Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާބާދީއާބެހޭ ރިސާރޗް

އާބާދީއާ ގުޅޭ ރިސަރޗްތައް ހެދުމަށް ގައުމީ ޔުނިވާރސިޓީއާ ޔޫއެންއެފްޕީއޭއާ އެކު އެއްބަސްވެއްޖެ

11 ޖުލައި 2018 | ބުދަ 12:08

މިއަދަކީ ދުނިޔޭގެ އާބާދީ ދުވަސް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 11 ޖުލައި 2018 | ބުދަ 12:08
ގައުމީ ޔުނިވާރސީޓީ އާއި ޔޫއެންއެފްޕީއޭ އިން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ގައުމީ ޔުނިވާރސީޓީ އާއި ޔޫއެންއެފްޕީއޭ އިން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އާބާދީއާ ގުޅޭ ރިސާޗުތައް ހެދުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީ (އެމްއެންޔޫ) އާއި ޔުނައިޑެޓް ނޭޝަންސް ފަންޑް ފޯރ ޕޮޕިއުލޭޝަން އެކްޓިވިޓީސް (ޔޫއެންއެފްޕީއޭ)ގެ ރާއްޖޭގެ ގޮފިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ގައުމީ ޔުނިވާރސިޓީގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ގައުމީ ޔުނިވާރސިޓީގެ ފަރާތުން ސޮއިކުރެއްވީ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފެވެ. ޔޫއެންއެފްޕީއޭގެ ފަރާތުން ސޮއިކުރެއްވީ ޔޫއެންއެފްޕީއޭ މޯލްޑިވްސްގެ ކަންޓްރީ ޑިރެކްޓަރ ރިޓްސޫ ނެކަން އެކެވެ.

ގައުމީ ޔުނިވާރސީޓީ އާއި ޔޫއެންއެފްޕީއޭ އިން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެމްއެންޔޫއިން ބުނީ އެ އެއްބަސްވުމަކީ އާބާދީއާ ގުޅޭ ރިސަރޗްތައް ކުރިއަށް ގެންދިއުމަށްޓަކައި ވެވުނު ވަރަށް މުހިއްމު އެއްބަސްވުމެއް ކަމަށެވެ. އެގޮތުން ޔޫއެންއެފްޕީއޭއާ ގުޅިގެން ރިސާޗުތައް ކުރިއަށް ގެންދާނެ ކަމަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ވެސް މި އެއްބަސްވުމުގެ ދަށުން ހަރަކާތްތައް ހިންގޭނެ ކަަމަށް އެމްއެންޔޫ އިން ބުނެއެވެ.

އެމްއެންޔޫ އިން ބުނީ މިފަދަ ދިރާސާތަކުގެ މަގްސަދަކީ ސިޔާސަތުތައް ކަނޑައެޅުމުގައި ހެކިތަކެއް ހުރެގެން ކަންކަން ކުރުމާއި، ދިރާސާ ކޮށްގެން ސިޔާސަތުތަކަށް ބޭނުންވާނެ މައުލޫމާތު ހޯދުމަކީ މި ފަދަ އެއްބަސްވުންތަކުގެ އަމާޒު ކަމަށެވެ.

ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތާ ގުޅިގެން ޔޫއެންއެފްޕީއޭ އާއި ގައުމީ ޔުނިވާރސިޓީ އަދި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓެސްޓިކްސް ގުޅިގެން ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވަނީ By2030 # ހޭޝްޓެގްގެ ދަށުން، 2030 އަންނަންވާއިރަށް ރާއްޖެއިން ދެކެން ބޭނުންވާ ކަންތައްތަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ހިޔާލުތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ބިލްބޯޑު ވެސް ލޯންޗު ކޮށްފައެވެ.

ދުނިޔޭ އާބާދީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 11 ވަނަ ދުވަހެވެ. މިއަހަރުގެ އާބާދީ ދުވަހުގެ ޝިއާރަކީ "އާއިލާ ރޭވުމަކީ އިންސާނީ ހައްގެއް" މިއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް