Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގެ ޤާނޫނުހަދާ މަޖިލިސް

އިންޑިއާގެ މުސްލިމުން، ކޯޓުން ބޭރުގައި ވަރިކުރުން ޖިނާއީ ކުށަކަށް ހަދަނީ

30 ޑިސެމްބަރު 2017 | ހޮނިހިރު 11:27

މި ޤާނޫނު މިހާރު ވަނީ ޤާނޫނުހަދާ މަޖިލީހުގެ މަތިގެއަށް ފޮނުވާފައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 30 ޑިސެމްބަރު 2017 | ހޮނިހިރު 11:27
ކޯޓުން ބޭރުގައި ވަރިކުރުމާ ދެކޮޅަށް އިންޑިއާގައި މުޒާހަރާކުރި ބައެއް

ކޯޓުން ބޭރުގައި ވަރިކުރުމާ ދެކޮޅަށް އިންޑިއާގައި މުޒާހަރާކުރި ބައެއް

އިންޑިއާގެ މުސްލިމުން، ކޯޓުން ބޭރުގައި ވަރިކުރުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ޤާނޫނެއް އެކުލަވާލައި، އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން އެ ޤާނޫނު ފާސްކޮށްފިއެވެ.

އިންޑިއާގައި މީހުން ތަބާވާ އެކި ދީންތަކުގެ ތެރެއިން ކޯޓުން ބޭރުގައި ވަރިކުރުން ދީނީ ގޮތުން ހުއްދަ ހަމައެކަނި ދީނަކީ އިސްލާމް ދީނެވެ. އެހެންކަމުން، މި ޤާނޫނަކީ އެ ޤައުމުގެ މުސްލިމުންގެ ތެރޭގައި އާންމުވެފައިވާ "ޓްރިޕްލް ތަލާޤް" ނުވަތަ ކޯޓުން ބޭރުގައި ވަރިކުރުމުގެ އާދަ ހުއްޓުވުމަކަށް ގެނައުމަށް ފަރުމާކޮށްފައިވާ ޤާނޫނެކެވެ.

މި ޤާނޫނުގައި ބުނާ ގޮތުން ފިރިހެނަކު ކޯޓުން ބޭރުގައި އޭނާގެ އަނބިމީހާ ވަރިކޮށްފި ނަމަ، ކަފާލާތުގެ ފުރުޞަތާއި ނުލައި އޭނާ ހައްޔަރުކޮށް، ގިނަވެގެން ތިން އަހަރު ދުވަހަށް ޖަލަށް ލެވޭނެއެވެ.

އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން މިފަދަ ޤާނޫނެއް ފާސްކުރިއިރު، ކޯޓުން ބޭރުގައި ވަރިވުން ހުއްދަކުރާ ޤަނޫނެއް ބާތިލް ކުރުމަށް މި އަހަރުގެ އޯގަސްޓް މަހު، އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ ކޯޓުން ބޭރުގައި ވަރިކުރުމުގެ ސަބަބުން އަންހެނުންގެ ޙައްޤުތައް ގެއްލި، އެމީހުން ބިކަވާ ކަމަށް ބުނެ، މުސްލިމު އަންހެނުންގެ ގްރޫޕަކުން އެ ކޯޓުގައި ޕެޓިޝަން ކުރުމުންނެވެ.

މި ޤާނޫނާ ގުޅޭ ގޮތުން އިންޑިއާގެ ޤާނޫނާ ބެހޭ މިނިސްޓަރު ރަވީ ޝަންކަރް ޕްރަސާދް ވިދާޅުވެފައި ވަނީ، ކޯޓުން ބޭރުގައި ވަރިކުރުން ހުއްޓުވޭނީ މިފަދަ ޤާނޫނެއް އޮވެގެން ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، އިއްދައިގެ ދުވަސްވަރުގެ ޚަރަދާއި ދަރިންގެ ޚަރަދުގެ ކަންކަން ހަމަޖައްސާނެ ގޮތާ ގުޅޭ ގޮތުން ހަދަންޖެހޭ އުސޫލުތައް ހެދުމަށް ވެސް މިފަދަ ޤާނޫނެއްގެ ސަބަބުން ފަސޭހަވެގެން ދާނެ ކަމަށެވެ.

ޤާނޫނީ ދާއިރާތެ ރެއިން މި ޤާނޫނަށް ބޮޑު ތަރުޙީބެއް ލިބުނު ނަމަވެސް، އޯލް އިންޑިއާ މުސްލިމް ޕަރސަނަލް ލޯ ބޯޑުން ވަނީ، ކޯޓުން ބޭރުގައި ވަރިކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ކަމުން، މި މައްސަލައަށް ހައްލެއް ހޯދާނެ އެހެން ގޮތެއް ވިސްނަން ޖެހޭ ކަމަށާއި، ދީނީ ގޮތުން ހުއްދަ ކަމަކަށް ކުށް ކަނޑައަޅައި މިގޮތަށް ޤާނޫނު ނުހެދޭނެ ކަމަށް ބުނެފައެވެ.

މި ޤާނޫނަށް ތާޢީދުކުރާ ބަހާރަތިޔަ މުސްލިމް މަހީލާ އާންދޮލަން ޖަމިއްޔާގެ ބާނީ، ޒާކިއާ ސޮމަން ވިދާޅުވެފައި ވަނީ ޤާނޫނުގެ ސަބަބުން، ވަރިކުރެވޭ އަންހެނާއަށް ގެއްލިގެންދާ އެތައް ޙައްޤެއް ގެއްލިގެން ދިއުމުން އެ ފަރާތްތައް ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި 545 މެންބަރުން ތިއްބަވާ އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ، ނުވަތަ ލޯކް ސަބާގައި ތިއްބަވަނީ 23 މުސްލިމު މެންބަރުންނެވެ. ލޯކް ސަބާ އިން މި ޤާނޫނު ފާސްކުރުމާ އެކު މި ޤަނޫނު މިހާރު ވަނީ ޤާނޫނުހަދާ މަޖިލީހުގެ މަތިގެ ނުވަތަ ރާޖިޔަ ސަބާއަށް ފޮނުވާފައެވެ. 24 މުސްލިމު މެންބަރުން ހިމެނޭ ގޮތަށް، ޖުމްލަ 245 މެންބަރުން ތިއްބަވާ ރާޖިޔަ ސަބާއިން ވެސް މި ޤާނޫނު ފާސްވާނެ ކަމަށް ބެލެވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި
05 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

05 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
04 ފެބުރުއަރީ 2017

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

04 ފެބުރުއަރީ 2017
ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް