Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ނަޝީދަށާއި ގާސިމަށް އިންތިހާބަށް ކުރިމަތި ނުލެވޭގޮތަށް މަޖިލީހުން ފާސްކޮށްފި

4 ޖުލައި 2018 | ބުދަ 09:21

ޖަލްސާގައި ބައިވެރިވީ 37 މެމްބަރުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 4 ޖުލައި 2018 | ބުދަ 09:21
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހީމް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހީމް

އިދިކޮޅު އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހީމަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން އިތުރަށް ހުރަސް އެޅިގެންދާ ގޮތަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވި ޖަލްސާގައި ރިޔާސީ އިންތިހާބާ ގުޅޭ ތިން ބިލަކަށް ވޯޓަށް އެހީ ވޭތުވެދިޔަ ދެ ދުވަހު މަޖިލީސް މެމްބަރުންނަށް ޖަލްސާގައި ބައިވެރިވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިލްތިމާސް ކުރެއްވުމުން ވެސް އިދިކޮޅު މެމްބަރުން ޖަލްސާގައި ބައިވެރިވެފައި ނުވާތީ ސުޕްރީމް ކޯޓުން މީގެކުރިން ދީފައިވާ ލަފާގެ މަތިން ހާލަތުއްޟަރޫރާގެ ރިއާޔަތް ކޮށެވެ.

Advertisement - newsAdvertisement

އެ ތިން ބިލަށް ވޯޓަށް އެހަންފެނޭތޯ ވޯޓަށް އެހުމުން ޖަލްސާގައި ތިއްބެވި 31 މެމްބަރުންގެ ވޯޓުން ވަނީ ފާސްކޮށްފަ އެވެ. އަދި އޭގެ ފަހުން ރިޔާސީ އިންތިހާބާ ގުޅުން ހުރި ތިން ބިލަށް ވޯޓަށް އެހުމުން ފާސްކޮށްފައި ވަނީ 34 މެމްބަރުންގެ ވޯޓުން ނެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ބައިވެރިވެފައި ވަނީ ސަރުކާރަށް ނިސްބަތްވާ މެމްބަރުން އެކަންޏެވެ.

މި ހަފްތާގައި މަޖިލީހުން ބޭއްވި ހޯމަ ދުވަހުގެ ޖަލްސާ އާއި އަންގާރަ ދުވަހުގެ ޖަލްސާއަށް އެ ބިލްތައް ތާވަލްކޮށްފައި ވެއެވެ. ނަމަވެސް ހޯމަ ދުވަހުގެ ޖަލްސާ ފަދައިން އަންގާރަ ދުވަހުގެ ޖަލްސާ ވެސް ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް މެމްބަރުންނަށް އިލްތިމާސް ކުރައްވާފައެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގެ ޓޭބަލް އޮފީހުން ކޮށްފައިވާ މެސެޖްގައި ވަނީ އަންގާރަ ދުވަހު ބާއްވާ ޖަލްސާގައި ވޯޓަށް އެހުމަށް ހުރި ބިލްތަކަކީ ރިޔާސީ އިންތިހާބާ ގުޅުން ހުރި ވަރަށް މުހިއްމު ބިލްތަކަކަށް ވުމާއެކު، މަޖިލީހުގެ ގަވާއިދުގެ 158 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް މަޖިލީހުގެ ރައީސް އިލްތިމާސް ކުރައްވާ ކަމަށެވެ. އެ މެސެޖް މަސީހު ވަނީ އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވެސް ތަކުރާރު ކުރައްވާފައެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ނަގާ އެ ވޯޓުގައި ބައިވެރިވުމަށް މަޖިލީހުގެ މެމްބަރުންނަށް މަސީހު އިލްތިމާސްކުރެއްވި އިރު، ހޯމަ ދުވަހުގެ ޖަލްސާގައި އެ ބިލްތަކަށް ވޯޓަށް އަހާފައި ނުވަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައި ބުނާ އަދަދަށް އެ ޖަލްސާގައި މެމްބަރުން ބައިވެރިވެފައި ނުވާތީ ކަމަށް ބުނެއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ނެގުމަށް ނިންމި އެ ވޯޓުގައި ބައިވެރިވުމަށް މަސީހު އިލްތިމާސް ކުރައްވައި، މެމްބަރުންނަށް މެސެޖް ކުރައްވާފައި ވަނީ އެ ތިން ބިލަށް ވޯޓަށް އެހުމަށް އުޒުރު ދެއްކުމުގެ ގޮތުން ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެއެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވެފައިވަނީ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ކިތައްމެހާ ވެސް ބޭނުން ކަމަށެވެ. ނަމަވެސް މަޖިލީހުން އަމަލު ކުރަންޖެހޭ މަޖިލީހުގެ ގަވާއިދެއް އޮތްވައި، އެގަވާއިދާ ހިލާފަށް މަޖިލިސް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މަޖިލީހުގެ ގަވާއިދާ ހިލާފަށް އަދި މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މަސީހުގެ މަގާމުގެ ސައްހަކަން ގެއްލިފައިވާއިރު، ޖަލްސާގެ ރިޔާސަތުގައި މަސީހު އިންނަވާ ޖަލްސާއެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ވެސް ރޮޒައިނާގެ އިތުރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވިދާޅުވެއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ފާސްކުރި ތިން ބިލަކީ ރިޔާސީ އިންތިހާބުގެ ގާނޫނަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ހ)ގައި އެމީހަކީ، ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން، އަދި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން ކަނޑައަޅާފައިވާ ކަމަށްޓަކައި، ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާ ނަަމަ، އެފަދަ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ، އެމީހަކު ބޭރު ގައުމުގެ ރައްޔިތުކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ފަހުން ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި އެ ބިލަށް ބަހުސް ކުރައްވަމުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހެޅުއްވި އިސްލާހުތައް ވަނީ ކޮމެޓީއަށް ހުށަހަޅާފައެވެ.

"ބޭރު ގައުމެއްގެ ހިމާޔަތް ހޯދާފައިވާ މީހެއް ރިޔާސީ އިންތިހާބަށް ވާދަ ކުރެވޭނީ އެ ހިމާޔާތް ދޫކޮށްލިތާ 10 އަހަރަށް ފަހުން. އަދި ބޭރު ގައުމެއްގެ ޕާސްޕޯޓް ގެންގުޅެފައިވާ މީހެއް އެ ޕާސްޕޯޓް ދޫކޮށްލިތާ 10 އަހަރުވުން، މިއީ ވެސް ގެންނަންޖެހޭ ވަރަށް މުހިއްމު ދެ އިސްލާހު،" މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވިއެވެ.

ނިހާނު ހުށަހެޅުއްވި އެ އިސްލާހާއެކު އަލީ އާރިފް ހުށަހެޅުއްވި އިސްލާހުތައްވެސް އިސްލާހު ގެނައުމުގެ އެ ބިލަށް އިތުރުކުރަން މަޖިލީހުގެ މިނިވަން މުއައްސާތަކުގެ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ހުށަހެޅި އިސްލާހަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ އިދާރީ ފީގެ އަދަދު 100،000ރ. އަށް އިތުރު ކުރުމަށެވެ. އިދާރީ ފީއެއްގެ ގޮތުގައި މިހާރު ނަގަމުން ދަނީ 40،000ރ. އެވެ. އެ އިސްލާހު ވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ތިން ވަނަ ބިލަކީ އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް ހުށަހެޅުނު ގިނަ އިސްލާހުތަކެއް ހިމެނޭ ބިލެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް