Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހިޔާ މަޝްރޫއު

ހިޔާ ސްކީމްގެ ދަށުން އެސްޓީއޯ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢު ތައާރަފްކޮށްފި

ހިޔާ ސްކީމަށް ފޯމު ހުށަހެޅުމަށް ޖުލައި 10 ވަނަ ދުވަހު ހުޅުވާލާނެ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 10 ޖުލައި 2018 | އަންގާރަ 06:49
ހިޔާ ސްކީމްގެ ދަށުން އެސްޓީއޯ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢު ތައާރަފްކުރުން

ހިޔާ ސްކީމްގެ ދަށުން އެސްޓީއޯ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢު ތައާރަފްކުރުން

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން 2017 ވަނަ އަހަރުގެ ނޮވެމްބަރ މަހުގައި އިފްތިތާހު ކޮށްދެވުނު ހިޔާ މަޝްރޫއުގެ ދަށުން އެސްޓީއޯ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢު ތައާރަފް ކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން 2018 ފެބްރުއަރީ 26 ވަނަދުވަހު އެސްޓީއޯގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރެވޭ 02 ޓަވަރުގެ ބިންގާ ވަނީ އަޅާފައި ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. މިހާރު މިޓަވަރުތައް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާއިރު، 2018 ޖުލައި 09 ވަނަ ދުވަހު "ހިޔާ ސްކީމް" ތައާރަފްކުރެވި، އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

Advertisement - newsAdvertisement

މިޓަވަރުތަކުގައި އެސްޓީއޯ މުވައްޒަފުންނަށް ހާއްސަކުރެވިފައިވާ 304 އެޕާރޓްމަންޓްވާއިރު، މީގެތެރޭގައި އެއް ކޮޓަރީގެ 68 އެޕާރޓްމަންޓާއި، ދެ ކޮޓަރީގެ 36 އެޕާރޓްމަންޓާއި، ތިން ކޮޓަރީގެ 144 އެޕާރޓްމަންޓް އަދި ތިން ކޮޓަރީގެ ޕްރިމިއަމް ގެ 56 އެޕާރޓްމަންޓް ހިމެނެއެވެ. މި ފްލެޓްތަކުގެ އެސްޓިމޭޓް އަގުތަކަކީ އެއް ކޮޓަރީގެ އެޕާރޓްމަންޓެއް 971,460 ރުފިޔާ، ދެ ކޮޓަރީގެ އެޕާރޓްމަންޓް 1,375,200 ރުފިޔާ، ތިން ކޮޓަރީގެ އެޕާރޓްމަންޓް 1,598,400 ރުފިޔާ އަދި ތިން ޕްރިމިއަމް އެޕާރޓްމަންޓް 1,795,200 ރުފިޔާއަށެވެ. މި އަގުތަކަށް ބަދަލު އައި ކަމުގައި ވީނަމަވެސް 5 އިންސައްތައަށް ވުރެ ބޮޑު ބަދަލެއް ނާންނާނެ ކަމުގައި އެސްޓީއޯއިން ބުނެއެވެ. މި ސްކީމަށް ފައިސާ ދެއްކުމުގައި މުވައްޒަފުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި ތަފާތު 04 ފައިނޭންސިންގ އޮޕްޝަން ތައާރަފް ކުރެވިފައިވެއެވެ.

އެސްޓީއޯއިން ބުނީ، ބޯހިޔާވަހިކަމުގެ މި މަޝްރޫއުގެ ސަބަބުން ގިނަ މުވައްޒަފުންނަށާއި އެމުވައްޒަފުންގެ އާއިލާތަކަށް ފައިދާއާއި މަންފާ ކުރާނެކަމަށެވެ. އެސްޓީއޯގެ ހިޔާ ސްކީމް އިފްތިތާހް ކޮށްދެއްވާފައިވަނީ ނެޝަނަލް އާރޓް ގެލެރީގައި އެސްޓީއޯގެ މުވައްޒަފުންނަށް އެކަމަށް ހާއްސަކުރެވިގެން ބޭއްވި ހަފްލާގައި އެސްޓީއޯގެ ޗެއަރމަން ހުސައިން ސާލިމް މުޙައްމަދެވެ. ހިޔާ ސްކީމަށް ފޯމު ހުށަހެޅުމަށް 2018 ޖުލައި 10 ވަނަ ދުވަހުން ފެށިގެން 02 ހަފްތާގެ މުއްދަތަށް ކުރިއަށް ދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު