Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަސްތުވާތަކެތީގެ ފަރުވާ ޕްރޮގުރާމްގައި ދެ ވަނަފަހަރަށް ބައިވެރިވާ މީހުންގެ އަތުން ފީ އެއް ނެގުމަށް ހުށަހަޅައިފި

28 ޖޫން 2018 | ބުރާސްފަތި 12:59

މަސްތުވާތަކެތީގެ ފަރުވާ ޕްރޮގުރާމަށް އެއްވެސް ފީއެއް މިހާރު ނުނަގާ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 28 ޖޫން 2018 | ބުރާސްފަތި 12:59
ރާއްޖެއިން ފެނިފައިވާ ބައެއް މަސްތުވާތަކެތި:-

ރާއްޖެއިން ފެނިފައިވާ ބައެއް މަސްތުވާތަކެތި:-

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ޑްރަގު ކޯޓުގައި ދައުވާ އުފުލި މީހަކަށް ދެ ވަނަ ފަހަރަށް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ކުރިއަށް ގެންދާ "ފަރުވާ" ޕްރޮގުރާމްގައި ބައިވެވޭނީ ފީ އެއް ދެއްކުމަށް ފަހު ކަމަށް ކަނޑައަޅަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. ސަރުކާރުގެ ފަރާތުން އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ރައްޔިތުންގެ މަޖިލީހަށް މި އިސްލާހް ގެނައުމަށް ހުށައަޅުއްވާފައި ވަނީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހްތަކުގެ ތެރޭގަ އެވެ.

އެ އިސްލާހްގައި ބުނެފައިވާ ގޮތުން ޑްރަގް ކޯޓުގެ ފަރުވާ ޕްރޮގުރާމް އެއް ފަހަރު ފުރިހަމަ ކޮށްފައިވާ ނުވަތަ ޕްރޮގުރާމް ފުރިހަމަ ނުކޮށް ހުއްޓާލާފައިވާ ފަރާތެއް ނަމަ ދެ ވަނަ ފަހަރަށް އެ ޕްރޮގުރާމްގައި ބައިވެރިވޭނީ ފީ އެއް ދައްކައިގެންނެވެ. އަދި އެ ފީ ކަނޑައަޅާނީ އެ ގާނޫނުގެ ދަށުން ހަދާ ނެޝަނަލް ޑްރަގް އެޖެންސީން ހަދާ ގަވައިދެއްގައި ކަމަށް ވެސް އެ އިސްލާހްގައި ބުނެފައިވެ އެވެ. ނޭޝަނަލް ޑްރަގް އެޖެންސީ މިހާރު ކުރިއަށް ގެންދާ މަސްތުވާތަކެތީގެ ފަރުވާ ޕްރޮގުރާމަށް އެއްވެސް ފީއެއް މިހާތަނަށް ނަގަމުން ނުދެ އެވެ.

Advertisement - newsAdvertisement

އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ:- އޭނާ ވަނީ މަސްތުވާތަކެތީގެ ގާނޫނަށް ބައެއް އިސްލާހްތައް ހުށަހަޅާފައި

މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް ގެންނަށް ހުށަހަޅާފައިވާ އެހެން އިސްލާހްތަކުގެ ތެރޭގައި އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ޑްރަގު ކޮންޓްރޯލް ކައުންސިލުގައި ނެޝަނަލް ޑްރަގު އެޖެންސީ ބޯޑުގެ ޗެއާމަން އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ހިމެނުމަށް ހުށަހަޅުއްވާފައިވެ އެވެ. މިހާރު އެ ބޯޑުގައި ސަރުކާރުގެ އިސްވެރިންނާއި މިނިސްޓަރުން ހިމެނޭ ގޮތަށް 12 މެމްބަރުން ތިއްބަވަ އެވެ. ހަމަ އެހެންމެ ނޭޝަނަލް ޑްރަގު އެޖެންސީ ބޯޑުގައި އިސްލާމިކް މިނިސްޓްރީ އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވީސް ތަމްސީލް ކުރާނެ މެމްބަރުން ތިބެން ޖެހޭ ގޮތަށް ޑްރަގް އެޖެންސީ ބޯޑާ ބެހޭ މާއްދާ ބަދަލު ކުރުމަށް ވެސް ވަނީ ހުށަހަޅުއްވާފަ އެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުންގެ ތެރެއިން ވެސް ޑްރަގް ކޯޓަށް އިހްތިސާސް ނުހިނގާނެ މީހުންގެ ތެރެއިން ވަކި ބާވަތްތަކުގެ ކުށްތަކެއް ސާބިތުވާ މީހުން ހިމެނޭއިރު އ މާއްދާ އަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅާފަ އެވެ. މި ގޮތުން މިހާރު އެ ގާނޫނުގައި ހިމެނިފައިނުވާ ބައެއް ކުށްތައް ސާބިތުވެފައިވާ މީހުން ވެސް ޑްރަގު ކޯޓުގެ އިހްތިސާސް ނުހިނގާނެ ކަމަށް ކަނޑައެޅުމަށް އިތުރު ކުށްތަކެއް ހިމެނުމަށް ވަނީ ހުށަހަޅުއްވާފަ އެވެ.

މީގެ އިތުރުން ޑްރަގް އޮފެންޑަރ ޑިމާންޑް ސެންޓަރެއް ފުލުހުންގެ މުވައްސަސާއިން އުފައްދާ ހިންގަން ލާޒިމް ކުރާ ގޮތަށް އެ ގާނޫނަށް ވަނީ އިސްލާހް ހުށަހަޅާފަ އެވެ. އަދި އަދި މި ގޮތަށް ފާސްވެ ގާނޫނަކަށް ވާތާ 180 ދުވަސް ތެރޭގައި މި ސެންޓަރު އުފައްދަން ޖެހޭނެ ކަމަށް އެ އިސްލާހްގައި ބުނެފައިވާއިރު ސެންޓަރުގައި ހިންގާ ފަރުވާގެ ޕްރޮގުރާމް ކަނޑައަޅާ ހިންގާނީ ނޭޝަނަލް ޑްރަގު އެޖެންސީން ކަމަށް ވެސް އެ އިސްލާހްގައި ބުނެފައިވެ އެވެ. އަދި އޭގެ އިތުރުން އެ އެޖެންސީ ތަކުގައި މަސައްކަތް ކުރާނީ އެ އެޖެންސީ ދޫކުރާ ލައިންސް ލިބިފައިވާ ފަރާތްތަކުން ކަމަށްވެސް ބުނެފައިވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
18 ފެބުރުއަރީ 2017

ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!

18 ފެބުރުއަރީ 2017
ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
07 ފެބުރުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

07 ފެބުރުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް