ފޭދޫގައި ފެން ހިންދުމުގެ ނިޒާމެއް ގާއިމް ކުރަނީ
5 ޖުލައި 2018 | ބުރާސްފަތި 02:06މިމަޝްރޫއަކީ ފޭދޫއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ފެށި މަޝްރޫއެއް

މި މަޝްރޫއުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު އާއި ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑްގެ ޕްރަބާތް ރުވަންޕުރަ
އައްޑޫ ސިޓީ ފޭދޫގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ފެން ހިންދުމުގެ ނިޒާމު ގާއިމް ކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއާ ހަވާލުކޮށް މިކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި އެންވަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. އަދި ސެނޮކް ޓްރޭޑް ކޮންބައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކައުންޓަންޓް ޕްރަބާތް ރުވަންޕުރަ އެވެ.
އެންވަރަމެންޓް މިނިސްޓްރީން ބުނީ މިމަޝްރޫއަކީ ފޭދޫއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ފެށި މަޝްރޫއެއް ކަމަށެވެ. އެގޮތުން ފޭދޫގައި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ނެޓްވޯކެއް ގާއިމްކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެންވަރަމެންޓް މިނިސްޓްރީން ބުނީ ފޭދޫ ފެން ހިންދުމުގެ މިމަޝްރޫއު ގާއިމުކުރަން 18.6 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައިވާ ކަމަށާއި، މިއީ ސަރުކާރުގެ ޚަރަދުގައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.








