Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ރިޔާސީ އިންތިހާބު

އެމްޑީޕީގެ ވައުދު: ދަރިއަކު ލިބުމުން މުސާރައާއެކު މަންމަ އަށް 6 މަސް، ބައްޕައަށް އެއް މަހުގެ ޗުއްޓީއެއް!

އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ފޮއްޓެއް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 30 ޖޫން 2018 | ހޮނިހިރު 13:50
އެމްޑީޕީން މިއަދު ކުރިއަށް ގެންދާ ކޮންގްރެސް:- އެ ޕާޓީގެ ބައެއް ވައުދުތައް ވަނީ ހާމަކޮށްފައި:- ފޮޓޯ ރާއްޖެއެމްވީ

އެމްޑީޕީން މިއަދު ކުރިއަށް ގެންދާ ކޮންގްރެސް:- އެ ޕާޓީގެ ބައެއް ވައުދުތައް ވަނީ ހާމަކޮށްފައި:- ފޮޓޯ ރާއްޖެއެމްވީ

އެމްޑީޕީގެ ސަރުކާރެއްގައި، ވަޒީފާގައި އުޅޭ މީހުންނަށް ދަރިޔަކު ލިބިއްޖެ ނަމަ މަންމަ އަށް މުސާރައާއެކު ހަ މަސް ދުވަސް އަދި ބައްޕަ އަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ލިބޭނެކަން ހާމަކޮށްފި އެވެ.

އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނެރޭ މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ބައިތަކުގެ ހުލާސާ ހާމަކުރީ އއ. އުކުޅުހުގައި ކުރިއަށްދާ ކޮންގްރެސްގައި އެވެ. މި ބައްދަލުވުމުގައި ދެއްކި ވީޑިއޯ ޕްރެޒެންޑޭޝަނުގައި "އޯގާތެރި ސަރުކާރު"ގެ ސިޔާސަތު ހާމަ ކުރެއްވީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓެއްގެ ގޮތުން ނިކުމެވަޑައިގެންނެވި ޑރ. މުސްތަފާ ލުތުފީ އެވެ. މުސްތަފާ ވިދާޅުވީ ޖަޒީރާ ވެރިކަމެއްގައި އަބަދުވެސް ރައްޔިތުންގެ ގާތަށް ސަރުކާރުން ދާނެ ކަމަށެވެ. އެގޮތުން މައި މީހާގެ ބަނޑުގައި ދަރި ގަރުބަގަތީސުރެ ސަރުކާރުން މައިމީހާގެ ހާލު ބަލަމުންދާނެ ކަމަށެވެ. އެ ކުއްޖާ ދުނިޔެއަށް އުފަންވާ ދުވަހު ސަރުކާރުގެ ފަރާތުން ދަރިފުޅަށް "ހަދިޔާ ފޮއްޓެއް" ދޭނެ ކަމަށާއި އެ ފޮށީގައި އޮންނާނީ ދަރިފުޅަށް އެ ވަގުތައް ބޭނުންވާ ސާމާނު ކަމަށެވެ.

Advertisement - newsAdvertisement
"މިވެރިކަމުގައި ރައްޔިތުނަށް ކަށަވަރުވާނެ ރައްޔިތުން އެކަނި ނޫންކަން ތިބީ. ރައްޔިތުން ބަލަހައްޓަން ބޮޑު ޖަޒީރާ ސަރުކާރެއް އެބަ އޮތްކަން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެއް މަސައްކަތެއްގައި ގިނަ ދުވަހު ހޭދަކޮށްފައިވާ މީހުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އެމީހުނަށް ސަރުކާރުގެ ފަރާތުން ޕެންޝަނެއް ދިނުމަށްވެސް އެމްޑީޕީގެ މި ސިޔާސަތުގެ ދަށުން ވައުދުވެފައިވެ އެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު