Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގއ. މާމެންދޫ ރައްޔިތުން ބޭއްވި

ސިޔާސީ ލީޑަރުންނާއި ކުރީގެ ޕީޖީ މުހުތާޒު އާއި ގާޒީ ނިހާން ދޫކޮށްލުމަށް ގޮވާލާއި ގއ. މާމެންދޫގެ ރައްޔިތުންގެ ހިނގާލުމެއް ބާއްވައިފި!

ހިނގާލުން ބާއްވާފައި ވަނީ ހުކުރު ދުވަހުގެ ހަވީރު 4 އަކުން 6 އަކަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 20 ޖުލައި 2018 | ހުކުރު 17:44
ގއ. މާމެންދޫގެ ރައްޔިތުން ބޭއްވި ހިނގާލުން ނިންމާލުމަށްފަހު ފޮޓޯ އަކަށް ހުއްޓިލައިގެން

ގއ. މާމެންދޫގެ ރައްޔިތުން ބޭއްވި ހިނގާލުން ނިންމާލުމަށްފަހު ފޮޓޯ އަކަށް ހުއްޓިލައިގެން

ބަންދުގައި ތިބި ސިޔާސީ ލިޑަރުންނާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އާއި އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އަހްމަދު ނިހާން ދޫކޮށްލުމަށް ގޮވާލައި ގއ. މާމެންދޫގައި ހިނގާލުމެއް ބާއްވައިފިއެވެ.

މި ހިނގާލުން ބާއްވާފައި ވަނީ ހުކުރު ދުވަހުގެ ހަވީރު 4 އަކުން 6 އަކަށެވެ. ހިނގާލުމުގައި އެ ރަށު ރައްޔިތުން ވަނީ ޕޯސްޓަރު ހިއްފުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އަދި ހިނގާލުން ކުރިއަށްދިޔަ ވަގުތު އެ ރަށުގެ ރައްޔިތުން ވަނީ ޕީޖީ މުހުތާޒު އާއި ގާޒީ ނިހާން ދޫކޮށްލުމަށް އެދި ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ހިނގާފައެވެ.

Advertisement - newsAdvertisement

މި ހިނގާލުމުގައި އެ ރަށުގެ 150 އަށްވުރެ ގިނަ ރައްޔިތުން ބައިވެރިވެފައިވާއިރު ނިހާން އާއި މުހުތާޒުގެ އާއިލާ އިން ވެސް ވަނީ ހިނގާލުމުގައި ބައިވެރިވެފައެވެ.

ހިނގާލުމާއި ގުޅޭގޮތުން ރާއްޖެއެމްވީ. އަށް މައުލޫމާތު ދެއްވަމުން ގއ. މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް ވިދާޅުވީ މިހާރު ވެސް އެ ރަށަށް ނިސްބަތްވާ ދެ ބޭފުޅަކު ޖަލުގެ ކުޑަ ގޮޅީގައި ދުވަސްތައް ވޭތު ކުރަމުންދާ ކަމަށާއި އެ ރަށަށް ނިސްބަތްވާ އިތުރު މީހަކު މި ވެރިކަމުގައި ނާ އިންސާފުން ޖަލުގައި ދުވަސްތައް ވޭތު ކުރަމުންދާތަން ބަލަން އެ ރަށުގެ ރައްޔިތުން ނޭދޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަނިންގމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނިސްބަތްވެވަޑައިގަންނަ ވަނީ ވެސް ގއ. މާމެންދޫ އަށް ކަން ފާހަގަކުރައްވައި ޒައީމް އިތުރަށް ވިދާޅުވީ ޝަހީމް އަށް ވެވަޑައިގަންނަވާނެ ގޮތަކާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

މުހުތާޒުގެ މައްޗަށް އުފުލި ޓެރަރިޒަމުގެ ދައުވާ ސާބިތުކޮށް 17 އަހަރަށް ޖަލަށް ހުކުމް ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ޖޫން 9 ވަނަ ދުވަހުއެވެ. މުހުތާޒާއި އދ. މާމިގިލީ ކޯޓުގެ ގާޒީގެ މަޤާމުގައި ހުންނެވި އަހުމަދު ނިހާން ޖަލަށްލީ، ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއްގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު