Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖޯޖް މައިކަލް

ޖޯޖް މައިކަލްގެ ކުރެހުމެއް ބައި މިލިއަން ޑޮލަރަށް ވިއްކާލައިފި

މި ކުރެހުން ވިއްކާލާފައިވަނީ 580 މިލިއަން ޑޮލަރަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 29 މާރިޗު 2017 | ބުދަ 11:17
ޕޮޕް ލަވަކިޔުންތެރިޔާ ޖޯޖް މައިކަލް

ޕޮޕް ލަވަކިޔުންތެރިޔާ ޖޯޖް މައިކަލް

މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ، ޖޯޖް މައިކަލްގެ ކުރެހުމެއް ބައި މިލިއަން ޑޮލަރަށް ވިއްކާލައިފި އެވެ.

ކުރެހުންތެރިއެއް ކަމުގައިވާ ޑޭމިއެން ހާސްޓް ކުރަހާފައިވާ މި ކުރެހުން ވިއްކާލާފައި ވަނީ 580 ހާސް ޑޮލަރަށެވެ. މި ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ޖޯޖް މައިކަލްގެ އަމިއްލަ ފައުޑޭޝަނެއް ކަމަށްވާ "ދަ ގްރޮސް މައިކަލް ފައުންޑޭޝް" ނެވެ. މިއީ އެޗްއައިވީ / އެއިޑްސް ބަލީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފައުންޑޭޝަނެކެވެ.

"ކެއަރލެސް ވިސްޕާ، "ފެއިތު" އަދި "ވަން މޯ ޓްރައި" ފަދަ ލަވަތަކުން މަޝްހޫރުކަން ހޯދާފައިވާ ޖޯޖް މައިކަލް މަރުވެފައި ވަނީ މިދިއަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އެދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނިދާ ނުހޭލައިގެން ބެލި އިރު އޭނާގެ އެކުވެރިޔާ ފަޑީ ފަވާޒަށެވެ.

އޭނާ މަރުވީ ކީއްވެގެންކަން ހާމަކޮށްފައިނުވާ އިރު މަރުވެފައި ވަނީ ހިތް ހުއްޓިގެން ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.

އޭނާ މަރުވުން ޕޮޕް މިއުޒިކަށް ލޯބިކުރާ ގިނަ ބަޔަކު ވަނީ ހިތާމަފާޅުކޮށްފަ އެވެ. ސަންޑޭ ޓައިމްސްގެ އެންމެ މުއްސަދިންގެ ލިސްޓުގައި މައިކަލް ވަނީ ހިމެނިފަ އެވެ. އެގޮތުން އޭނާގެ މިލްކިއްޔާތުގެ އަގު 105 މިލިއަން ޕައުންޑަށް އަރައެެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ
24 ޖެނުއަރީ 2017

ރައީސް ޕްރޮމޯޝަން މަސައްކަތްތަކުގައި ބައިވެރިނުވެވުމުން ހިތާމަ ކުރަން: މާހިރާ ޚާން

24 ޖެނުއަރީ 2017
ރައީސް ޕްރޮމޯޝަން މަސައްކަތްތަކުގައި ބައިވެރިނުވެވުމުން ހިތާމަ ކުރަން: މާހިރާ ޚާން
16 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ޖޮނީ ޑެޕްގެ ކުރީގެ ބިޒްނަސް މެނޭޖަރުންނާ ދެކޮޅަށް 25 މިލިއަން ޑޮލަރުގެ ދަޢުވާއެއް އުފުލަނީ

16 ޖެނުއަރީ 2017
ޖޮނީ ޑެޕްގެ ކުރީގެ ބިޒްނަސް މެނޭޖަރުންނާ ދެކޮޅަށް 25 މިލިއަން ޑޮލަރުގެ ދަޢުވާއެއް އުފުލަނީ
11 ޖެނުއަރީ 2017

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

11 ޖެނުއަރީ 2017
ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު