Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޢަލީ ނަޒީރު

ޔާމީންގެ ފަރާތުން އިމްރާނަށް ހުށަހެޅި ކަންކަން އެނގިއްޖެ ނަމަ ރައްޔިތުން ބިރުން ސިއްސައިގެންދާނެ: ނަޒީރު

20 ޖުލައި 2018 | ހުކުރު 06:35

ރައީސް ޔާމީންގެ ފަރާތުން މަންދޫބުންތަކެއް އިމްރާން އަރިއަހަށް ދިޔަ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 20 ޖުލައި 2018 | ހުކުރު 06:35
ޢަލީ ނަޒީރު: އިމްރާނަށް ސަރުކާރުން ރަނގަޅު ޑީލެއް ހުށަހެޅި

ޢަލީ ނަޒީރު: އިމްރާނަށް ސަރުކާރުން ރަނގަޅު ޑީލެއް ހުށަހެޅި

ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ކަމަށް ބުނެ ޝައިޚް އިމްރާނަށް ހުށަހެޅި ކަންކަން އެނގިއްޖެ ނަމަ ރައްޔިތުން ބިރުން ސިއްސައިގެންދާނެ ކަމަށް އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުގައްރިރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ނަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީންގެ ފަރާތުން ޝައިޚް އިމްރާންގެ އަރިއަހަށް ފޮނުވި މަންދޫބުން ޔާމީންގެ ފަރާތުން ކަމަށް ބުނެ ހުށަހެޅި ކަންކަމާ އެކަންކަމުގެ ބާވަތާއި ބޮޑުކުޑަމިން އެނގިއްޖެ ނަމަ ރައްޔިތުން ބިރުން ސިއްސައިގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

ނަޒީރު މިހެން ވިދާޅުވެފައި މިވަނީ ޓެރަރިޒަމްގެ ކުށުގެ ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާނާ ޑީލް ހެދުމަށް ސަރުކާރުން މަންދޫބަކު ފޮނުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވެސް ވިދާޅުވެފައި ވަނިކޮށެވެ.

ސަރުކާރުން ފޮނުވި މަންދޫބަށް ޝައިޚް އިމްރާން ދެއްވި ޖަވާބު ކަމަށް ވިދާޅުވެ މަހްލޫފް ވަނީ ޓްވީޓެއް ކުރައްވާފައެވެ. ޝައިހް އިމްރާން ވިދާޅުވި ކަމަށް އެ ޓްވީޓްގައި ވަނީ "ރައީސް ޔާމީނާ ޑީލެއް ހަދައިގެން މިނިވަންވުމަށް ވުރެ ޖަލުގައި އޮތުން ވެސް މާރަނގަޅު" ކަމަށެވެ.

ޖަލު މަރާމާތުކުރުމަށް ކަމަށް ބުނެ މި ވަގުތު ގޭބަންދުގައި ހުންނެވި އިމްރާން ކޮންމެ ވަގުތަކު ވެސް ޖަލަށް ގެންގޮސްދާނެތީ ޕާޓީތަކުގެ ލީޑަރުންގެ ކިބައިން ރައްޔިތުން މާޔޫސްވާނެ ކަމެއް ނުކުރެއްވުމަށް އިމްރާން އެދިވަޑައިގަންނަވާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް މިގޮތައް ތުހުމަތު ކުރައްވާފައިވާއިރު ބައްޕާފުޅު ކުރައްވާ މަސައްކަތަކީ ޤައުމު ދެކެވާ ލޯބިން ޤައުމަށް ކުރައްވާ މަސައްކަތްތަކެއް ކަމަށާއި އެކަންކަން ނުކުރެއްވޭ ގޮތަށް މިނިވަންވާން ބޭނުން ނުވާ ކަމަށް އިމްރާންގެ ދެ ދަރިކަނބަލުން ވަނީ ވިދާޅުވެފައެވެ.

އިމްރާންގެ ދޮށީ ދެ ދަރިކަނބަލުން ކަމުގައިވާ އުމުރުން 14 އަހަރުގެ ނުސައިބާ ބިންތު އިމްރާނާއި އުމުރުން 13 އަހަރުގެ ނައުޝާން ބިންތި އިމްރާންގެ އެމެސެޖު އާއްމު ކުރައްވާފައި ވަނީ އިމްރާންގެ އަނބިކަނބަލުން މަރިޔަމް ރީމް ފޭސްބުކް މެދުވެރި ކުރައްވައެވެ. އެނގިފައިވާ ގޮތުގައި އިމްރާންގެ އާއިލާގެ ބަސް އިއްވާފައި ވަނީ ސަރުކާރުން އިމްރާނާ އެކު ޑީލް ހެދުމަށް މަސައްކަތްކުރަމުންދާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް