Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިކުރާނީ އަޅުގަނޑުމެން: ވަކި ކުރި މެންބަރުން

12 ޖުލައި 2018 | ބުރާސްފަތި 04:06

ރައީސް ޔާމީނަށް 20 ޕަސެންޓަށް ވުރެ އިތުރަށް ވޯޓެއް ނުލިބޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ޖުލައި 2018 | ބުރާސްފަތި 04:06
ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލި ކުރާނީ ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުންގެ ދާއިރާ އިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެމްބަރުން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކާ އެކު އިސްލާހީ މަސައްކަތް ކުރައްވަމުން ގެންދަވާ 12 މެމްބަރުން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވެގެންވެސް ލިބޭނީ 20 ޕަސެންޓް ވޯޓު ކަމަށެވެ. އެ ވަރު ވެސް ލިބެނީ ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ސިވިލް ސަރވިސް އާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައިގެން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެ މެމްބަރުން ވިދާޅުވީ ސަރުކާރާއި ސަރުކާރުގެ ނުފޫޒު އިންތިހާއަށް ވަދެފައިވާ މުއައްސަސާތައް ބޭނުންކޮށްގެން، 60،000 ދިވެހި ރައްޔިތުންގެ ހައްގުތައް ހިފަހައްޓައި، ނަގާލާފައިވާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި ރައީސް ޔާމީނު ފަދަ އަނިޔާވެރިއެއް މިވީހާތަނަށް ރައްޔިތުން ދެކެފައި ނުވާ ކަމަށެވެ.

އެ މެމްބަރުން ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި އެބޭފުޅުން ބުރަ މަސައްކަތް ކުރެއްވި ކަމަށާއި އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވީ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށެވެ.

މީގެ އިތުރުން އެ ބޭފުޅުން ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރެއްވިއިިރު، ދިވެހި ގިނަ ރައްޔިތުންނަށް އެމަނިކުފާނު ނޭނގޭ ކަމަށާއި ރަށްރަށަށް ކެމްޕެއިން ކުރުމަށް ވަޑައިގެންނެވީ ވެސް ރައީސް މައުމޫނާއި ރަނިންގ މޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަމަށެވެ. އަދި ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރެއްވި ނަމަވެސް ރައްޔިތުން ވޯޓު ދެއްވީ ރައީސް މައުމޫނަށް ކުރެއްވި އިތުބާރެއްގެ މައްޗަށް ކަމަށް ވެސް އެމެމްބަރުން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ރައީސް ޔާމީން އެވިދާޅުވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެން ނޫން ކަަމަށާއި، އެ 12 މެމްބަރުން ކުރެއްވިހާ ވެސް ކަމަކީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެއްވުން ކަމަށް އެ 12 މެމްބަރުން ވިދާޅުވިއެވެ.

ޕީޕީއެމަށް ދިމާވި އެންމެބޮޑު މައްސަލައަކީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މަޖިލިސް މެމްބަރު ކަމަށް އިންތިހާބު ކުރެއްވުން ކަމަށް، އަންގާރަ ދުވަހު މ. ދިއްގަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ޔާމީން ވިދާޅުވެފައިވާތީ 12 މެމްބަރުން ވަނީ ރައީސް ޔާމީނަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ.

އެގޮތުން ފާރިސް މައުމޫނަކީ މިސަރުކާރުން ހިންގާ ކޮރަޕްޝަންގެ އަމަލުތަކާ ދެކޮޅަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން ފުރަތަމަ ތެދުވެވަޑައިގެންނެވި މެމްބަރު ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ގަވާއިދާ ހިލާފަށް ކުރިއަށް ގެންދާތީ އެކަމާ ދެކޮޅަށް ބަސްފުޅު ވިދާޅުވި އިހުލާސްތެރި މެމްބަރެއް ކަމަށެވެ. އަދި އެ 12 މެމްބަރުންނާއި އަދި ފާރިސް ވެސް ސަރުކާރު ވައްޓާލުމަށް އެއްވެސް އިރެއްގައި މަސައްކަތް ކޮށްފައި ނުވާނެ ކަމަށާއި އެކަމަކު މަޖިލިސް ހަމަ މަގުން ނެއްޓިފައިވާތަން، މަޖިލިސް މެމްބަރުން ހައިސިއްޔަތުން ބަލަން ނުތިބޭނެ ކަަމަށާއި މަޖިލިސް ހަމަމަގަށް އެޅުވުމަކީ މެމްބަރުންގެ ޒިންމާއެއް ކަމަށް ވެސް އެ މެމްބަރުން ވިދާޅުވިއެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ 12 މެމްބަރުންނަކީ: ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކު ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދަނގެތި ދައިރާގެ މެމްބަރު އިލްހާމު އަހުމަދު މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް