Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
"ބަދްރީނާތުކީ ދުލްހަނިޔާ"

އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟

"ބަދްރީނާތްކީ ދުލްހަނިޔާ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މާރޗް 10، 2017 ވަނަ ދުވަހުގަ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 1 މާރިޗު 2017 | ބުދަ 09:36
އާލިޔާ ބަޓްއާއި މަހޭޝް ބަޓް

އާލިޔާ ބަޓްއާއި މަހޭޝް ބަޓް

މަޝްހޫރު އެތައް ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ މަހޭޝް ބަޓްގެ އަންހެން ދަރިފުޅު އާލިޔާ ބަޓްއަކީ މިހާރު ބޮލީވުޑުގައި ފިޔަ ޖަހަމުން އަންނަ އެންމެ މަޤްބޫލު އަންހެން ބަތަލާ އެވެ. އާލިޔާ އާއި އޭނާގެ ބައްޕަ މަހޭޝްއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށް އަބަދުވެސް އަޑުތައް އިވި އެކަން މީޑިއާގެ ސުރުޚީތަކަށް ވަނީ އަރާފައެވެ. މަހޭޝް ބަޓް ވެސް އޭނާގެ ދަރިފުޅު އާލިޔާ މި އިންޑަސްޓްރީގައި ފައިތިލަ ހަމަކޮށްފައިވާ ވަރު ފުރިހަމަކަމުން އެކަމާ ފަޙްރުވެރިވެ އުފާކުރެ އެވެ.

ނިމިގެން ދިޔަ ފިލްމު ފެއަރ އެވޯޑުގައި އެންމެ މޮޅު ބަތަލާގެ އެވޯޑް އާލިޔާއަށް ލިބުމުން އެކަން ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. މިހުރިހާ ކަމެއް އާލިޔާއަށް އޭނާގެ ބައްޕަ ކޮށްދެމުންދާއިރު މަހޭޝްއަކީ ދޮގު ހަދާ މީހެއް ކަމަށް އާލިޔާ ދަނީ ބުނަމުންނެއެވެ.

އާލިޔާ އާއި ވަރުން ދަވަން އެންމެ ފަހުން ކުޅެފައިވާ "ބަދްރީނާތުކީ ދުލްހަނިޔާ" ގެ ޕްރޮމޯޝަން ވަރަށް ފޯރީގައި ކުރިއަށް ދަނިކޮށް މަހޭޝް ބަޓް ވަނީ ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި "އާލިޔާއަކީ ސުޕަރ ސްޓާރެއް ކަމަށާއި ގިނަ ފިލްމު ސްޓާރުން އޭނާއާ އެކު މަސައްކަތް ކުރަން އެދި އެދި ތިބި ކަމަށް،" ބުނެފައެވެ.

މިކަމަށް ރައްދު ދެމުން އާލިޔާ ބުނެފައިވަނީ ބައްޕަ އެހަދަނީ ހުސް ދޮގު ކަމަށާއި އެހީ ހަޤީޤަތެއް ވެސް ނޫން ކަމަށެވެ. އަބަދުވެސް ނޫސްވެރިންނާއި ދިމާވުމުން މިފަދަ ވާހަކައެއް ދައްކާ ކަމަށާއީ އެކަމާއި ގުޅިގެން އަބަދުވެސް ނޫސްވެރިން އޭނާއާ ސުވާލު ކުރަމުންދާ ކަމަށް އާލިޔާ ބުނެފައި ވެއެވެ.

ކޮންމެއަކަސް މިއީ ބައްޕަ އާއި ދަރިފުޅު ދެމެދުގައި އެއް އިންޑަސްޓްރީއެއްގައި މަސައްކަތް ކުރަމުންދާއިރު ފެނިފައިނުވާ ފަދަ ހާއްސަ ގުޅުމެއް ކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ.

ކުރީގެ ފިމްލުތަކުގެ ފަހުގެ ވާރޝަންތައް މިހާރު އަނެއްކާ ވެސް ބޮލީވުޑަށް ތަޢާރަފްވަމުން އަންނަ އިރު މަހޭޝް ބަޓްގެ ފިލްމުގެ ފީޗަރިންއެއް ހަދާފާނަންތޯ ނޫސްވެރިން ސުވާލު ކުރުމުން އާލިޔާ ބުނެފައިވަނީ އެކަމާ މިހާރު ވެސް ވާހަކަ ދެކެވިފައިވާ ކަމަށާއި މިއީ ހަމަ ހަޤީޤަތަކަށް ވެދާނެ ކަމެއް ކަމަށެވެ.

"ބަދްރީނާތުކީ ދުލްހަނިޔާ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މާރޗް 10، 2017 ވަނަ ދުވަހުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިތިކް އޭނާގެ ބައޮގްރާފީ ލިޔަނީތަ؟

ރިތިކް އޭނާގެ ބައޮގްރާފީ ލިޔަނީތަ؟

27 މާރިޗު 2017
ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!

ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!

23 މާރިޗު 2017
ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި

ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި

18 މާރިޗު 2017
ޒީ ސިނޭ އެވޯޑްސްގެ ބެސްޓް އެކްޓަރ އަދި އެކްޓްރެސްއަކަށް އަމީތާބާއި އާލިޔާ

ޒީ ސިނޭ އެވޯޑްސްގެ ބެސްޓް އެކްޓަރ އަދި އެކްޓްރެސްއަކަށް އަމީތާބާއި އާލިޔާ

13 މާރިޗު 2017
އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު

އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު

02 މާރިޗު 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު