Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ޑރ. ޝަހީމަކީ ރައީސް ޔާމީން އުންމީދު ކުރެއްވި ކަހަލަ ބޭފުޅެއް ނޫން: އަބްދުލް ލަތީފް

20 ޖުލައި 2018 | ހުކުރު 05:14

ރައީސް ޔާމީނު ބޭނުންފުޅު ވަނީ އެމަނިކުފާނު ކުރައްވާ ކަންކަން ސިއްރުކުރައްވާނެ ނާއިބު ރައީސެއް

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 20 ޖުލައި 2018 | ހުކުރު 05:14
ރައްޔިތުންގެ މަޖްލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު

ރައްޔިތުންގެ މަޖްލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ރައީސް ޔާމީން އުންމީދު ކުރެއްވި ކަހަލަ ރަނިންގ މޭޓެއް ނޫން ކަމަށާއި އެ ބޭފުޅާއަކީ "ހޮޅެއް" ކަމަށް ރައްޔިތުންގެ މަޖްލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވުން އަބްދުއްލަތީފް ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅު ވަނީ އެމަނިކުފާނު ކުރައްވާ ކަންތައްތައް ސިއްރުކޮށް އިތުރުފުޅު ހައްދަވައިގެން ވެސް ދީނީ ގޮތުން އެކަންކަން އެއީ ރަގަނޅު ކަމެއްގެ ގޮތުގައި ދައްކަވާ ވަރުގެ ބޭފުޅެއް ކަމަށެވެ. ނަމަވެސް އެފެންވަރެއް ޝަހީމްގެ ކިބައިގައި ނެތް ކަމަށާއި "ހޮޅެއް" ފަދައިން ބޭރުފުށް ކިތަންމެ ހަރުކޮށް ހުރި ނަމަވެސް ޝަހީމްގެ އެތެރެ ހުރީ ހުސްކޮށް ކަމަށް އަބްދުލް ލަތީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement
"ރައީސް ޔާމީން ކުރާ ކަންކަން ސިއްރުކޮށްފައި ދީނީ ގޮތުން އެކަން އެއީ ރަގަނޅު ކަމެއްގެ ގޮތަށް ހެދޭ ވަރުގެ ނާއިބް ރައީސެއް ހޯދަން. އެ މަނިކުފާނު ކުރާނީ ގޯސް، ނުރަނގަޅު ކަންތައް. އެކަންތައްތައް ކޮށްފަ، އެ ކަންކަމަކީ ދީނުގަ އެއީ ދިފާއު ކުރެވޭ ކަހަލަ ނާއިބު ރައީސެއް ހޯދަން. އެހެންވީމަ ދީނީ މިކަހަލަ ގޮތަކަށް ވިސްނުމެއްގެ ތެރޭގައި ހޯދަމުން ހޯދަމުން އަތްފުނާ އަޅަމުން ގޮއްސަ މި އަތުޖެހުނީ އަޅުގަނޑު މި ދެންނެވި ރައީސް ޔާމިނުގެ ރަނިންގްމޭޓް ކަމަށްވާ ޝަހީމް" އަބްދުލް ލަތީފް ވިދާޅުވިއެވެ.

ރައީސް ޔާމީން ދިފާއުކުރުމުގެ ގާބިލްކަން އެ ރަނިންގް މޭޓްގެ ކިބައިގައި ނެތުމުގެ ސަބަބުން މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ނުވަތަ އިންތިޚާބުގެ ފަހުން ޑރ. ޝަހީމް ބަދަލުކުރައްވާނެ ކަމުގެ ޔަގީންކަން ލިބޭ ކަމަށް ވެސް އަބްދުލް ލަތީފް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ރަނިންގ މޭޓެކަށް ޝަހީމް އައްޔަން ކުރެއްވީ ރައީސް ޔާމީންގެ ފެކްޝަނުގެ އެތެރޭގައި މައްސަލަ ހޫނުވެގެން ކަމަށާއި އެހެން ވާން ދިމާވި ސަބަބަކީ، ޔާމީން ފެކްޝަނުގެ އެތެރޭގައި އުފެދިފައިވާ، އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ފެކްޝަނުން ނެރެން ބޭނުންވި ބޭފުޅާއާ މެދު ޔާމީން ފެކްޝަނުގައި ތިބި ރައްޔިތުންގެ މަޖްލީހުގެ މެމްބަރުން ހިތްހަމަނުޖެހުމުން ކަމަށް ވެސް އަބްދުލް ލަތީފް ވިދާޅުވިއެވެ. މެޑަމް ފާތުންގެ ފަޅިން ބޭނުންވީ މިނިސްޓަރު ސައީދު ނެރެން ކަމަށް ވެސް އަބްދުލް ލަތީފް ވަނީ ވިދާޅުވެފައެވެ.

އަބްދުލް ލަތީފް އިތުރަށް ވިދާޅުވީ ހަގީގަތުގައި ރައީސް ޔާމީނަށް ޕީޕީއެމްގެ ކެންޑިޑޭޓަކަށް ވެސް ނުވެވޭނެ ކަމަށާއި ސަބަބަކީ އެޕާޓީ އާއި އެމަނިކުފާނު ހަވާލް ވެގެން ހުންނެވީ ވަގުތީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވާތީ ކަމަށެވެ. ޕީޕީއެމް ހިންގުމުގައި ބަސް ބުނުމާއި އަމުރު މައުރޫފް ހިންގޭ ފެންވަރުގެ މީހުން ޖަލަށް ލައި ގަދަކަމުން ޕާޓީ އަތުލައިގެންފައި ހުރި ނަމަވެސް އެ ޕާޓީގެ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންތައްތައް ނުކުރެވޭނެ ކަމަށް ވެސް އަބްދުލް ލަތީފް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ވެސް ފޫ ނުބެދޭވަރުގެ އަނިޔާ ދޭކަން ފާހަގަ ކުރައްވައި ލަތީފް ވިދާޅުވީ މިސަރުކާރުން 50 ބިލިއަން ރުފިޔާއަށް ރައްޔިތުން ދަރަނިވެރި ކުރުވާފައިވާ ކަމަށެވެ. އެއީ ދިވެހިރާއްޖޭގެ ކޮންމެ މީހެއްގެ ބޮލުގައި އެއްލައްކަ ރުފިޔާ އަށް ވުރެ ބޮޑު ދަރަންޏެއް އެޅުވުން ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް