރެކުރުން ހުއްޓާލުމަށް ގޮވާލާފައެވެ. ނޮވެމްބަރު 4 އިން މި ގޮތަށް އަމަލު ކުރުމަށް ގައުމުތަކަށް އެމެރިކާ އިން ގޮވާލާފައިވާއިރު، މިކަން ނުކުރާ ގައުމުތަކަށް އެެމެރިކާ އިން މާލީ ފިޔަވަޅުތަކެއް އަޅާނެ ކަަމަށް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު