Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖައްވުގެ ފުރަތަމަ ހޮޓެލް

ދުނިޔެއިން ބޭރުގައި ހަދަމުންދާ ހޮޓެލްގައި ކޮންމެ ދުވަހަކު 16 ފަހަރު އިރުއެރުމާއި އިރުއޮއްސުން ބަލާލެވޭނެ!

އެ ހޮޓެލްގައި ދަޑުވެރިކަމުގެ މަޝްރޫއުއެއް ހިންގާނެ

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް, ރާއްޖެ އެމްވީ | 15 ޖުލައި 2018 | އާދީއްތަ 16:04
ޖައްވުގެ ފުރަތަމަ ހޮޓެލް ހުންނާނެ ގޮތުގެ ރަމްޒީ ކުރަހުމެއް

ޖައްވުގެ ފުރަތަމަ ހޮޓެލް ހުންނާނެ ގޮތުގެ ރަމްޒީ ކުރަހުމެއް

ދުނިޔެއިން ބޭރުގައި އުފައްދަމުންދާ ކޮލެޓީ ހޮޓެލް، އަރޯރާ ސްޓޭޝަންގައި ހުރެގެން ކޮންމެ ދުވަހަކު 16 އިރުއެރުމާއި އިރުއޮއްސުން ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން އެތަން އުފައްދަމުންދާ ކުންފުނި، "އޯރިއަން ސްޕޭން" އިން ދީފިއެވެ.

ޖައްވީ ހޮޓެލް އުފައްދަމުން ކުންފުނިން ބުނީ އިރުއަރާއި އޮއްސޭ މަންޒަރު ދުވާލަކު އެތައްފަހަރެއްގެ މަތިން ފެނުމުގެ އިތުރުން އެ ހޮޓެލްގައި ހުރެގެން ދަޑުވެރިކަން ކުރެވޭތޯ ބެލުމަށް ހިންގާ މަޝްރޫއުގައި ބައިވެރި ވުމުގެ ފުރުސަތު ވެސް ފަތުރުވެރިވެރިންނަށް ލިބިގެންދާނެ ކަމުގެ ޔަގީންކަންދޭކަމަށެވެ.

ބާރަ ދުވަހުގެ މުއްދަތަށް އެހޮޓެލްގައި ޖައްވީ ތަޖްރިބާ ކޮށްލުމަށް ކުރާ ދަތުރު ފެށުމުގެ ކުރިން ތިން މަސްދުވަހުގެ ތަމްރީނު ޕްރޮފްރާމެއް ހަދަން ޖެހޭނެކަމަށް އޯރިއަންއިން ވަނީ ބުނެފައެވެ. އެތަން 2021 ވަނަ އަހަރު ހުޅުވަން ހަމަޖެހިފައިވާ ކަމަށާއި އެހެންނަމަވެސް ފަތުރުވެރިން ގެންދަން ހަމަޖެހިފައި ވަނީ 2022 ވަނަ އަހަރުގައި ކަމަށް އޯރިއަންއިން ވަނީ ބުނެފައެވެ. އެއާއެކު ޖައްވީ ހޮޓެލްއަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް، ދަތުރުތަކުން ޖާގަ ކަށަވަރު ކުރުމަށް 80،000 ޑޮލަރުގެ ޑިޕޮސިޓްއެއް ބެހެއްޓުމުގެ ފުރުސަތު އެބައޮތްކަމަށް އެ ކުންފުނިން ބުނެއެވެ. ޖައްވީ ސްޓޭޝަނަށް ދާން ޖުމްލަ ޚަރަދުވާނީ 9.5 މިލިއަން ޑޮލަރުއެވެ.

އާންމުންނަށް ޖައްވު ތަޖުރިބާ ކޮށްލުމުގެ ބޭނުމުގައި އުފައްދައިފައިވާ އެ ހޮޓެލްގެ ސީއީއޯ އަދި އެ ހޮޓެލް އުފެއްދި ކުންފުނީގެ ވެރިޔާ ފްރޭންކް ބަންގާ ވިދާޅުވީ އެ ހޮޓެލް ބިނާކުރި މައިގަނޑު މަގްސަދަކީ ކުރިމަގުގައި އިންސާނުންނަށް ދުނިޔެއިން ބޭރުގައި ދިރިއުޅެވޭނެ މަގު ފަހި ކޮށްދިނުމަށް ބިންގަލެއް އެޅުންކަމަށެވެ. އަދި ދެވަނަ މަގްސަދަކީ ދުނިޔޭގެ ކޮންމެ މީހަކަށް ވެސް ޖައްވަށް ދިއުމުގެ ފުރުސަތު ދިނުން ކަމަށް ވެސް ބަންގާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީގެ އަންހެނުން ކޮންމެހެން އަބާޔާ ލާކަށް ނުޖެހޭ: ދީނީ އިލްމުވެރިޔެއް

ސައުދީގެ އަންހެނުން ކޮންމެހެން އަބާޔާ ލާކަށް ނުޖެހޭ: ދީނީ އިލްމުވެރިޔެއް

12 ފެބުރުއަރީ 2018
ގައުމުން ބޭރުގައި ހުންނަވައިގެން ޕުޖްޑިމޮންޓްއަށް ވެރިކަން ނުކުރެއްވޭނެކަމަށް ކަނޑައަޅައިފި

ގައުމުން ބޭރުގައި ހުންނަވައިގެން ޕުޖްޑިމޮންޓްއަށް ވެރިކަން ނުކުރެއްވޭނެކަމަށް ކަނޑައަޅައިފި

28 ޖެނުއަރީ 2018
އިރާނުގެ ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާތައް "ދުނިޔެއިން ބަލަމުންދާ ކަމަށް" ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

އިރާނުގެ ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާތައް "ދުނިޔެއިން ބަލަމުންދާ ކަމަށް" ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

30 ޑިސެމްބަރު 2017
އިންޑިއާގެ މުސްލިމުން، ކޯޓުން ބޭރުގައި ވަރިކުރުން ޖިނާއީ ކުށަކަށް ހަދަނީ

އިންޑިއާގެ މުސްލިމުން، ކޯޓުން ބޭރުގައި ވަރިކުރުން ޖިނާއީ ކުށަކަށް ހަދަނީ

30 ޑިސެމްބަރު 2017
ކޮންމެ އިރަކުވެސް ނިއުކުލިއަރ ހަނގުރާމައެއް ފެށިދާނެކަމަށް އުތުރު ކޮރެއާއިން ބުނެފި

ކޮންމެ އިރަކުވެސް ނިއުކުލިއަރ ހަނގުރާމައެއް ފެށިދާނެކަމަށް އުތުރު ކޮރެއާއިން ބުނެފި

17 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު