Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގާސިމް އިބްރާހީމް

ގާސިމާ ގުޅޭ ގޮތުން ރައީސް ޔާމިން ދެއްކެވި ވާހަކަފުޅަށް ވަކީލުން ރައްދު ދީފި!

ޤާސިމްގެ މަޞްލަޙަތާ ގުޅިފައިވާ ގިނަ ޢަދަދެއްގެ ބޮޑެތި މައްސަލަތަކެއް ނުނިމި އެބަހުރި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 21 ޖުލައި 2018 | ހޮނިހިރު 19:24
ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ނޫސްވެރިނަށް މައުލޫމާތު ދެއްވަނީ

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ނޫސްވެރިނަށް މައުލޫމާތު ދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމަކީ ކޯޓުތަކުގައި ހިންގަވާ އެންމެ ކުރު މަގުން އިންސާފާ ހަމައަށް ދާން ވަރަށް ފަރިތަ ބޭފުޅެއް ކަމުގައި ރައީސް އަބްދުﷲ ޔާމިން ވިދާޅުވުމާ ގުޅިގެން ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން އެ ވާހަކަފުޅަށް ރައްދު ދެއްވައިފިއެވެ.

ރައީސް ޔާމީން މި މަހުގެ 19 ވަނަ ދުވަހު ހދ. ހަނިމާދޫގެ ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ގާސިމްގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޤާސިމް އިބްރާހީމަކީ ކޯޓުތަކުގައި ހިނގަންވާ އެންމެ ކުރު މަގުން އިންސާފާ ހަމައަށް ދާން ވަރަށް ފަރިތަ ބޭފުޅެއް ކަމުގައި ރައީސް ވިދާޅުވި އިރު، ޤާސިމްގެ މަޞްލަޙަތާ ގުޅިފައިވާ ގިނަ ޢަދަދެއްގެ ބޮޑެތި މައްސަލަތަކެއް ޝަރުޢީ އެކި މަރުޙަލާތަކުގައި އެކި ކޯޓުތަކުގައި މި ވަގުތު ވެސް ހުރީ ކުރިޔަށް ނުގޮސް މަޑުޖެހިފަ ކަމަށެވެ. އޭގެ ތެރޭގައި ކޯޓަށް ހުށަހެޅުނު ފަހުން ތިން އަހަރު އަދި ހަތަރު އަހަރުގެ އިތުރުން ނުވަ އަހަރު ވެފައިވާ މައްސަލަތައް ވެސް ހުރިކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

Advertisement - newsAdvertisement

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އަވަސް ގޮތަކުން ކުރުމަގަކުން ޤާސިމްގެ މައްސަލައެއް މި ފަހުން ނިންމާފައި ވަނީ، ކްރިމިނަލް ކޯޓުން، ކަމަށެވެ. އެއީ ދައުލަތުން ކުރި ދައުވާއެކެވެ. އަދި އެއީ ފަހުގެ ތާރީހެއްގައި އެފަދަ ޖިނާއީ ކުށުގެ ދައުވާއެއްގައި ޣައިރު ހާޒިރުގައި ހުކުމެއް ކުރި ފުރަތަމަ ފަހަރު ވެސް މެއެވެ.

"ޤާނޫނީ އުޞޫލުތަކާ ޚިލާފު ދުސްތޫރީ ހަމަތަކާ މުޅީން އިދިކޮޅު އެ ޙުކުމަކީ އަވަސް ގޮތަކަށް ކުރު މަގުން ދިވެހިރާއްޖޭގެ ކޯޓަކުން މިފަހުގެ ތާރީޚުގައި ނިންމާފައިވާ އިންސާފުވެރި ނޫން ކަމަށް ދިވެހި ރައްޔިތުން ދެކޭ މައްސަލަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މައްސަލައެވެ. އަދި އެމައްސަލަ ނިންމާފައި ވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް، ދުސްތޫރީ ހަމަތައް ވެސް މުގުރިގެންދާ ގޮތެއްގައިކަމަށް އަޅުގަނޑުމެން ދެކޭތީ، މައްސަލަ ނިމުނުތާ 10 ދުވަހުގެ ތެރޭގައި މައްސަލަ ވާނީ ޤާސިމް އިބްރާހީމްގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައެވެ."

ޤާސިމް އިބްރާހީމްގެ މައްޗަށް ޣައިރު ހާޒިރުގައި ޝަރީޢަތް ހިންގައި ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ އޮގަސްޓް 15 ވަނަ ދުވަހު ނެރުނު ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިގެންފައި ނުވި ނަމަވެސް އެމައްސަލަ ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. ދަށު ކޯޓުގެ ޝަރީއަތް ހަލުވި މިނެއްގައި ކުރިއަށް ގޮސް ހުކުމް އިއްވި ނަމަވެސް އެ ހުކުމުގެ އިސްތިއުނާފުގެ އެއްވެސް އަޑުއެހުމެއް މިހާތަނަށް ބޭއްވިފައި ނުވާ ކަމަށް އެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި އެ ބަޔާނުގައި ބުނެފައި ވަނީ ޤާސިމް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމަކީ، ޤާސިމްގެ ބައިވެރިވަޑައިގަތުމަކާ ނުލައި ހިންގެވި ޝަރީޢަތެއްގައި ކޮށްފައިވާ ޙުކުމަކާ މެދު މަތީ މަރުޙަލާގެ ކޯޓަކުން ގޮތެއް ނިންމުމަށް އޮތް ހުރަހެއް ކަމުގައި ވާނަމަ، އެކަމުން ވެސް ދަލީލުކޮށްދެނީ އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމަކީ، ޣައިރު ހާޒިރުގައި ކޮށްފައިވާ ސަބަބަށްޓަކައި އެކަނި ވެސް ބާޠިލުވެފައިވާ ޙުކުމެއް ކަމަށް ބަޔާނުގައި ވެއެވެ.

"ސޯޝަލް މީޑިއާއި ޚަބަރު ފަތުރާ އެހެނިހެން ވަސީލަތްތަކަށް ފަރިތަ ދިވެހި ރައްޔިތުންނަށް މިކަންކަން އޮޅިފައި ނެތް ނަމަވެސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ވާހަކަފުޅުދައްކަވަން ވަޑައިގަންނަވާއިރު ދެންނެވުނު މަޢުލޫމާތުތައް ކަމާ ބެހޭ ބޭފުޅުން އެމަނިކުފާނަށް އަރުވާފައި ނެތްކަމީ އަޅުގަނޑުމެން ހިތާމަކުރާ ކަމެކެވެ."

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު