Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖޯ ޖެކްސަން

ބައްޕަ، ޖޯގެ ޖަނާޒާގެ ކަންތަކުގައި މައިކަލް ޖެކްސަންގެ ކޮއްކޮ ޖެނެޓް އާއި ދަރިފުޅު ޕެރިސް މައްސަލަ ޖެހިއްޖެ!

ޕެންކްރިއަޓިކް ކެންސަރ ޖެހި ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ޖޯ ނިވާނެފައި ވަނީ ބުދަ ދުވެހު ފަތުހުގެ ވަގުތެއްގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 28 ޖޫން 2018 | ބުރާސްފަތި 07:30
ޖޯ ޖެކްސަން، އާއިލާ މީހުންނާ އެކު ދަރިފުޅު މައިކަލްގެ ޖަނާޒާގައި

ޖޯ ޖެކްސަން، އާއިލާ މީހުންނާ އެކު ދަރިފުޅު މައިކަލްގެ ޖަނާޒާގައި

މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ބައްޕަ، ޖޯ ޖެކްސަން ބުދަ ދުވަހު ނިޔާވެފައިވާ އިރު، އޭނާގެ ޖަނާޒާގެ ކަންތަކާ ގުޅިގެން ދަރިފުޅު ޖެނެޓް އާއި ކާފަ-ދަރިފުޅު ޕެރިސްއާ މައްސަލަ ޖެހިއްޖެއެވެ.

ޖެނެޓް، 52، އަކީ ޖޯ އާއި އަންހެނުން ކެތަރިންގެ ހަގު ދަރިފުޅެވެ. އަދި 20 އަހަރުގެ ޕެރިސްއަކީ މައިކަލްގެ ދެވަނަ ދަރިފުޅެވެ.

ޑެއިލީ މެއިލުން ރިޕޯޓްކުރާ ގޮތުގައި، ކުރިން ވެސް މައްސަލަތައް ޖެހިފައިވާ މި ދެ މީހުންގެ ދޭތެރޭގައި މިހާރު މައްސަލަ ޖެހިގެން އުޅެނީ ޖަނާޒާގެ ކަންތަކަށް ހަރަދު ކުރާނެ މީހަކާ މެދެވެ.

އެގޮތުން، ރޭޑަރ އޮންލައިން އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޖެނެޓް ދެކޭ ގޮތުގައި ޕެރިސް ޖަނާޒާއަށް ހަރަދު ކުރުން ވެގެން ދާނީ "އާއިލާއަށް ލަދަކަށެވެ."

ޑެއިލީން މެއިލުން ބުނީ، މައްސަލަ އުޅެނީ ޖޯއާ މެދު ދެ މީހުން ދެކޭ ގޮތް ތަފާތު ވުމުގެ ސަބަބުން ކަމަށެވެ.

ޕެރިސް ދެކޭ ގޮތުގައި އޭނާގެ ކާފައަކީ "ލެޖެންޑެއް" އަދި އޭނާއާ މެދު ކަންތައް ކުރަން ޖެހޭނީ ވެސް އެފަދައިންނެވެ. ނަމަވެސް ޖެނެޓްއާ ޖޯގެ ގުޅުން އެހާ ރަނގަޅު ނޫން ކަމަށާއި މިއީ އާންމުންނަށް ދައްކާފައިވާ ކަންކަމެއް ނޫންކަން ޑެއިލީ މެއިލުން ބުންޏެވެ.

ދެ މީހުންގެ ދޭތެރޭގައި މައްސަލައެއް އުޅޭކަން ފުރަތަމަ ދޭހަވީ، މި އަހަރުގެ މޭ މަހު ކުރިއަށް ދިޔަ ބިލްބޯޑް އެވޯޑްސްގައި ޖެނެޓްއަށް އައިކަން އެވޯޑް ލިބުނު އިރު އާއިލާގެ އެންމެންނަށް ދައުވަތު ދީފައިވީ ނަމަވެސް އޭނާއަށް ދައުވަތެއް ލިބިފައި ނުވާކަން ޕެރިސް ފާހަގަ ކުރުމުންނެވެ.

މި ހަފްތާގައި ރޭޑިއޯ ޑިޒްނީ މިއުޒިކް އެވޯޑްސްގެ އިމްޕެކްޓް އެވޯޑް ލިބުނު ޖެނެޓްއާ ޖޯގެ ގުޅުން އެންމެ ރަނގަޅު ނޫން ކަމަށް ރިޕޯޓްތަކުގައިވީ ނަމަވެސް، އެ އިނާމާ ހަވާލުވަމުން އޭނާ ވަނީ ބައްޕައަށް ޝުކުރު އަދާކޮށްފައެވެ. އޭރު ޖޯއަށް ޕެންކްރިއަޓިކް ކެންސަރ ޖެހި ފަހު ސްޓޭޖްގައި އެޅޭ ކަމުގެ ރިޕޯޓްތައް ވަނީ ފެތުރިފައެވެ.

ޖޯ އާއި ކެތަރިންގެ ދަރިފުޅު، އަދި ދުނިޔޭގެ ގިނަ ފަރާތެއްގެ ލޯބި ހޯދާފައިވާ މައިކަލް ޖެކްސަން ކުއްލިއަކަށް މަރުވެފައި ވަނީ 2009 ވަނަ އަހަރެވެ. މައިކަލް އަމިއްލަ ކާމިޔާބީ ހޯދުމުގެ ކުރިން އޭނާއަކީ 1970ގެ އަހަރުތަކުގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ އެ މީހުންގެ އާއިލާގެ ބޭންޑް 'ޖެކްސަން ފައިވް'ގެ ލީޑް ވޯކަލިސްޓެވެ. ޖެކްސަން ފައިވް މެނޭޖް ކުރީ ޖޯއެވެ. އަދި ދަރިން މެނޭޖް ކުރުމުގައި 'ހަރުކަށި' ގޮތްތަކެއް ގެންގުޅުނު ޖޯ އާއި ކުދިންނާ ދެމެދު އެކަމުގެ ސަބަބުން ފަހުން ގިނަ މައްސަލަތަކެއް ޖެހުނެވެ.

މައިކަލް އާއި ޖޯއާ ވެސް ވަނީ މައްސަލަތަކެއް ޖެހިފައެވެ. ނަމަވެސް 1993 ވަަނަ އަހަރު އޯޕްރާއަށް ދީފައިވާ އިންޓަވިއުއެއްގައި މައިކަލް ބުނެފައި ވަނީ "ބައްޕައަށް މާފު ކޮށްފިން" ކަމަށެވެ. އަދި ދުވަސްވީ ވަރަކަށާއި ކާފަ ދަރިން ގިނަވި ވަރަކަށް ބައްޕަ "ބަަދަލު" ވަމުން ދިޔަ ކަމަށް އޭނޭ ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ކަރިޝްމާ ދެން ކައިވެނި ކުރާކަށް ބޭނުމެއް ނުވޭ: ބައްޕަ ރަންދީރު

22 އެޕްރީލު 2017
ކަރިޝްމާ ދެން ކައިވެނި ކުރާކަށް ބޭނުމެއް ނުވޭ: ބައްޕަ ރަންދީރު
17 އެޕްރީލު 2017

އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން

17 އެޕްރީލު 2017
އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން
10 އެޕްރީލު 2017

ބައްޕަގެ ހާލު މިހާރު ރަނގަޅު:އަކްޝޭ ކަންނާ

10 އެޕްރީލު 2017
ބައްޕަގެ ހާލު މިހާރު ރަނގަޅު:އަކްޝޭ ކަންނާ
29 މާރިޗު 2017

ތިން މަސްދުވަހަށް ފަހު ޖޯޖް މައިކަލްގެ ޖަނާޒާ ބާއްވައިފި

29 މާރިޗު 2017
ތިން މަސްދުވަހަށް ފަހު ޖޯޖް މައިކަލްގެ ޖަނާޒާ ބާއްވައިފި
29 މާރިޗު 2017

ޖޯޖް މައިކަލްގެ ކުރެހުމެއް ބައި މިލިއަން ޑޮލަރަށް ވިއްކާލައިފި

29 މާރިޗު 2017
ޖޯޖް މައިކަލްގެ ކުރެހުމެއް ބައި މިލިއަން ޑޮލަރަށް ވިއްކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު