Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެޕަލް - ސެމްސަންގް

7 އަހަރު ފަހުން ކޮޕީރައިޓް މައްސަލައިގައި އެޕަލްއާއި ސެމްސަންގްގެ ތަޅާފޮޅުން ނިމުމަކަށް

މިމައްސަލަ ފެށުނީ 2011 ވަނަ އަހަރު ސެމްސަންގް އަތުން 2 ބިލިއަން ޑޮލަރު ހޯދަން އެޕަލްއިން ދައުވާކުރުމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 28 ޖޫން 2018 | ބުރާސްފަތި 09:27
އެޕަލްއާއި ސެމްސަންގްގެ ކުރީގެ ފޯނުތަކެއް

އެޕަލްއާއި ސެމްސަންގްގެ ކުރީގެ ފޯނުތަކެއް

ސެމްސަންގް ކުންފުނިން އެޕަލް ކުންފުނީގެ އައިފޯންގެ ފީޗަރތަކެއް ކޮޕީކޮށްފައިވާކަމަށް ބުނެ ދެކުންފުނީގެ މެދުގައި ކޯޓުތަކުގައި ހިނގަމުންދިޔަ މައްސަލަތަކަށް 7 އަހަރު ފަހުން ނިމުމެއް އައިސްފިއެވެ.

އެޕަލް އާއި ސެމްސަންގްއަކީ ސްމާރޓް ފޯން މާކެޓްގައި އެންމެ ވާދަވެރި 2 ކުންފުންޏެވެ.

މިމައްސަލަތައް ފެށުނީ 2011 ވަނަ އަހަރު އެޕަލް ކުންފުނިން ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުންޏާއި ދެކޮޅަށް، އެކުންފުނީގެ ފިކުރީ މުދާ ވަގަށް ނެގިކަމަށް ބުނެ، ބަދަލުގައި 2 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. އެމެރިކާއަށް ނިސްބަތްވާ އެޕަލްއިން ތުހުމަތުކުރާ ގޮތުގައި ސެމްސަންގްއިން ވަނީ އެކުންފުނީގެ އައިފޯނުގެ ޑިޒައިން ބޭނުންކޮށްގެން ސެމްސަންގް ފޯނުތައް ހަދާފައެވެ.

މިމައްސަލައިގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ކޯޓުތަކުގައި 2 ކުންފުނިން މައްސަލަތައް ކުރިއަށްގެންދަން ފެށިއެވެ. މިމައްސަލަތަކުގެ ތެރެއިން އެންމެ ފުރަތަމަ މައްސަލަ 2012 ވަނަ އަހަރު ނިމުނީ އެޕަލްއާއި އެއްކޮޅަށެވެ. އެމެރިކާގެ ކޯޓަކުން ސެމްސަންގް މައްޗަށް ހުކުމް ކުރީ އެޕަލްއަށް 1.05 ބިލިއަން ޑޮލަރު ދެއްކުމަށެވެ. ކޯޓުން ބުނީ ސެމްސަންގްއިން އެޕަލްގެ ޑިސްޕްލޭ ޕޭޓަންޓްތައް ހުއްދަނެތި ކޮޕީކޮށްފައިވާކަމަށެވެ.

އެހެންނަމަވެސް މިމައްސަލަ ހިފައިގެން ކޯޓުތަކަށް ގޮސް، ސުޕްރީމް ކޯޓާއި ހަމަޔަށް ސެމްސަންގްއިން ގެންދިޔައެވެ. އަދި 2016 ވަނަ އަހަރު ސެމްސަންގްއާއި އެއްކޮޅަށް މިމައްސަލަ އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމިއެވެ. އެހެންނަމަވެސް މިމައްސަލައިގައި ހިމެނޭ ޕޭޓަންޓްތަކުގެ މައްސަލަ ދަށު ކޯޓުތަކުގެ އަތްމައްޗަށް ސުޕްރީމް ކޯޓުން ވަނީ ދޫކޮށްލާފައެވެ.

ސެމްސަންގްއާއި އެޕަލްއިން އެއްބަސްވުމަކަށް އައިސްފައިމިވަނީ ދާދިފަހުން އެޕަލް ކުންފުންޏަށް ސެމްސަންގްއިން 539 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފައިވަނިކޮށެވެ. މިއީ ސުޕްރީމް ކޯޓުން ނިންމި މައްސަލައިގައި އެކޯޓުން ދަށު ކޯޓުތަކުގެ އިޚްތިޔާރަށް ދޫކޮށްލި ޕޭޓަންޓްތަކުގެ މައްސަލައެކެވެ. އެމައްސަލަ މިދިޔަ މެއި މަހު ކޯޓަށް ވެއްދުމުން ސެމްސަންގްއިން ބުނީ އެކުންފުނިން ދައްކަން ޖެހެނީ އެންމެ 28 މިލިއަން ޑޮލަރުކަމަށެވެ. އެހެންނަމަވެސް ޖޫރީން ނިންމީ ސެމްސަންގްއިން 539 މިލިއަން ޑޮލަރު އެޕަލްއަށް ދޭން ޖެހޭކަމަށެވެ.

ސެމްސަންގްއާއި އެޕަލްއިން 7 އަހަރަށްފަހު ޕޭޓަންޓްތަކުގެ މައްސަލައިގައި އެއްބަސްވުމަކަށް އައިނަމަވެސް، މިއެއްބަސްވުމުގައި ހިމެނެނީ ކޮން ޝަރުތުތަކެއް ކަމެއް އަދި ސާފެއް ނުވެއެވެ. އަދި ޕޭޓަންޓްތަކުގެ މައްސަލަ ކޯޓުން ނިންމާފައިވަނިކޮށް އެމައްސަލަ 2 ކުންފުނިން ކޯޓުން ބޭރުގައި ނިންމީ ކިހިނެއްކަމެއް 2 ކުންފުނިންވެސް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ކޮޕީރައިޓްގެ މައްސަލައިގައި ދެ ކުންފުނިން އެކި ޤައުމުތަކުގެ ކޯޓުތަކުގައި ކޮށްފައިވާ ހުރިހާ ދައުވާތަކެއް މި އެއްބަސްވުމާއިއެކު ނިމުމަކަށް އަންނާނެކަމަށް މުހައްލިލުން ބުނެއެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!

02 މެއި 2017
ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު