Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން 2018

ރައީސް މައުމޫނަށް ގޭގައި ހުންނެވޭނެ އެތައް ފުރުސަތެއް އެރުވުނު: ރައީސް ޔާމީން

19 ޖުލައި 2018 | ބުރާސްފަތި 08:17

ފުލުހުން ބުނީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާކަން އުޅުނު ކަމުގެ ހެކި ލިބިފައިވާ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 ޖުލައި 2018 | ބުރާސްފަތި 08:17
ރައީސް ޔާމީން ހދ. ހަނިމާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަނީ

ރައީސް ޔާމީން ހދ. ހަނިމާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މައްޗަށް ތަހުމަތު ކުރެވުނު މައްސަލަތަކާއި ގުޅިގެން އެމަނިކުފާނަށް އެކި ފަހަރުމަތިން ފުރުސަތުތައް އެރުވުނު ކަމަށާއި މިއަދު އެމަނިކުފާނު ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވީ އެފުރުސަތުތަކުގެ ބޭނުން ނުހިއްޕެވުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އުތުރުގެ ބައެއް ރަށްތަކަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ. ހަނިމާދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫންގެ މައްޗަށް ކުރެވުނު ތަހުމަތުތަކާއި ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް އެންމެ ފުރަތަމަވެސް އެމަނިކުފާނުގެ ފޯނު ދެއްވި ނަމަ މިއަދު ހުންނަވާނީ ގޭގައި ކަމަށެވެ.

Advertisement - newsAdvertisement

"އެފުރުސަތުގެ ބޭނުން ހިއްޕަވާނެ ކަމަށް އަޅުގަނޑުމެންނަށް ކޮންމެވެސް ކަހަލަ އުއްމީދީ ވާހަކަތަކެއް އިވިފައި އެފުރުސަތުގެ ބޭނުން ނުހިއްޕެވި. އެއީކީ ރައީސް މައުމޫން ޖަލަށް ލެއްވުމަކީ ރައީސް ޔާމީން ކުރެއްވި ކަމެއް ނޫން، ތަހުގީގަކަށް މީހެއްގެ މައްޗަށް ތުހުމަތު ކުރެވި ތަހުގީގަކަށް މީހަކު ގެންދާކަމަށްވަންޏާ އެންމެ ފުރަތަމަ ވެސް، ކުރެވޭ ތުހުމަތަށް ބަލާފައި، އެތުހުމަތަކީ ފޯނުގެ ޒަރީއާ އިން ނުވަތަ އިންޓަނެޓްގެ ޒަރީއާ އިން ހިންގާފައިވާ މުއާމަލާތެއްނަމަ، ފުލުހުން ބޭނުންވާނެ، ފޯނާއި އިންޓަނެޓް ބޭނުންކުރި ވަސީލަތްތައް" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ހަމަ އެފަދަ ހާލަތެއް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ވެސް ކުރިމަތިވި ކަމަށެވެ.

"އެންމެ ފުރަތަމަ ފުލުހުން ދެންނެވި ފޯނު ދެއްވަން، ފޯނު ދެއްވަން އެއްބަސްވެވަޑައި ނުގެންނެވި. ކޯޓުން އެންގީ ފޯނު ދޭށޭ، ފޯނު ދޭން އެއްބަސްނުވި. ދެން ފޯނު ދޭން މަޖުބޫރުވީމައި ފޯނު ދެއްވިއިރު ޕިން ކޯޑު ދެއްވީ ނުބައިކޮށް. ދެން ކޯޓުގައި ފޯނު ހުޅުވައިދެއްވަން ޖެހުނީ. އެކަންކަމަށް އިއުތިރާޒު ކުރެއްވީމައި އަބްދުﷲ ރިޔާޒަށް ވެސް ހުކުމެއް އައީ، އެއީ ރައީސް ޔާމީން ކުރިކަމެއް ނޫން، އެންމެ ފުރަތަމަ ވެސް އެ ފޯނު ދެއްވި ނަމަ އެހުކުމެއް ނާންނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމަށް ބުނެ 09 ބޭފުޅެއްގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ އުފުލާފައިވާއިރު، އެ ޝަރީއަތްތައް ދަނީ ކުރިއަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެމައްސަލައާ ގުޅޭ ހެކި ވެސް ލިބިފައިވާ ކަމަށެވެ.

ޓެރެރިޒަމް މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށްދާއިރު، އެމައްސަލައާ ގުޅޭ ހެކި ފޮރުވަން މަސައްކަތް ކުރިކަމަށް ބުނާ ދައުވާތަކުގެ ޝަރީއަތްތައް ނިންމައި އެ ބޭފުޅުންގެ މައްޗަށް ޖަލު ހުކުމް ވަނީ އިއްވާފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް