Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސުލް ޖުމްހޫރިއްޔާ

ބާތިލް ކުރަން ހުށަހަޅާފައިވާ އެކެއް ފެބްރުއަރީގެ އަމުރަކީ ސައްހަ އަމުރެއް ނޫން ކަމަށް ރައީސް ވިދާޅުވެއްޖެ

އެކެއް ފެބްރުއަރީގެ އަމުރުގެ ބައެއް ބާތިލް ކުރަން ހުށަހެޅި މައްސަލަ އަޑުއެހުމެއް އަންގާރަ ދުވަހު އެބަ އޮތް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 3 ޖުލައި 2018 | އަންގާރަ 14:12
ށ. ނިލަންދޫއަށް ރައީސް ޔާމިން ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ:-ފޮޓޯ- ރައީސް އޮފީސް

ށ. ނިލަންދޫއަށް ރައީސް ޔާމިން ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ:-ފޮޓޯ- ރައީސް އޮފީސް

ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އެކެއް ފެބްރުއަރީގެ އަމުރަކީ ސައްހަ ނޫން އަމުރެއް ކަމަށް ރައީސް އަބްދުﷲ ޔާމިން އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.

ށ. ނިލަންދޫއަށް ރައީސް ޔާމިން ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރު ފެށުނު ހިސާބުން ނިމެންދެން އެއީ ބާތިލް އަމުރެއް ކަމަށެވެ.

"އެ އަމުރު ނެރުނީމަ އެ އަމުރު ނެރުނު ސަބަބު ދެނެގަންނަން ރައީސް ބޭނުންވީ. އެ އަމުރަކީ ފެށުނު ހިސާބުން ފެށިގެން ނިމުނު ހިސާބަށް ދިޔައިރު ވެސް ގާނޫނާ ހިލާފު އަމުރެއް. އެ އަމުރު ސައްހަ ނޫންކަން ދެން ތިއްބެވި ތިން ފަނޑިޔާރުން އެ އޮތީ ބަޔާން ކޮށްދެއްވާފައި ރައްޔިތުންނަށް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު މި ގޮތަށް ވިދާޅުވި ނަމަވެސް އެކެއް ފެބްރުއަރީގެ އަމުރު އެއްކޮން އަދި މިހާތަނަށް ބާތިލްކޮށްފައި ނެތެވެ. އަދި އެކެއް ފެބްރުއަރީގެ އަމުރުގައި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވާ ބައި ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަޅާފައިވާއިރު މިހާތަނަށް ވެސް އެ އަމުރު ބާތިލް ކޮށްދީފައިނުވެ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހަށް ސުޕްރީމް ކޯޓުގައި އެ މައްސަލައިގައި ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލު ކޮށްފައިވާއިރު މައްސަލައިގައި ހުކުމް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ހަމައެހެންމެ އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ރައީސް ޔާމިން ކުރައްވަމުން ގެންދަވާ އެ ތުހްމަތުތަކުގެ މައްޗަށް ބިނާކޮށް އެކެއް ފެބްރުއަރީގެ އަމުރު އެއްކޮން ބާތިކޮށްދޭން ސުޕްރީމް ކޯޓުގައި އެދުމުން ވެސް އެ ކޯޓުގައި ފަހުން ތިއްބެވި ތިން ފަނޑިޔާރުން ވެސް އެކަން ކޮށްދެއްވާފައި ނުވެއެވެ.

މީގެ އިތުރުން މި ޖަލްސާގައި ރައީސް ޔާމިން ވިދާޅުވީ ނާޖައިޒް ގޮތުގައި ހުދޫދުން ބޭރުން ކޯޓުން ހުކުމެއް ކުރިއަސް އެމަނިކުފާނަކީ ކޯޓުގައި ތަޅު އަޅުވާނެ ބޭފުޅެއް ނޫން ކަމަށެވެ. ނަމަވެސް އެކަން ހިނގާފައި އޮތް ގޮތް އެމަނިކުފާނު ބައްލަވާނެ ކަމަށާއި ސުޕްރީމް ކޯޓުގެ ހުކުމް ކޮށްފައިވާ ގޮތް ވެސް އެނގިވަޑައިގެންނެވީ އެމަގުން ބެލުމުން ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމިން މިހެން ވިދާޅުވި ނަމަވެސް ސުޕްރީމް ކޯޓުން ކުރި އަމުރު ސަރުކާރުން ތަންފީޒުނުކޮށް އެ ކޯޓުގައި އޭރު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަލީ ހަމީދު ސިފައިން ގޮސް ހައްޔަރުކުރި އެވެ. އަދި އެކަން ސިފައިން ކޮށްފައިވަނީ ދަންވަރުގެ ވަގުތެއްގައި އެ ދެ ބޭފުޅުން ސުޕްރީމް ކޯޓުގައި ތިއްބަވަނިކޮށް އެ ކޯޓުގެ ދޮރު ހަލާކު ކޮށްލައިގެން އެތަނަށް ވަދެ އެވެ. އޭގެ ފަހުން ހައްޔަރުކޮށްފައި ބައިތިއްބަވައިގެން އެކި ދައުވާތައް އުފުލާ ހުކުމް ކޮށްފައިވާއިރު އެކެއް ފެބްރުއަރީގެ އަމުރު ނެރުނު ގޮތާ ގުޅޭ ގޮތުން އެއްވެސް ހުކުމް މިހާތަނަށް އައިސްފައިނުވެ އެވެ.

ރައީސް ޔާމިން މި ޖަލްސާގައި ދެން ވިދާޅުވީ ފަހަކަށް އައިސް އިވިގެން ދިޔަ އަޑުތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ކަމަށްވާނަމަ އެއީ ޑިމޮކްރަސީއެއް ނެތުން ކަމަށް ބުނާ އަޑުތައް ކަމަށެވެ.

"ބޭރުގެ ފަރާތަކުންވެސް އަޅުގަނޑަށް ޕްރެޝަރ ކުރަމުން ދިޔަ، މަޖުބޫރުކުރަމުންދިޔަ މިކަން ނުކޮށްގެން. އެކަމު އަޅުގަނޑަކީ އަޅުގަނޑު ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރެވޭ ގޮތަކަށް ހުރި މީހެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމިން ވިދާޅުވީ ބޭރުގެ ޕްރެޝަރުތައް އެހެން ހުރުމުން ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ދިނުމަށް މަގު ކޮށްދިނުމުގެ ގޮތުން އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ޝަރީއަތް އަވަސް ކޮށްދެއްވަން އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ހުކުމްތައް ކުރުމަކީ އަދި ހުކުމްތައް ބަދަލު ކުރުމަކީ އެމަނިކުފާނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ ރާއްޖޭގައި ޑިމޮކްރަސީ ނެތިގެން ބައެއް ފަރާތްތަކުން ބޭރު ގައުމުތަކުގައި ދައްކާ ވާހަކައިން ހަގީގަތުގައި ވެސް އުނދަގޫތަކެއް އުފުލަން ޖެހޭ ކަމަށެވެ. އަދި ޑިމޮކްރަސީ ނެތިގެން ދައްކާ ވާހަކަތަކުގެ ތެރެއިން އެހެން ދީން ތަކަށް ރާއްޖެއިން ފުރުސަތު ނުދޭތީ ބައެއް ގައުމުތަކަށް މުދާ އެކްސްޕޯޓްކުރުމުގައި ދެމުންދިޔަ އިނާޔަތްތައް ވެސް ވަނީ ހުއްޓާލާފައި ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ. އެހެން ނަމަވެސް އިނާޔަތްތައް ހުއްޓާލާފައިވަނީ ކޮން ގައުމުތަކުން ކަމެއް އެމަނިކުފާނު ވިދާޅެއްނުވެ އެވެ. ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ނޯންނާނެ ކަމަށް ސަރުކާރުން ބުނަމުންދާތީ ބައެއް އިނާޔަތްތައް ގައުމުތަކުން ކަނޑާލާފައިވާ ކަމަށް ވިދާޅުވިއިރު ރާއްޖެއިން އިސްލާމްދީން ގަބޫލުކުރި ފަހުން އެހެން ދީންތަކަށް އުޅުމުގެ ފުރުސަތު ދީފައިނުވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ ކެނޑިޑޭޓެއްގެ ކެނޑިޑެސީ ސުޕްރީމް ކޯޓުން ބާތިލް ކޮށްފި

އެމްޑީޕީ ކެނޑިޑޭޓެއްގެ ކެނޑިޑެސީ ސުޕްރީމް ކޯޓުން ބާތިލް ކޮށްފި

23 އެޕްރީލު 2017
ނާދީ އާއި އޯޑިއޯން ބިމުގައި ފްލެޓް އަޅަން ޓާޓާއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި

ނާދީ އާއި އޯޑިއޯން ބިމުގައި ފްލެޓް އަޅަން ޓާޓާއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި

19 އެޕްރީލު 2017
ސުލޫކީ ކޮމެޓީ ވާނީ ސަސްޕެންޑްކޮށްފައި، ބާތިލްތަނަކުން ނިންމާ ކޮންމެ ނިންމުމެއް ބާތިލްވާނެ: ރައީސް މައުމޫނު

ސުލޫކީ ކޮމެޓީ ވާނީ ސަސްޕެންޑްކޮށްފައި، ބާތިލްތަނަކުން ނިންމާ ކޮންމެ ނިންމުމެއް ބާތިލްވާނެ: ރައީސް މައުމޫނު

18 އެޕްރީލު 2017
ގާސިމަށް ކޮށްފައިވަނީ ބާތިލް ދައުވާއެއް، ދައުވާ އަނބުރާ ގެންދަންޖެހޭ: ވަކީލުން

ގާސިމަށް ކޮށްފައިވަނީ ބާތިލް ދައުވާއެއް، ދައުވާ އަނބުރާ ގެންދަންޖެހޭ: ވަކީލުން

12 އެޕްރީލު 2017
ޕާޓީން ވަކިކުރި ނިންމުން ބާތިލްކުރުމަށް ގާނޫނޫ ތަންދިން އެންމެ ދުރަކަށް ދާނަން: އަމީތު

ޕާޓީން ވަކިކުރި ނިންމުން ބާތިލްކުރުމަށް ގާނޫނޫ ތަންދިން އެންމެ ދުރަކަށް ދާނަން: އަމީތު

29 މާރިޗު 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު