Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފިލިޕީންސްގެ ރައީސް ރޮޑްރިގޭ ޑުޓާޓޭ

މާސްކް ދޮންނަންވީ ޕެޓްރޯލް އަޅައިގެން، މީ ސަމާސާއެއް ނޫން: ޑުޓާޓޭ

އެމަނިކުފާނުގެ އޮފިޝަލުން ވަނީ އެއީ ރައީސް ޑުޓާޓޭ ސަމާސާއަކަށް ވިދާޅުވި އެއްޗެއްކަމަށް ވިދާޅުވެފަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 ޖުލައި 2020 | ހުކުރު 14:37
ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ- ޑުޓާޓޭގެ ވާހަކަފުޅާއި ގުޅިގެން ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައި

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ- ޑުޓާޓޭގެ ވާހަކަފުޅާއި ގުޅިގެން ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައި

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އެޅުމަށްފަހު، މާސްކް ދޮންނަންވީ ޕެޓްރޯލް ބޭނުންކޮށްގެން ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ހަފްތާގައިވެސް ޑުޓާޓޭ ވަނީ އެފަދައިން ވާހަކަފުޅު ދައްކަވާފައެވެ. އެހެން ނަމަވެސް ފާޑުކިއުންތައް އަމާޒުވާން ފެށުމާއެކު، އޭރު އެ މަނިކުފާނުގެ އޮފިޝަލުން ވަނީ އެއީ ރައީސް ޑުޓާޓޭ ސަމާސާއަކަށް ވިދާޅުވި އެއްޗެއްކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް، ރައީސް ޑުޓާޓޭ އަނެއްކާވެސް މިވަނީ އެވާހަކަ ތަކުރާރު ކުރައްވައި، އެއީ ސަމާސާއެއް ނޫންކަމަށް ވިދާޅުވެފައެވެ.

ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން، ހުކުރު ދުވަހު ރައީސް ޑުޓާޓޭ ވަނީ އެކަމަށް އިޝާރަތް ކުރައްވައި އަނެއްކާވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މާސްކް ސާފު ކުރުމަށް "އަލްކަހޯލް" ބޭނުންކުރެވިދާނެ ކަމަށާއި، އަލްކަހޯލް ގަންނާނެ ތަނަވަސްކަމެއް ނެތް މީހުން ކައިރި ޕެޓްރޯލް ސްޓޭޝަނަކަށް ގޮސް، މާސްކް ސާފު ކުރެވިދާނެކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް ފާޑުކިއުމުގެ ޖާގައެއް ނެތް ކަމަށާއި، ރައީސްކަމުގެ މަޤާމުގައި މިއަދު ހުންނެވީ އެމަނިކުފާނުކަމަށް ޑުޓާޓޭ ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން، "ލައިސޯލް" ބޭނުންކޮށްގެންވެސް މާސްކް ސާފު ކުރެވިދާނެކަމަށް ރައީސް ޑުޓާޓޭ ވިދާޅުވިއެވެ.

ޕެޓްރޯލް ބޭނުންކޮށްގެން ފޮތި މާސްކް ދޮވުމަށް ރައީސް ޑުޓާޓޭ އިރުޝާދު ދެއްވި ނަމަވެސް، ސިއްޙީ ތަޖުރިބާކާރުންގެ ޙިޔާލު މުޅިން ތަފާތެވެ. އެގޮތުން ފޮތި މާސްކް ދޮންނަންޖެހޭނީ އާންމުކޮށް އަންނައުނު ދޮންނަ ގޮތަށް ކަމަށާއި، ސަރޖިކަލް މާސްކެއް ނަމަ، އެއްފަހަރު ބޭނުންކުރުމަށްފަހު އައު ކުރަން ޖެހޭނެކަމަށް ސިއްޙީ ތަޖުރިބާކާރުންނާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.

ޕެޓްރޯލް ބޭނުންކޮށްގެން ސިއްޙީ މިންގަނޑުތަކާ އެއްގޮތަށް މާސްކް ޑިސްއިންފެކްޓް ކުރެވޭނެ ކަމުގެ ހެއްކެއް މިހާތަނަށް ލިބިފައި ނެތް ކަމަށާއި، ގިނަ ވަގުތު ޕެޓްރޯލަށް "ކޮންޓެކްޓް" ވުމަކީ ގެއްލުންހުރި ކަމެއް ކަމަށްވެސް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ. އަދި އާންމުން ޕެޓްރޯލް ގެންގުޅުމަކީ ރައްކާތެރި ގޮތެއްވެސް ނޫންކަމަށް ސިއްހީ ތަޖުރިބާކާރުންވެސް ދަނީ ބުނަމުންނެވެ.

ފިލިޕީންސްއަކީ ޗައިނާ ފިޔަވައި އެންމެ ފުރަތަމަ ކޮވިޑް-19 ޖެހިގެން މީހަކު މަރުވެގެން ރިޕޯޓް ކުރެވުނު ޤައުމެވެ. އެހެންނަމަވެސް އޭރު ރައީސް ޑުޓާޓޭ ވަނީ ދުވަސްކޮޅަކުން ވައިރަސް ޤުދުރަތީ ގޮތުން "މަރުވެގެން" ހިނގައިދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއަށްފަހު ފިލިޕީންސްއިންވެސް ދުވާލެއްގެ މައްޗަށް ގިނަ ކޭސްތަކެއް ރިޕޯޓް ކުރެވިފައިވާއިރު، އެ ޤައުމުގެ ޓެސްޓިންގ ކެޕޭސިޓީވެސް ދަށްކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ފިލިޕީންސްގައި މިހާތަނަށް ޓެސްޓް ކުރެވިފައިވަނީ އާބާދީގެ 1 އިންސައްތަ މީހުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ޤައުމުތަކުގެ ވެރިން އަމަލު ކުރަމުންދާ ގޮތާއިމެދު ރައްޔިތުންގެ ތާއީދު ލިބުނު ނަމަވެސް، ބައެއް ޤައުމުތަކުގެ ވެރިންނަށް ބޮޑެތި ފާޑުކިއުންތަކެއް ދަނީ އަމާޒުވަމުންނެވެ. އޭގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ބްރެޒިލްގެ ރައީސް ޚައިރް ބޮލްސޮނާރޯވެސް ހިމެނެއެވެ.

ރައީސް ޓްރަމްޕްވެސް ވަނީ މީގެ ކުރިން، ކޮވިޑް-19 އިން ރައްކާތެރިވުމަށް ޑިސްއިންފެކްޓަންޓް ބުއިމަށް އިރުޝާދު ދެއްވާފައެވެ. އެހެން ނަމަވެސް، ފާޑުކިއުންތަކާއެކު އެއީ ސަމާސާއެއްކަމަށް ޓްރަމްޕްވެސް ފަހުން ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

14 މެއި 2020

ފެންވަރު ދަށްވުމުގެ ސަބަބުން ޔޫރަޕިއަން ކޮމިޝަނުން ގަތް ދިހަ މިލިއަން މާސްކް ނުބަހާ މަޑު ޖައްސާލަނީ!

14 މެއި 2020
ފެންވަރު ދަށްވުމުގެ ސަބަބުން ޔޫރަޕިއަން ކޮމިޝަނުން ގަތް ދިހަ މިލިއަން މާސްކް ނުބަހާ މަޑު ޖައްސާލަނީ!
02 މެއި 2020

އާންމު ދަތުރުފަތުރު ކުރާ ސަރަހައްދުތަކުގައި މާސްކް ބޭނުންކުރުމަށް ސްޕެއިން ސަރުކާރުން މަޖުބޫރުކުރަނީ

02 މެއި 2020
އާންމު ދަތުރުފަތުރު ކުރާ ސަރަހައްދުތަކުގައި މާސްކް ބޭނުންކުރުމަށް ސްޕެއިން ސަރުކާރުން މަޖުބޫރުކުރަނީ
29 އެޕްރީލު 2020

ކޮވިޑް-19 ގެ ސަބަބުން އާ "ނޯމަލް"އެއް: ފްލައިޓްތަކުގައި ދަތުރު ކުރާއިރު މާސްކް އެޅުމަށް ބައެއް އެއާލައިންތަކުން ލާޒިމްކުރަނީ

29 އެޕްރީލު 2020
ކޮވިޑް-19 ގެ ސަބަބުން އާ "ނޯމަލް"އެއް: ފްލައިޓްތަކުގައި ދަތުރު ކުރާއިރު މާސްކް އެޅުމަށް ބައެއް އެއާލައިންތަކުން ލާޒިމްކުރަނީ
24 އެޕްރީލު 2020

ފޭސް މާސްކް އާއި ސިއްހީ ސާމާނު އެކްސްޕޯޓް ކުރުމުގައި 80 ގައުމަކުން ލިމިޓްތަކެއް ގެންގުޅޭ: ޑަބްލިޔުޓީއޯ

24 އެޕްރީލު 2020
ފޭސް މާސްކް އާއި ސިއްހީ ސާމާނު އެކްސްޕޯޓް ކުރުމުގައި 80 ގައުމަކުން ލިމިޓްތަކެއް ގެންގުޅޭ: ޑަބްލިޔުޓީއޯ
22 ފެބުރުއަރީ 2020

މާސްކް އުފައްދާ މިންވަރު އިތުރު ކުރަން ޗައިނާގެ ބޮޑު ވަޒީރު، އެޤައުމުގެ ކުންފުނިތަކައް ގޮވާލައިފި

22 ފެބުރުއަރީ 2020
މާސްކް އުފައްދާ މިންވަރު އިތުރު ކުރަން ޗައިނާގެ ބޮޑު ވަޒީރު، އެޤައުމުގެ ކުންފުނިތަކައް ގޮވާލައިފި
24 ޖުލައި 2019

ރަޝިއާ އާއި ޗައިނާ ގުޅިގެން ކުރިއަށްގެންދިޔަ ވައިގެ ޕެޓްރޯލްތަކަށް ޖަޕާން އާއި ދެކުނު ކޮރިއާގެ ނުރުހުން

24 ޖުލައި 2019
ރަޝިއާ އާއި ޗައިނާ ގުޅިގެން ކުރިއަށްގެންދިޔަ ވައިގެ ޕެޓްރޯލްތަކަށް ޖަޕާން އާއި ދެކުނު ކޮރިއާގެ ނުރުހުން
12 ޖެނުއަރީ 2019

މެކްސިކޯގައި ބައެއް ހިސާބުތަކުން ޕެޓްރޯލް ނުލިބި ހަފްތާއެއް ވަނީ!

12 ޖެނުއަރީ 2019
މެކްސިކޯގައި ބައެއް ހިސާބުތަކުން ޕެޓްރޯލް ނުލިބި ހަފްތާއެއް ވަނީ!
13 ޖެނުއަރީ 2018

ބުރުގާ އަޅައިގެން ހުރުމުން ކުޑަކުއްޖަކަށް ކަތުރަކުން ހަމަލާދީފި

13 ޖެނުއަރީ 2018
ބުރުގާ އަޅައިގެން ހުރުމުން ކުޑަކުއްޖަކަށް ކަތުރަކުން ހަމަލާދީފި
14 ނޮވެމްބަރު 2017

ގަޑުބަޑުކޮށްގެން ޕެޓްރޯލް ވިއްކަން އުޅެނިކޮށް އަތުލައިގެންފި

14 ނޮވެމްބަރު 2017
ގަޑުބަޑުކޮށްގެން ޕެޓްރޯލް ވިއްކަން އުޅެނިކޮށް އަތުލައިގެންފި
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް