Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު މަހުލޫފު

އޮންޓާރިއޯގެ ލޯ ސޮސައިޓީގެ ހިއުމަން ރައިޓްސް އެވޯޑަށް މަހުލޫފު ނޮމިނޭޓްކޮށްފި

4 ޖުލައި 2018 | ބުދަ 05:50

މި އެވޯޑަށް ނޮމިނޭޓްކޮށްފައި ވަނީ އެމްނެސްޓީ އިންޓަނޭޝަނަލްގެ ތާއީދާ ވެސް އެކު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 4 ޖުލައި 2018 | ބުދަ 05:50
1 ފެބްރުރުއަރީ 2018 ގައި ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައި ބޭއްވި އެއްވުމެއްގެ ކުރީ ސަފުގައި މަހުލޫފު

1 ފެބްރުރުއަރީ 2018 ގައި ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައި ބޭއްވި އެއްވުމެއްގެ ކުރީ ސަފުގައި މަހުލޫފު

ކެނެޑާގެ މަޝްހޫރު، މޮންޓްރިއަލް އިންސްޓިޓިއުޓް ފޮރ ޖެނޮސައިޑް އެންޑް ހިއުމަން ރައިޓްސް (މިގްސް)ގެ ފަރާތުން އޮންޓާރިއޯގެ ލޯ ސޮސައިޓީގެ 2018 ވަނަ އަހަރުގެ ހިއުމަން ރައިޓްސް އެވޯޑަށް، ގޭ ބަންދުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ނޮމިނޭޓްކޮށްފިއެވެ.

މިގްސްގެ ޑެމޮކްރަސީ ފެލޯ އަކަށްވެސް ޖޫން މަހު ކަނޑައަޅާފައިވާ މަހުލޫފްގެ ނަން މިދިޔަ ހަފްތާގައި މި އެވޯޑަށް ނޮމިނޭޓްކޮށްފައިވަނީ އެމްނެސްޓީ އިންޓަނޭޝަނަލްގެ ތާއީދާއިވެސް އެކުގައެވެ.

Advertisement - newsAdvertisement

ކެނެޑާގެ ސިޓީއެއް ކަމަށްވާ އޮންޓާރިއޯގެ ލޯ ސޮސައިޓީއަކީ އެ ޕްރޮވިންސްގެ ވަކީލުންގެ ކަންކަން ރެގިއުލޭޓްކުރުމަށް ވަކީލުން އަމިއްލައަށް އުފައްދާފައިވާ ސޮސައިޓީއެކެވެ.

މަހްލޫފަކީ މިހާރު ވެސް ޑިމޮކްރަސީ ކުރިއަރުވައި، އަދި ރިސާޗު ކުރުމާއި ހައްދު ފަހަނައަޅައި ދިއުމާ ދެކޮޅަށް މަސައްކަތްކުރާ މިގްސްގެ މިގްސްގެ ފެލޯއެކެވެ. އެހެންކަމުން މިގްސްގެ މަސައްކަތްތަކުގައި ބައިވެރިވުމާއި އިސްކޮށް އުޅުމުގެ ފުރުސަތު މަހުލޫފަށް މިހާރު ވެސް ވަނީ ތަނަވަސްވެފައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ކޮރަޕްޝަނާއި ފަސާދަ އާއި ލާއިންސާނީ އަމަލުތައް ހިނގާކަމަށް ތުހުމަތު ކުރައްވައި އެ ކަންކަމާ ދެކޮޅަށް ނުކުންނެވުމުން މަހުލޫފު ވަނީ އެތައް ފަހަރެއްގެ މަތިން ޖަލުގައި ބަންދުކޮށް ޝަރީއަތްތައް ހިންގާފައެވެ. މަހުލޫފު ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް ތަންފީޒުކުރައްވާފައެވެ. އެ މައްސަލަ އދ. ގެ ވޯކިންގ ގްރޫޕް އޮން އާބިޓަރަރީ ޑިޓެންޝަނުން ބެލުމަށް ފަހު ނިންމާފައި ވަނީ މަހުލޫފުގެ ބަންދަކީ ނުހައްގުން ކޮށްފައިވާ ބަންދެއް ކަމަށެވެ.

އިންސާނީ ހައްޤުތަކުގެ ދިފާޢުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅޭ ގޮތުން ޖެނީވާގައި މިދިޔަ މަހު ބޭއްވި ޚާއްސަ ބައްދަލުވުމެއްގައި ކޭސް ސްޓަޑީއެއްގެ ގޮތުގައި ވެސް މަހްލޫފްގެ މައްސަލަ ވަނީ ނަގާފައެވެ. މަހްލޫފް މިހާރު މިހާރު ވެސް ހުންނެވީ އިތުރު ދައުވާތަކަކާ އެކު ޝަރީއަތް ނިމެންދެން ގޭ ބަންދުގައެވެ. އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ 38 ވަނަ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށް ދިޔަ މި އިވެންޓްގައި މަހުލޫފު ބަންދުގައި ހުންނަވާ ހުންނެވުމާ ބެހޭ ގޮތުންނާއި، އޭނާގެ މައްޗަށް ކުރެވިފައިވާ ދައުވާތަކާއި، އަދި އިންސާނީ ހައްޤުތަކުގެ ދިފާޢުގައި މަހުލޫފު ކުރައްވާ މަސައްކަތްތަކުގެ މައްޗަށް ވާހަކަ ދައްކާފައިވެއެވެ.

މީގެ އިތުރުން ޕާލިމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން (ޕީޖީއޭ) އިން ވެސް ވަނީ މަހުލޫފަށް ޑިފެންޑަރ އޮފް ޑިމޮކްރަސީ އެވޯޑް ދިނުމަށް ނިންމާފައެވެ.

ޔޫކްރެއިންގެ ކިއޭވްގައި ނޮވެމްބަރު މަހުގެ 16ގައި ބާއްވާ މި ހަފްލާގައި 50 ގައުމަކުން ގާނޫނު ހަދާ މަޖިލީސްތަކުގެ 120 މެމްބަރަކު ބައިވެރިވެ ވަޑައިގަންނަވާއިރު އެވޯޑް ލިބޭ ފަރާތުގެ ހައިސިއްޔަތުން ހަފްލާގައި ތަގްރީރު ކުރެއްވުމުގެ ފުރުސަތު ވެސް މަހުލޫފަށް ދީފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2017

އދގެ ހިއުމަން ރައިޓްސް ކައުންސިލުން ރާއްޖެއަށް ޖާގައެއް ނުލިބުނު

17 އޮކްޓޯބަރު 2017
އދގެ ހިއުމަން ރައިޓްސް ކައުންސިލުން ރާއްޖެއަށް ޖާގައެއް ނުލިބުނު
02 ޖުލައި 2017

ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ޒާހިދު

02 ޖުލައި 2017
ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ޒާހިދު
01 ޖުލައި 2017

އިންޓަރ ސުކޫލް ހިއުމަން ރައިޓްސް ކުއިޒް ޕްރޮގްރާމް ނިންމާލައިފި

01 ޖުލައި 2017
އިންޓަރ ސުކޫލް ހިއުމަން ރައިޓްސް ކުއިޒް ޕްރޮގްރާމް ނިންމާލައިފި
08 ޖޫން 2017

ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ

08 ޖޫން 2017
ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ
07 ޖޫން 2017

ނޫސްވެރިކަމުގެ އެވޯޑަށް ނަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

07 ޖޫން 2017
ނޫސްވެރިކަމުގެ އެވޯޑަށް ނަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި
05 ޖޫން 2017

ހިއުމަން ރައިޓްސް ކޮމިޝަނަށް އެކޮމިޝަންގެ ކުރީގެ މެމްބަރު ޒާހިދު ނަން މަޖިލީހަށް ފޮނުވައިފި

05 ޖޫން 2017
ހިއުމަން ރައިޓްސް ކޮމިޝަނަށް އެކޮމިޝަންގެ ކުރީގެ މެމްބަރު ޒާހިދު ނަން މަޖިލީހަށް ފޮނުވައިފި
21 މެއި 2017

ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭގޮތް ހަދައިފި

21 މެއި 2017
ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭގޮތް ހަދައިފި
25 އެޕްރީލު 2017

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ

25 އެޕްރީލު 2017
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ
21 ފެބުރުއަރީ 2017

އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

21 ފެބުރުއަރީ 2017
އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް