Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުށްވެރިންނަށް މައާފުދިނުން

މަސްތުވާތަކެތީގެ ކުށުގައި ތިބި މީހުންނަށް މައާފުދެވޭގޮތަށް ގަވައިދަށް އިސްލާހު ގެނެސްފި

18 ޖުލައި 2018 | ބުދަ 16:45

މަސްތުވާތަކެތީގެ ކުށުގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމް ތަންފީޒްކުރާ ފަރާތްތަކަށް މައާފުދެވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 18 ޖުލައި 2018 | ބުދަ 16:45
ޖަލުގައި ހުކުމް ތަންފީޒް ކުރަމުންގެންދާ ގައިދީންތަކެއް

ޖަލުގައި ހުކުމް ތަންފީޒް ކުރަމުންގެންދާ ގައިދީންތަކެއް

ހުކުމުގެ ދެ ބައިކުޅަ އެއްބައި ފުރިހަމަ ނުކުރި ނަމަވެސް، މަސްތުވާތަކެތީގެ ކުށުގައި 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމް ތަންފީޒްކުރާ ފަރާތްތަކަށް މައާފުދެވޭގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގަވައިދަށް ދެ ވަނަ އިސްލާހު ގެނެސް ގެޖެޓް ކޮށްފައިވާއިރު، އެ ގަވައިދަށް ގެނެސްފައި ވަނީ އެންމެ އިސްލާހެކެވެ. އެއީ އެ ގަވައިދުގެ 4 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަމްބަރު އުނިކުރުމެވެ.

Advertisement - newsAdvertisement

މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އަކީ އަދަބު ލުއިކޮށްދިނުމުގައި، އަދަބު ތަންފީޒްކުރަމުންދާ މީހުންގެ އަދަބު ލުއިކޮށްދެވޭނީ އެ މީހަކު ތަންފީޒްކުރަންޖެހޭ ހުކުމުގެ 50 އިންސައްތަ ތަންފީޒްކޮށް ނިމުމުން ކަމަށެވެ. އަދި އެ މާއްދާގެ (ހ) ގެ 7 ވަނަ ނަމްބަރުގައި ވަނީ މައާފު ދެވޭނީ މަސްތުވާތަކެތީގެ ޤާނޫނުގެ ދަށުން 10 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަށް އަދަބު ކަނޑއެޅިފައިވާ ކުށްތަކުގައި 50 އިންސައްތަ ތަންފީޒްކޮށް ނިމުންކަމަށެވެ.

އެ މާއްދާ އުނިިކުރުމާއެކު، ހުކުމުގެ 50 އިންސައްތަ ފުރިހަމަ ނުކުރި ނަމަވެސް މަައާފު ދެވޭނެ އެވެ.

މަސްތުވާތަކެތީގެ ކުށުގައި ތިބި މީހުންނަށް މައާފުދެވޭގޮތަށް ގަވާއިދަށް ބަދަލު ގެނައިއިރު، ސަރުކާރުން ގެންދަނީ ޤާނޫނުތަކާއި ގަވައިދުތައް ބަދަލުކޮށް، ކުށްވެރިން މިނިވަންކޮށް، ރިޔާސީ އިންތިހާބަށް ކެމްްޕޭން ކުރަމުންނެވެ. އަދި ވެރިކަންކުރާ ޕީޕީއެމުން ދޮރުން ދޮރަށް ކުރިއަށްގެންދާ ކެމްޕޭނުގައި ކުށްވެރިން މިނިވަންކޮށްދޭނެ ކަމަށް ވައުދުވާ ކަމަށް ވެސް ބައެއް އާންމު ރައްޔިތުން ފާހަގަކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް